ބިދޭސީންތަކެއް-- ފޮޓޯ: ވޮއިސް
ހަބަރު
29 Aug 2024 | 11:03
އިންސްޕެކްޝަން ވަރުގަދަ ކުރުމުން ބިދޭސީން ފިލަން ރަށްތަކަށް

ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ކޮންޓްރޯލް ކުރުމަށްޓަކައި އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނާއި ގުޅިގެން، ބިދޭސީން ފިލަން އަތޮޅުތެރޭގެ ރަށްތަކަށް ދާން ފަށައިފިއެވެ.

ގަވާއިދާއި ޚިލާފަށް ހިންގާ އެތައް ވިޔަފާރިއެއް ބަންދުކޮށް، ނުގަވާއިދުން އުޅެމުންދިޔަ އެތައް ބިދޭސީން ހަމައެކަނި މިދިޔަ ހަފްތާގެ ތެރޭގައި ވެސް ޑީޕޯޓްކޮށްލާފައިވާއިރު، މި އޮޕަރޭޝަންގެ ދަށުން އިމިގްރޭޝަންގެ 200 އަށް ވުރެ ގިނަ އޮފިސަރުން އަންނަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރި ވަމުންނެވެ.

އިމިގްރޭޝަންގެ އިންސްޕެކްޝަނެއްގެ ތެރެއިން-- ފޮޓޯ: އިމިގްރޭޝަން

މިކަމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިމިގްރޭޝަންގެ ކޮންޓްރޯލަރ މުހައްމަދު ޝައްމާން ވަހީދު ވިދާޅުވީ، މި އޮޕަރޭޝަނާއި ގުޅިގެން ބިދޭސީން ބައެއް ރަށްރަށަށް ފިލައިގެންދާ މައްސަލަ އެ އިދާރާއަށް ވެސް ފާހަގަކުރެވިފައިވާ ކަމަށާއި، ކުޅުދުއްފުށި ސިޓީ ކައުންސިލުން ވެސް އެކަން ފާހަގަކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ހުރިހާ އޮފިސަރުންވެސް، ވަކި ޑިޕާޓްމެންޓް އެއް ނުކިޔަމާ. ހުރިހާ އޮފިސަރުންވެސް މިކަމަށްވަރަށް މޯޓިވޭޓެޑް. މިއީ ގައުމީ ހަރަކާތެއްގެ ގޮތުގައި އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރަނީ،"

ޝައްމާން ވިދާޅުވިއެވެ.

ޝައްމާން ވިދާޅުވީ، މިއީ ފެށުމެއް ކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް މިފަދަ އިންސްޕެކްޝަންތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.