ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތް
29 Aug 2024 | 15:46
އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކާއެކު، ކުރިއަށްއޮތް ތަނުގައި ރޭޓިން ރަނގަޅުވާނެ: މާލީ ވުޒާރާ

ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރިނަމަވެސް، ސަރުކާރުން ރާއްޖޭގެ އިޤްތިސާދު ރަނގަޅުކުރުމަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކާއެކު ކުރިއަށްއޮތް ތަނުގައި ރާއްޖޭގެ ރޭޓިން ރަނގަޅުވާނޭކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިޗުން ވަނީ ރާއްޖޭގެ ރޭޓިން "ސީސީސީ ޕްލަސް" އިން "ސީސީ" އަށް ދަށްކޮށްފައެވެ.

ރާއްޖޭގެ މާލީ ހާލަތު ހުރިގޮތާ ގުޅޭގޮތުން ފިޗުން ނެރުނު ރިޕޯޓާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ފިޗުން އެފަދަ ރޭޓިންނެއް ރާއްޖެއަށް ދީފައިވަނީ، މިހާރު ކުރިމަތިވެފައިވާ ފިސްކަލް އަދި އެކްސްޓަރނަލް ސެކްޓަރތަކުގެ ހިރާސްތައް ހުރިކަމަށް ބެލެވޭތީ ދީފައިވާ ރޭޓިންނެއް ކަމަށެވެ.

ފިޗުން ފާހަގަކޮށްފައިވާ ފިސްކަލް ދާއިރާއަށާއި ބޭރުފައިސާ ހޯދުމަށްކުރިމަތިވެފައިވާ ދާއިރާތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން އާމްދަނީ އާއި ހަރަދުގެ ސިޔާސަތުތައް ރީފޯމްކޮށް މެދުރާސްތާއަށް ދަރަނި ނަގަންޖެހޭ މިންވަރު ކުޑަކުރުމަށް ފިޔަވަޅުއެޅުމަށް ތައްޔާރުވަމުންދާކަމަށް ފިނޭންސުން ބުނެއެވެ. 

އާމްދަނީ އިތުރު ކުރުމަށް ރާވާފައިވަނީ:

•       އެއަރޕޯޓް ޓެކުހާއި ފީގެ ރޭޓުތައް މުރާޖަޢާކުރުން

•       ޞިއްޙަތަށް ގެއްލުން ހުރި ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުން

•       ޖީއެސްޓީ އިދާރީ ޤާނޫނު މުރާޖަޢާކޮށް ޓެކްސް ބޭސް ފުޅާކުރުން

•       ގްރީން ޓެކުހުގެ ޜޭޓުތައް މުރާޖަޢާކުރުން

•       އިޤްތިޞާދަށް ތަފާތު ޙަރަކާތްތައް އިތުރުކުރުން

 ފިނޭންސުން ބުނީ ފިސްކަލް ސިޔާސަތުތަކަށް ގެނެވޭ ބަދަލުތަކަކީ ދައުލަތުން ދަރަނި ނަގަންޖެހޭ މިންވަރު ކުޑަކޮށް، ފިސްކަލް އަދި އެކްސްޓަރނަލް ސެކްޓަރގެ ހާލަތު ރަނގަޅުކުރުމުގެ މަގްސަދުގައި އެކުލަވާލާ ތަންފީޒުކުރުމަށް ރާވާފައިވާ ބަދަލުތަކެއް ކަމަށެވެ. މީގެ އިތުރުން ރާއްޖެއަށް ދިމާވެފައިވާ ބޭރުފައިސާގެ ދަތިތަކަށް އެކަށީގެންވާ ހައްލެއް ހޯދުމަށް އެކުވެރި ދައުލަތްތަކާއި ބައިނަލްއަޤްވާމީ މާލީ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާކަމަށް ފިނޭންސުން ބުނެއެވެ.

ފިނޭންސުން ބުނީ ސިޔާސަތުތައް ތަންފީޒުވެ މި އަހަރާއި މެދުރާސްތާގައި ފަތުރުވެރިކަމުގެ ދާއިރާއަށާއި އިގްތިސާދަށް އަންނާނޭކަމަށް ބެލެވޭ ކުރިއެރުމާއެކު، ދައުލަތުގެ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަކުރެވޭނެކަމަށެވެ. މިގޮތުން 2028 ވަނަ އަހަރުގެ ނިޔަލަށް ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ޖުމްލަ ދަރަނި 90 އިންސައްތައަށް ކުޑަކުރެވޭނޭ ކަމަށްވެސް ފިނޭންސުން ލަފާކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.