ސްޓެލްކޯގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ޖަވިޔަނި
ހަބަރު
29 Aug 2024 | 18:49
ސްޓެލްކޯގެ ނެޓްވޯކު ސްމާޓު ގްރިޑަކުން ގުޅާލުން ނިމުމަކާ ހަމައަށް؛ ދެން ފަށާނީ ސްމާޓު މީޓަރު ހަރުކުރަން

ސްޓެލްކޯގެ ނެޓްވޯކު ސްމާޓު ގްރިޑަކުން ގުޅާލުމުގެ މަސައްކަތް ނިމުމާއި ވަރަށް ގާތްވެއްޖެ ކަމަށާ، އެ ކުންފުނިން މިހާރު މަސައްކަތް ކުރަމުންދަނީ އެ ކުންފުނިން ކަރަންޓުގެ ހިދުމަތް ދޭ ރަށްރަށުގައި ސްމާޓު މީޓަރު ހަރުކުރަން ކަމަށް ކުންފުނީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން،  ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު، ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން އިބްރާހިމް ނާޝިދު ވަނީ، ސްޓެލްކޯގެ ސްމާޓް ގްރިޑްގެ މަޝްރޫޢު އާއެކު މާލެ އަދި ރަށްރަށުގައި ވެސް އޮފީހުގައި ތިބެގެން ޓްރާންސްފޯމަރުތަކުގެ ލޯޑު ބަލައި ޓްރާންސްފޯމަރު ނިއްވާ އަދި ޖެއްސޭނެ ނިޒާމެއް މިހާރު ގާއިމް ކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ. 

އަދި އެ މަސައްކަތް ނުނިމި ހުރީ ތިން ރަށެއްގައި ކަމަށާ، އަންނަ އަހަރުގެ ފުރަތަމަ ކުއާޓާ ނިމޭއިރު އެ ތިން ރަށުގައިވެސް އެ ޕްރޮޖެކްޓް ނިމޭނެ ކަމަށް ލަފާލުރެވޭއިރު، އެއާއެކު “އެކިއެކި ސަބަބު ތަކާއިހުރެ ކަރަންޓް ކެނޑުމުން އެ ދިމާވާ އުނދަގޫތައް ވަރަށް ބޮޑުތަނުން ހައްލުވެގެންދާނެ” ކަމަށް އޭނާ ވިދާޅުވިއެވެ. 

މީގެ އިތުރުން، ސްމާޓް ގްރިޑްގެ މަސައްކަތް ނިމުމާއެކު ސްމާޓު މީޓަރު ހަރުކުރުމުގެ މަސައްކަތް ފައްޓަވާނެކަމަށް އެމްޑީ ފަހުމީ ވަނީ މިއަދު ވިދާޅުވެފައެވެ.

އަދި ސްމާޓް މީޓަރު ހަރުކުރުމުގެ ސަބަބުން ބިލަށް އަރާވަރު ކަސްޓަމަރުންނަށް ފޯނުން އެޕް މެދުވެރިކޮށް ބަލާލެވިގެންދާނެ ކަމަށާއި، ވަގުތުން ވަގުތަށް މީޓަރަށް އަރާ އަދަދު ފެނިގެންދާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.

“ސްމާޓް މީޓަރ ހަރުކުރުމުން، ކަސްޓަމަރުންނަށް ބަލާލެވޭނެ އެބޭފުޅުންގެ އޭސީ ކޮންޒަޕްޝަން. އޭސީ ނިއްވާލީމަ އެސީ ހިނގަނީ ކިހިނެއްތޯ އަދި އިތުރަށް އޭސީ ޖައްސާލީމަ ވާގޮތް ފެނިގެން ދާނެ.”

ހުސައިން ފަހުމީ

މިއާއެކު ފަހުމީ ވިދާޅުވީ އެކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް 3 ވަރަކަށް އަހަރުގެ ތެރޭގައި ހުރިހާ މީޓަރުތައް ސްމާޓް މީޓަރުތަކަށް ބަދަލުކުރުން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް