ކްރިމިނަލް ކޯޓު--
ހަބަރު
31 Aug 2024 | 13:19
މަސްތުވާތަކެތި ޓްރެފިކްކުރި ފަތުރުވެރިއަކު ޖޫރިމަނާކޮށް، އުމުރަށް ޖަލަށްލާން ހުކުމްކޮށްފި

ރާއްޖެއށް މަސްތުވާތަކެތި ޓްރެފިކްކުރި ފަތުރުވެރިއަކު 1 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ކޯޓުން ހުކުމްކޮށްފައިވަނީ ބ. މާޅޮހަށް ޗުއްޓީ ހޭދަކުރަން ދިޔަ ކެނެޑާ ފަތުރުވެރިއެއް ކަމަށްވާ ސްކޮޓް ވިލިއަމް އާމްސްޓޮރޯންގް ގެ މައްޗަށެވެ.

މިގޮތުން، ސްކޮޓް ވިލިއަމް އާމްސްޓޮރޯންގް ތުނޑި ވިލެޖް އެންޑް ސްޕާ މޯލްޑިވްސްގެ ރޫމް ނަމްބަރު 102ގައި މަސްތުވާތަކެތި ގެންގުޅެ އޭގެ ވިޔަފާރިކުރިކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން  ކޯޓު އަމުރެއްގެ ދަށުން އެ ކޮޓަރި ބަލައި ފާސްކުރަން ފެށުމުން، އެކަމުގައި ފުލުހުންނަށް އެއްބާރުލުން ދޭނެކަމަށް ބުނެ އޭނާ ވަނީ އެ ކޮޓަރީގައި ހުރި މިނީބާ ތެރެއިން މަތިޖެހި ކޮންޓެއިނަރެއް ފުލުހުންނާ ހަވާލުކޮށްފައެވެ.

މި ކޮންޓެއިނަރުތެރޭ އޮތް ރަބަރު ޕެކެޓަކުން ފެނުނު ދެ ގުޅައިގައި 26.8 ގްރާމު ކެނެބިސް ހުރިކަމަށާއި، މިނީ ބާ ކައިރީ ބަހައްޓާފައި ހުރި ކަޅު ލަގެޖެއްގެ ތެރޭ އޮތް ކޮންޓެއިނަރަކުން ފެނުން ރަބަރު ޕެކެޓުގައި އޮތް ދެ ގުޅައިގައި 0.1 ގްރާމު ކެނެބިސް ހުރިކަމަށް ތަހުލީލީ ރިޕޯޓުތަކުން ވަނީ ހާމަވެފައެވެ.

އެކޮޓަރިން ފެނުނު މަސްތުވާތަކެއްޗަކީ ސްކޮޓް ވިލިއަމް އާމްސްޓޮރޯންގް ގެ ތަކެތި ނޫންކަމަށް ބުނެ އޭނާ ވަނީ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. މިގޮތުން އޭނާ ބުނީ، އެއީ ފަތުރުވެރިއަކަށްވާތީ، އެހެންމީހުންނާއި، ގެސްޓް ހައުސްގައި މަަސައްކަތްކުރާ މީހުންނަށް ކޮންމެ ވަގުތަކު ވެސް އެ ކޮޓަރިއަށް ވަދެވޭނެކަމަށެވެ.

އެހެންނަމަވެސް، މި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ، މަސްތުވާތަކެއްޗާ ބެހޭ ގާނުނުގެ 143ވަނަ މާއްދާއަށް ބަލައި އޭނާގެ މައްޗަށް ތަހުމަތުކުރި ކުށް ސާބިތުވާތީ، 1 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، އޭނާ ޖަލުގައި ހޭދަކުރި މުއްދަތު އުނި ކުރުމަށްފަހު، 24 އަހަރާއި 6 މަހާއި 21 ދުވަހަށް އޭނާ ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ