ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
29 Aug 2024 | 12:10
މިއަދު ފެންނަނީ ބިދޭސީން ކާންދިން އެއްޗެއް ކާންޖެހޭ ހިސާބަށް ދިއުމުން ފަވާލެވޭ ހިތާމަވެރި ސުރުހީތައް: މެޑަމް ސާޖިދާ

މިއަދު ނޫސްތަކުން ފެންނަނީ ދިވެހިން ކުރަމުން އައި ހުރިހާ މަސައްކަތަކާއި އޭގެ މާލީ މަންފާ ބޭރުގެ މީހުންގެ އަތްމައްޗަށް ގޮސް، އެމީހުން އެމީހުން ކާންދިން އެއްޗެއް ކާންޖެހޭ ހިސާބަށް ހާލަތުގޮސްފައިވުމުން ފަވާލެވޭ ހިތާމަވެރި ސުރުހީތައްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

"ދިވެހި ސަގާފީ ގޯތި" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ފިކުރެއް ޚިޔާލެއް ނެތް ޖީލުތަކެއް އުފެދުމާއި، އުފެއްދުންތެރި މަސައްކަތްތެރި ސިނކުޑިތަކެއް ނެތުމަކީ މިއަދު ދިވެހި މުޖުތަމައު ކަންބޮޑުވާ ކަމެއް ކަމަށެވެ.

"މިއަދު ދިވެހި މުޖުތަމައު ކަންބޮޑުވަނީ ފިކުރެއް ޚިޔާލެއް ނެތް ޖީލުތަކެއް އުފެދިފައިވާތީ. މިއަދު ދިވެހި މުޖުތަމައު ކަންބޮޑުވަނީ އުފެއްދުންތެރި މަސައްކަތްތެރި ސިނކުޑިތަކެއް، އަތްތަކެއް ނެތީތީ. މިއަދު މުޖުތަމައު ޝަކުވާ ކުރަނީ ގަޑިއަށް ފަތުވާތެރި، މަސައްކަތތުގައި ދެމި ތިބޭ ޒިންމާދާރު ދިވެހީން ފެންނަން ނެތީތީ."

މެޑަމް ސާޖިދާ ވިދާޅުވިއެވެ.

ދިވެހިން ކުރަމުން އައި ހުރިހާ މަސައްކަތަކާއި އޭގެ މާލީ މަންފާ ބޭރުގެ މީހުންގެ އަތްމައްޗަށް ގޮސް، އެމީހުން އެމީހުން ކާންދިން އެއްޗެއް ކާންޖެހޭ ހިސާބަށް ހާލަތުގޮސްފައިވުމުން ފަވާލެވޭ ހިތާމަވެރި ސުރުހީތައް ނޫސްތަކުން ފެންނަކަން ފާހަގަކުރައްވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ދިވެހީންގެ ސަގާފަތަށް އެނބުރި ބަލާލުމުން ފެންނަ މަންޒަރަކީ މިފަދަ އިޖުތިމާއީ ބަލިމަޑުކަމެއް ނެތް، ފުދުންތެރި އަދި ފަޚުރުވެރި ދިވެހި ރާއްޖެ އެއް ކަމަށެވެ.

މެޑަމް ސާޖިދާގެ ވާހަކަފުޅުގައި އެކަމަނާ ވަނީ ދިވެހީިންގެ ދިރިއުޅުމުގެ ބަޔަކަށް ދިވެހި ސަގާފަތް ހެދުމަށް އިލްތިމާސްކުރައްވާފައެވެ.

މެޑަމް ސާޖިދާ މިފަދައިން ވިދާޅުވިއިރު، ދާދި ފަހުން ރާއްޖޭގައި މަގުތައް މަތީ އުޅޭ ބުޅާ މަރައި، އޭގެ މަހުން ކާތަކެތި ތައްޔާރު ކުރާ ކަމުގެ ތުހުމަތު ކުރެވޭ ބިދޭސީއަކު ހައްޔަރުކޮށްފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ