ދީން
30 Aug 2024 | 14:27
”ދުނިޔޭގެ ޙަޔާތަކީ ކުޑަ ދުވަސްކޮޅެކެވެ. ފާފަތަކަށް އަރައިގަތުމާ މެދު ހިތްތަކުގައި ބިރުވެރިކަން އުފައްދާށެވެ!“

ދުނިޔޭގެ ޙަޔާތަކީ ކުޑަ ދުވަސްކޮޅެއް ކަމަށާ، ފާފަތަކަށް އަރައިގަތުމާ މެދު ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް މިއަދުގެ ޚުތުބާގައި ނަޞޭޙަތްތެރިވެއްޖެއެވެ. 

”ދީނަށް ޚިދުމަތް ކުރުން“ މައުޟޫއަށް މިއަދު އިއްވި ހުކުރު ޚުތުބާގައި ވަނީ އިސްލާމީ ކަންކަމުގެ މަތީގައި ދެމިހުރުމާއި، ފާފަތަކުން ދުރުހެލިވުމުގެ މުހިންމުކަން އަލިއަޅުވާލައިފައެވެ.

އެގޮތުން ޚުތުބާގައި ބުނިގޮތުގައި، ދުނިޔޭގެ ޙަޔާތަކީ ކުޑަ ދުވަސްކޮޅެކެވެ. އެހެންކަމުން، މުސްލިމުން ޣާފިލުކަމުގެ ނިދިން ހޭލެވި، ފާފަތަކަށް އަރައިގަތުމާ މެދު ހިތްތަކުގައި ބިރުވެރިކަން އުފައްދަންޖެހެއެވެ.

ކުށުގެ ވެއްޓަށް ވަދެވި، އެއިން ސަލާމަތްނުވެވިފައިވާ އަޚުންނޭވެ! ތިޔަބައިމީހުންގެ ހަވާނަފުސުގައި ލަގަން އަޅުވާށެވެ! ފާފަތަކަށް އަރައިގަތުމާ މެދު ހިތްތަކުގައި ބިރުވެރިކަން އުފައްދާށެވެ! ދުނިޔޭގެ ޙަޔާތަކީ ކުޑަ ދުވަސްކޮޅެކެވެ. ތިޔަބައިމީހުން ހޭވެރިވާށެވެ! ޣާފިލުކަމުގެ ނިދީގައި ތިބެވުނީ، ކިތައް އަހަރުކަން ހަނދާނަށް ގެންނާށެވެ! ހަވާނަފުސު ކޮންޓުރޯލުކޮށް، އޭގެ މައްޗަށް ބާރު ފޯރުވައިފި މީހަކީ ހިތްވަރުގަދަ ފަހުލަވާނެކެވެ. ޣާފިލުކަމުގެ ނިދީން ހޭލެވޭ ކޮންމެ މީހަކަށްމެ ބޭއިޚުތިޔާރުގައި، ކިޔައިލެވޭނެއެވެ. (إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُوْنَ) އެވެ. (لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ الْعَلِيِّ الْعَظِيْمِ)އެވެ.

ހުކުރު ޚުތުބާ

އަދި ޙައްދުތައް ފަހަނަޅައިފައިވާ އިންސާނުންނަށް، އެމީހުންގެ މުޞީބާތުގެ މައްޗަށް ދެރަވެ ރޮއި އުޅުމަށާއި، ޢުމުރު ފަނާވުމަށް ފަހު އިޢާދަނުވާނެކަން ހަނދާންކުރުމަށް އިލްތިމާސްކުރައްވާފައިވެއެވެ. ވަގުތު ފާއިތުވުމުގެ ކުރީން ޢަމަލުތައް އިޞްލާޙުކުރުމަށްވެސް ގޮވާލައްވާފައިވެއެވެ.

ޚުތުބާގައި ޤުރުއާނުގެ އާޔަތްތަކާއި ޙަދީޘްތަކުން ހެކިދައްކަވައި، އިންސާނާ އޭނާގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ދިޔުމަށް ގަދައަޅައި މަސައްކަތްކުރާކަމާއި، އެކަލާނގެއާ ބައްދަލުވާނެކަން ހަނދާންކޮށްދެއްވާފައިވެއެވެ.

މިއާއެކު ޚުތުބާގައި ބުނީ، އެންމެންނަކީ ވެސް ކުށް ކުރެވޭނެ މީހުން ކަމަށެވެ. އަދި ކުށްކުރުމަކީ އަހަރެމެން އެކަނި ކުރާ ކަމެއް ނޫން ކަމަށާ، އިންސާނުންނަކީ، ކުށަށް ހުށަހެޅިފައިވާ ބައެއް ކަމަށެވެ.

އިޚުލާޞްތެރިކަމާއެކު ފާފަފުއްސެވުމަށް އެދި اللهގެ ޙަޟްރަތުގައި ދެންނެވީމާ ފާފަފުއްސަވާނެތެވެ. ތިބާ ތިޔަ ދެކޭ ހުރިހައި ޞާލިޙު އަޅުންނަކީ، ފާފަ ކުރެވޭ މީހުންނެވެ. ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞޢވ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ތިޔަބައިމީހުން ފާފަނުކުރާ ނަމަ الله​ތިޔަބައިމީހުން ގެންދަވައި، ފާފަކުރާ ބަޔަކު ގެންނަވައިފާހުއްޓެވެ. އަދި އެބައިމީހުން ފާފަފުއްސެވުމަށް އެދި ދެންނެވީމައި އެކަލާނގެ އެބައިމީހުންނަށް ފާފަފުއްސަވާހުއްޓެވެ.

ހުކުރު ޚުތުބާ

ޚުތުބާގައި އިތުރަށް ބުނީ، ކުށްތަކުން އަހަރެމެން ސަލާމަތް ނުވެވޭނެ ކަމަށާ، އަދި ކުރިޔަށް އޮތްތަނުގައި ވެސް މުޅިން ސަލާމަތެއް ނުމެވާނޭ ކަމަށެވެ. އެހެން ނަމަވެސް ހިތާމައަކީ، ފާފަތަކުގެ ނާޖާއިޒު ފައިދާ ހޯދުމުގެ ފުރުޞަތު ޝައިޠާނާއަށް ދެވޭކަން ކަމަށް ބުންޏެވެ. އެގޮތުން، ފާފަތަކުގެ ސަބަބުން ދީންވެރިވެ އުޅުމުގެ ޤާބިލުކަން އަހަރެމެންގެކިބައިގައި ނެތިއްޖެކަމަށް ޝައިތާނާ ވިސްނައިދޭ ކަމަށްވެސް ބުންޏެވެ.

ހަމަހިލާ ވެސް ޝައިޠާނާ އެ ބުނާހެންނެއް ނުވާނެއެވެ. ތިބާއީ ޞައްޙަ ޢަޤީދާއެއްގެ ވެރިއެކެވެ. ތިބާގެ މައްސަލަ އަކީ ފުޓުބޯޅަ ޓީމެއްހެން، ބައެއްފަހަރު ކާމިޔާބުވެ، އަނެއްބައި ފަހަރު ނާކާމިޔާބުވާ ގޮތަށް އޮތް މައްސަލައެއް ނޫނެވެ. ތިބާއަށް މުހިންމީ، ވަގުތީ އުފަލާއި، ކެއުމާއި ބުއިމެއް ނޫނެވެ. އެއީ އެހެން ބައަކަށް މުހިންމުވާކަންކަމެވެ. އެބައިމީހުންނާ ބެހޭ ގޮތުން الله تَعَالَى ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަދި ކާފިރުވި މީހުން (ދުނިޔޭގެ ދިރުއުޅުމުގައި) އެއުރެން ފަސޭހަކަމާއިއަރާމު ލިބިގަނެ، ނަޢަމްސޫފި ކައިއުޅޭ ފަދައިން އެއުރެން ކައިއުޅެތެވެ. އަދި އެއުރެންތިބެނިވި ތަނަކީ ނަރަކަޔެވެ." ތިޔަބައިމީހުން ދުނިޔޭގައި އުޅެނީ، މިއަށް ވުރެ މާ މުހިންމު މަޤްޞަދަކަށް ޓަކައެވެ. އެއީ ހަމައެކަނި اللهއަށް އަޅުކަންކުރުމެވެ. މި ދުނިޔޭގައި ތިބާ ދިރިއުޅުމުގެ ބޭނުމަކީ އެއީއެވެ. 

ހުކުރު ޚުތުބާ

ޚުތުބާގައި ބުނީ އިސްލާމްދީނަށް ތަބަޢަވެގެން މެނުވީ ނަޖާވާނެ މަގެއް، މުކައްލަފަކަށް ނުވާ ކަމަށާ މި ދީނަށް އީމާންވެއްޖެ މީހާއަށް ތެދުމަގު ލިބި، ކާމިޔާބުވެއްޖެ ކަމަށެވެ. އަދި މި ދީން ދޫކޮށް، އެހެން ދީނެއް ހިފައިފި މީހާގެ ކިބައިން الله تَعَالَى ފަރްޟެއް، ސުންނަތެއް އަދި އެހެން ވެސް ޢަމަލެއް ޤަބޫލެއް ނުކުރައްވާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ