ފަތުރުވެރިޔާ ގެއްލުނު ސަރަހައްދުގައި ރެސްކިއު ކުރާ ފަރާތްތައް ހަރަކާތްތެރި ވަނީ-- ފޮޓޯ: އީޕީއޭ
ދުނިޔެ
31 Aug 2024 | 14:01
މެލޭޝިއާގައި ސިންކްހޯލަކަށް ފަތުރުވެރިއަކު ވެއްޓުނުތާ ހަފްތާއެއް، އަދިވެސް ނުފެނޭ

މެލޭޝިޔާގެ ވެރިރަށުގައި މީގެ ހަފްތާގެ ކުރިން، ބިންގަނޑު ކަނޑައިގެން ގޮސްގެން ސިންކްހޯލަކަށް ވެއްޓުނު އިންޑިއާ ފަތުރުވެރިއަކު އަދިވެސް ފެނިފައިނުވާކަމަށް ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

ހޯދުމުގެ މަސައްކަތް ކުރަމުންދާ މަސައްކަތަށް ދަތިވަމުން ދަނީ ވަރުގަދަ ފެނުގެ އޮއިވަރާއި، ކައިރީގައި އިތުރު ފުންވަޅެއް ފާޅުވުމާ ގުޅިގެން ބިމުގެ ހަރުކަމާމެދު ކުރެވޭ ކަންބޮޑުވުންތަކުގެ ސަބަބުންނެވެ.

48 އަހަރުގެ ވިޖަޔަ ލަކްޝްމީ ގާލީ ކުއާލަލަމްޕޫރުގެ ދާންގް ވަންގީ ސަރަޙައްދުގައި މަގެއްގައި ހިނގަމުންދަނިކޮށް، އޭނާ ހިނގަމުންދިޔަ ތަނުގެ ދަށުން ކުއްލިއަކަށް ބިންގަނޑު ގޮސްގެން 8 މީޓަރު (26 ފޫޓު) ފުންމިނުގެ ވަޅަކަށް ވެއްޓި ގެއްލުނީ އޯގަސްޓް 23 ވަނަ ދުވަހުއެވެ.

އޭނާ ހޯދުމުގެ މަސައްކަތް މެލޭޝިއާގެ ކަމާ ބެހޭ ފަރާތްތަކުން މެދު ނުކެނޑި ކުރަމުން އަންނައިރު، ފެނުގެ އޮއިވަރާއި، އެ ސަރަހައްދާއި ކައިރިން އަނެއްކާވެސް ބިންގަނޑު ކަނޑައިގެން ގޮސް ސިންކްހޯލެއް އުފެދުމާއި ގުޅިގެން މިހާތަނަށް ފެނިފައިވަނީ އޭނާގެ ފައިގައި އަޅާ އެއްޗެއް އެކަންޏެވެ.

ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތުގައި ކުއްތާތަކާއި، ދުރުން ބަލާ ކެމެރާތަކާއި، ރާޑާ ބޭނުންކުރެވިފައިވާއިރު، އެ މަސައްކަތުގައި އުޅޭ މީހުން ވަނީ ބާރަށް ފެންޖަހައިގެން ބިމުއަޑީގެ ފެންހިންދާ ނިޒާމުގެ ބައެއް ސަރަޙައްދުތައް ސާފުކޮށް، އެކްސްކަވޭޓަރު ބޭނުންކޮށްގެން އެ ސަރަހައްދުގައި ހުރި ކުނިތައް ނަގައިފައެވެ.

މެލޭޝިއާ ފަޔަރ އެންޑް ރެސްކިއު ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރ ނޯރް ހިޝާމް މުޙައްމަދު ވިދާޅުވީ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި، ރައްކާތެރި ކަމެއް ނަމަ ނަރުދަމާ ހޮޅިއަށް ސްކޫބާ ޑައިވަރުން ފޮނުވައި، ބަލާ ޗެކްކުރާނެ ކަމަށެވެ. ބުރާސްފަތި ދުވަހު ވެސް ދެ ޑައިވަރަކު އެ ސަރަހައްދަށް ވައިން ނަމަވެސް، އެ ސަރަހައްދުގެ ހާލަތު ހުރިގޮތުން، އެއީ ނުރައްކާތެރި ކަމަކަށްވާތީ، އޭރު އެމީހުން ވަނީ އެމަސައްކަތް ހުއްޓާލާފައެވެ.

ފަތުރުވެރިޔާ ގެއްލުނު ތަނާ 50 މީޓަރު ދުރުގައި ދެވަނަ ސިންކްހޯލެއް ބުދަ ދުވަހު ފާހަގަކުރެވުނެވެ. އެކަމާއި ގުޅިގެން އާންމުންގެ ސަލާމަތާމެދު ކަންބޮޑުވުން އުފެދި، އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ އެ ސަރަހައްދުގެ ބައެއް މަގުތައް ބަންދުކޮށްފައެވެ.

ގާލީ މެލޭޝިއާއަށް އައީ އޭނާގެ ފިރިމީހާއާއި ރައްޓެހިންނާ އެކު ގާތްގަނޑަކަށް ދެމަސް ކުރިން ޗުއްޓީއަކަށެވެ. މި ހާދިސާ ހިނގީ އެމީހުން އެނބުރި ގެއަށް ދިއުމަށް ހަމަޖެހިފައިވާ ދުވަހުގެ ކުރީ ދުވަހުއެވެ.

އޮތޯރިޓީތަކުން ބުނެފައިވަނީ މިދިޔަ އަހަރުވެސް އެތަނުން ބިންގަނޑު ވެއްޓިފައިވާ ކަމަށެވެ.

ކުއަލަލަމްޕޫރުގެ މޭޔަރު މައިމޫނާ މުޙައްމަދު ޝަރީފް ވަނީ ސިޓީގެ ރައްކާތެރިކަން އާންމުންނަށް ޔަގީންކަން ދެއްވާފައެވެ. އޭނާ ވިދާޅުވީ ނަރުދަމާ ހޮޅިތައް ބަލައި، އެ ސަރަހައްދުގެ އިމާރާތްތަކުގެ ސަލާމަތްތެރިކަން ވަޒަންކުރުމަށް ޓާސްކް ފޯހެއް އެކުލަވާލެވިފައިވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.