އަކިރިސްބޯޓު
ހަބަރު
30 Aug 2024 | 07:59
ގަމުން މާލެދާން ފުރި އަކިރިސްބޯޓުގެ ހަބަރެއް އަދިވެސް ނުވޭ...

ލ.ގަމުން މާލެދިއުމަށް ދަތުރުފެށި އަކިރިސްބޯޓުގެ ހަބަރެއް އަދިވެސް ނުވާކަމަށް ގަމު ކައުންސިލުން ބުނެފިއެވެ.

ހަ މީހުންނާއެކު އަކިރިސް ބޯޓު މާލެދިއުމަށް ގަމުން ފުރާފައިވަނީ، ވަރަށް ހެނދުނުގެ ވަގުތެއްގައެވެ. ބޯޓުގެ ހަބަރެއް އެންމެފަހުން ވެފައިވަނީ، ފުރިތާ އިރުކޮޅެއްފަހުން ހެނދުނު 09:16 ހާއިރުއެވެ. މި ބޯޓުގެ ހަބަރެއް އެންމެފަހުން ވެފައިވަނީ އިސްދޫ ބޭރުންނެވެ. އޭގެފަހުން ބޯޓުގެ ހަބަރެއް ނުވުމުން އެމްއެންޑީއެފްގެ ސަމާލުކަމަށް މިކަންގެނެސް ބޯޓު ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ވޮއިސްއަށް މައުލޫމާތުދެއްވަމުން ލ.ގަމު ކައުންސިލްގެ ރައީސް އަހުމަދު ޒަކީ ވިދާޅުވީ ބޯޓުގެ ހަބަރެއް އަދިވެސް ނުވާކަމަށެވެ. ބޯޓު ހޯދުމުގެ މަސައްކަތް ބޯޓުގެ ހަބަރެއް ނުވި ހިސާބުން ފަށާފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަކިރިސް ބޯޓު އެންމެފަހުން އޮތްކަމަށް ދައްކާ ސަރަހައްދު...

ވޮއިސްއަށް މައުލޫމާތު ލިބުނުގޮތުގައި މިހާތަނަށް ކުރި މަސައްކަތުން ބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް ނުގުޅެއެވެ. މި ބޯޓުގައި ލ.ގަމު ތުނޑީ އަވަށަށް ނިސްބަތްވާ ދެ ފިރިހެނުންނާއި ބަންގްލަދޭޝްގެ ފަސް މީހަކާއެކު ޖުމްލަ ހަތް މީހުން ތިބިކަމަށް ވެއެވެ.

ކޯސްޓްގާޑުން ދަނީ މި ބޯޓު ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންނެވެ..

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.