އެމްޕީއެލް ސަރަހައްދު ޑްރޯން ފޮޓޯ: އެމްޕީއެލް
ހަބަރު
29 Aug 2024 | 14:37
ފިޗްގެ ރޭޓިންނާމެދު ރާއްޖޭގެ މަރުކަޒީ ބޭންކުން ބުނީ ކީކޭ؟

ދުނިޔޭގެ އެންމެ ނަންހިނގާ އެއް ކްރެޑިޓް ރޭޓިން އޭޖެންސީ، ފިޗުން މިއަދު ވަނީ ރާއްޖޭގެ މާލީހާލަތު މިހާރުހުރި ގޮތުގެ މައްޗަށް ރިޔާއަތްކޮށް ރޭޓިންނެއް ނެރެފައެވެ. ފިޗުން މިފަހަރު ވަނީ ރާއްޖޭގެ ރޭޓިން "ސީސީ" އަށް ދަށްކޮށްފައެވެ. 

އިޤްތިސާދީ ނަޒަރިއްޔާތުން ފިޗްގެ ރޭޓިން ތަރުޖަމާކުރާނަމަ މާނައަކީ، ރާއްޖޭގެ މާލީ ހާލަތު މިހާރު ހުރީ ދަރަނި ދައްކަން އުނދަގޫވާވަރަށެވެ. ފިޗުން މިފަހަރު ނެރުނު ރާއްޖޭގެ ރޭޓިން ދަށަށްގޮސްފައިމިވަނީ "ސީސީސީ + " ގައި ހުއްޓައެވެ. އެ އޭޖެންސީން އެންމެފަހުން ރާއްޖޭގެ ރޭޓިންނެއް ހަދާފައިވަނީ މިއަހަރުގެ ޖޫންމަހުގެ ތެރޭގައެވެ.

ފިޗްގެ ރޭޓިންގައި ފާހަގަކުރި ކަންކަމުގެ ހުލާސާއެއް

ފިޗުން ނެރުނު ރިޕޯޓްގައި ވަނީ، ރާއްޖޭގެ ބޭރުފައިސާގެ ރިޒާވް މިދިޔަ ޖުލައިމަސް ނިމުނުއިރު 395 މިލިއަން ޑޮލަރަށް ދަށަށްދިޔަކަން ފާހަގަކޮށްފައެވެ. މިއީ 2016 ވަނަ އަހަރުގެ ފަށުން ރާއްޖޭގެ ބޭރުފައިސާގެ ރިޒާވް މިހާ ދަށަށްދިޔަ ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން ފިޗުން ވަނީ ރާއްޖޭގެ ބޭރުގެ ދަރަނިވެސް ކުރިއަށްއޮތް ދެއަހަރުގެ ތެރޭގައި އެއް ބިލިއަން ޑޮލަރު ފަހަނައަޅައި ދާނޭކަމުގެ އިންޒާރުދީފައެވެ. މިގޮތުން ކުރިއަށްއޮތް 2025 ވަނަ އަހަރު ނިމޭއިރު ބޭރުދަރަނި 555 މިލިއަން ޑޮލަރަށް އަރާއިރު، 2026 ވަނަ އަހަރު ނިމޭއިރު ބޭރުގެ ދަރަނި 1 ބިލިއަން ޑޮލަރަށް އަރައިގެން ދާނޭކަމަށް ފިޗުން ވަނީ ބުނެފައެވެ.

ފިޗްގެ ރިޕޯޓްގައި އެންމެ ބޮޑުކަމެއްގެ ގޮތުން ފާހަގަކޮށްފައިވަނީ 2025 އަހަރު ރާއްޖެއިން އަނބުރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސްކޫކެއްވެސް ހިމެނޭކަން ފާހަގަކޮށްފައެވެ.

ފިޗުން ބުނެފައިވަނީ ސަރުކާރުން އާމްދަނީ ހޯދާނެ ގޮތްތަކެއް ކަނޑައެޅިނަމަވެސް ކުރިއަށްއޮތް އަހަރުތަކުގައި ދައްކަންޖެހޭ ދަރަނިތައް ހަލާސްކުރުމަށް ފަސޭހަނުވާނޭކަމަށެވެ. 

ރަސްމީ ރިޒާވް 606 މިލިއަން ޑޮލަރަށް އަރާނެ

ފިޗްގެ ރޭޓިންނާ ގުޅިގެން އެމްއެމްއޭއިން ވަނީ، އެ އޮތޯރިޓީގެ ރަޢުޔުވެސް ހާމަކޮށްފައެވެ. އެއެމްއެމްއޭއިްނ ބުނީ، ފަތުރުވެރިކަމުގެ ސިނާއަތާއި އެހެނިހެން މައިގަނޑު އިގްތިސާދީ ސިނާއަތްތައް ކުރިއަރަމުންދާތީ ރާއްޖޭގެ އިގްތިސާދު ދާނީ ކުރިއަށްކަމަށެވެ. މިގޮތުން މިހާރުވެސް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަކަން އެމްއެމްއޭއިން ވަނީ ފާހަގަކޮށްފައެވެ.

ރަސްމީ ރިޒާވް އިތުރުވުން

އެމްއެމްއޭއިން ބުނީ ރާއްޖޭގެ ރަސްމީ ރިޒާވަށް ބަލާއިރު، މިއަހަރުގެ ޖުލައި މަސް ނިމުނު އިރު ހުރީ 395 މިލިއަން ޑޮލަރުގައި ކަމަށެވެ. އަދި ޔޫޒަބަލް ރިޒާވް ހުރީ 45 މިލިއަން ޑޮލަރުގައެވެ. މިދިޔަ އަހަރުގެ މި މުއްދަތު ތެރޭގައި ރިޒާވް ބޭންކް އޮފް އިންޑިއާއިން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ސްވޮޕް ހިމަނައިގެން ޖުމުލަ ރިޒާވް ހުރީ 594 މިލިއަން ޑޮލަރުގައި ހުރިއިރު، ބޭނުންކުރެވޭ ރިޒާވްގައި 129 މިލިއަން ޑޮލަރު ހުރިކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ. 

އެމްއެމްއޭއިން އިތުރަށް ބުނީ، ޔޫޒަބަލް ރިޒާވްގެ އަދަދު ހިމަނައިގެން، ޖުލައި 2024ގެ ނިޔަލަށް ޖުމުލަ 105 މިލިއަން ޑޮލަރު ހުރިކަމަށެވެ. މީގެ އިތުރުން މިއަހަރުގެ ނިޔަލަށް ޔޫސަބަލް ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ހިމަނައިގެން ރާއްޖޭގެ ރަސްމީ ރިޒާވް 2024ގެ ބަޖެޓަށް އަންދާޒާ ކުރި އަދަދު ކަމުގައިވާ 606 މިލިއަން ޑޮލަރަށްވުރެ އިތުރުވެގެންދާނެ ކަމަށް އަންދާޒާކުރެވޭ ކަމަށްވެސް މަރުކަޒީ ބޭންކުން ބުންޏެވެ.

މީގެ އިތުރުން އެމްއެމްއޭއިން ބުނެފައިވަނީ، ރާއްޖޭގެ ރަސްމީ ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ސަރުކާރާއި މި އޮތޯރިޓީ ގުޅިގެން ރީފައިނޭންސް ގްރީން ބޮންޑެއް އިޝޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ސާކް ފްރޭމްވާކްގެ ދަށުން ރިޒާވް ބޭންކް އޮފް އިންޑިއާ އާއެކު 400މިލިއަން ޑޮލަރުގެ ފޮރިން ކަރަންސީ ސްވޮޕް އެރޭންޖްމަންޓެއް ގާއިމުކުރުމުގެ ފަންނީ ހުރިހާ މަސައްކަތެއް ނިމި، މި އެރޭންޖްމަންޓްގައި ސޮއި ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

އެމްއެމްއޭއިން ބުނީ ސަރުކާރުގެ މެދުރާސްތާގެ ފިސްކަލް އަދި ޑެޓް ސްޓްރެޓެޖީ އާ އެއްގޮތްވާގޮތުގެ މަތިން ޚަރަދު ކުޑަކުރުމަށާއި އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތު މިހާރަށްވުރެ ރަނގަޅުވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ. ރާއްޖޭގެ މާލީ ނިޒާމަށް ގޮންޖެހުންތައް ހުރިނަމަވެސް، އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީ އާއި ސަރުކާރުގެ ކަމާގުޅުންހުރި ވުޒާރާތަކާއި މާލީ ހުރިހާ އިދާރާތައް އެކުވެގެން ކުރާ މަސައްކަތުން އެދެވޭ ނަތީޖާއަކަށް ވާސިލްވެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް މަރުކަޒީ ބޭންކުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.