ބަންގްލަދޭޝްގެ ހޮސްޕިޓަލެއް-- ފޮޓޯ: އަލް ޖަޒީރާ
ހަބަރު
31 Aug 2024 | 16:25
ބަންގްލަދޭޝްގައި ދިވެހި ދެ ޑޮކްޓަރުންނަށް އަނިޔާކުރި މައްސަލައެއް!

ބަންގްލަދޭޝްގެ ހޮސްޕިޓަލެއްގައި ޑިއުޓީގައި ތިބި ދެ ދިވެހި ޑޮކްޓަރުންނަށް އަނިޔާކުރި މައްސަލައެއް ފެންމަތި ވެއްޖެއެވެ.

މި ހާދިސާ ހިއްސާކުރަމުން މީހަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ، ބަންގްލަދޭޝްގައި ހުންނަ ޗިޓަގޮންގް މެޑިކަލް ކޮލެޖް ހޮސްޕިޓަލްގައި ރޭގައި ދިވެހި ދެ އިންޓާން ޑޮކްޓަރުން ޑިއުޓީގައި، ބަލި މީހުންނަށް ފަރުވާ ކުރަމުން ދަނިކޮށް، ޖިސްމާނީ އަނިޔާތަކެއް ދީފައިވާ ކަމަށެވެ.

އެތަނުން އެއް ޑޮކްޓަރުގެ ގައިގައި ޖަހާފައިވާއިރު، އަނެއް ޑޮކްޓަރު ގެ އަތުގައި ހިފައި ދަމާފައި ގެންދިޔަ ކަމަށް ވެސް އެ ޕޯސްޓްގައި ވެއެވެ.

އެ ޕޯސްޓްގައި ވަނީ ދެފަރާތެއްގެ ދެމެދުގައި ދެކެވިފައި ހުރި ވާހަކަތަކެއްގެ ސްކްރީންޝޮޓް ތަކެއް ވެސް ހިއްސާކޮށްފައެވެ. އެސްކްރީންޝޮޓް ގައިވާ ގޮތުން އެ ދެ ޑޮކްޓަރުންނާއި މެދު މިފަދައިން އަމަލު ކުރިއިރު، އެތަނުގައި ސީނިއާ މީހުން ވެސް ތިބި ކަމަށާއި، އެމީހުން އެކަންތައް މާބޮޑު ކަމަކަށް ނެހެދި ކަމަށެވެ.

އެ ދެ ޑޮކްޓަރުންނަށް އަނިޔާ ކުރި ފަރާތުން، އެވާހަކަތައް ދޮގުކޮށް، ސީސީޓީވީން ހެކި ދެއްކުމަށް ބުނެފައިވާއިރު، ހޮސްޕިޓަލުގެ ޑައިރެކްޓަރު ވަނީ މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ނަގަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ބުނެފައެވެ.

މިކަމާއި ގުޅޭ ގޮތުން ކަމާ ބެހޭ އެއްވެސް އިދާރާއަކުން މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް
ޔަދަޗަ
މިއީ ކޮންކަމެއް
31 Aug 2024
މުހައްމަދު
މި ހަބަރު ލިޔުމުގެ ކުރިން އަދި ތަންކޮޅެއް ރަނގަޅުކޮއް އެބަ ޖެހެއެންނުން އިންވެސްޓިގޭޓް ކުރަން.
01 Sep 2024
ގުޅޭ ލިޔުންތައް
29 Jun 2026
ފުލުހުންނަށް ޒަމާނީ ފެންވަރުގެ ހެޑްކުއާޓަރެއް ގާއިމުކޮށްދޭނެ: ރައީސް
ރައީސުލްޖުމްހޫރިއްޔާ ވަނީ، ފުލުހުންގެ ޚިދުމަތް ދިނުމުގައި ހުރަސްތަކެއް އެބަހުރިކަން ފާހަގަކުރައްވާ އެންމެ ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މާލޭ ސަރަޙައްދުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދޭނެ އިތުރު މަރުކަޒަކާއި، ޒަމާނީ ފެންވަރުގެ ހެޑްކުއާޓަރެއް ގާއިމުކޮށްދެއްވާނެކަމުގައި ވިދާޅުވެފަ އެވެ.
29 Jun 2026
ރައީސުލްޖުމްހޫރިއްޔާގެ މެޑަލް 7 ފުލުހަކަށް، ކުލަ 20 ފުލުހަކަށް
ރައީސުލްޖުމްހޫރިއްޔާގެ މެޑަލް 7 ފުލުހަކަށް، ކުލަ 20 ފުލުހަކަށް ވަނީ އަރުވާފަ އެވެ.
29 Jun 2026
ޑްރަގް ވިޔަފާރި ހިންގާ މީހުންނަށް ޓާގެޓްކޮށްގެން ފުލުހުންގެ މަސައްކަތް އިތުރު ގިޔަރަކަށް
ވަޒީރު އިތުރަށް ވިދާޅުވީ، ގޭންގު ހަދައިގެން ރަށުތެރޭގެ އަމާންކަން ނަގާލަން މަސައްކަތް ކުރަމުންދިޔަ ކުދިން އެ މާހައުލުން ދުރުކޮށް އެ ކުދިން މުޖުތަމައުގައި އަބުރުވެރިކަމާއެކު ދިރިއުޅޭނެ އަހަރެއްކަމުގައި ވެސް ކުރިއަށް މިއޮތް އަހަރު ވެގެންދާނެ ކަމަށެވެ.
28 Jun 2026
ހިދުމަތުގައި 25 އަހަރުވެ ވަކިވާ ފުލުހުންނަށް ބޭސްފަރުވާ ހަމަޖައްސަައިދެނީ
ވިދާޅުވީ، ފުލުހުންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރާ ފުލުހުންނަށް ދެވޭ އިނާޔަތް ހިސާބުކުރުުގައި އޮތް ލިމިޓް ބަދަލުކުރުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ. އެގޮތުން އެ ފުލުހަކު ހިދުމަތްކޮށްފައިވާ މުއްދަކަށް ބަލައި ލިބޭ އިނާޔަތް ހަމަޖައްސައިދެއްވާނެ ކަމަށެވެ.
28 Jun 2026
އޭސީސީގެ ޖިނާއީ އިޖުރާއަތުގެ ގަވާއިދު އިސްލާޙު ކޮށްފި
މި އިޞްލާޙުގެ ދަށުން ކަނޑައަޅާފައިވާ މުއްދަތަށް މައްސަލަ ނުނިންމޭ ޙާލަތެއް މެދުވެރިވެއްޖެނަމަ، މުއްދަތު އިތުރުކުރެވޭނީ އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން، މުއްދަތު މުރާޖަޢާކޮށްގެންނެވެ.
28 Jun 2026
އުރީދޫ ނޭޝަން ކަޕް 2026 ގެ ޗެމްޕިއަންކަން ޒަމީލް ހޯދައިފި
ދެކުނު ކޮރެއާ ތަމްސީލުކުރި މުޙައްމަދު ޒަމީލް ޒިހުނީ އުރީދޫ ނޭޝަން ކަޕް 2026 އީ-ސްޕޯޓްސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައި 8،000 ރުފިޔާއާއި ހައިސެންސް ޓީވީ އިނާމަށް ހޯދައިފި އެވެ.
28 Jun 2026
އެމްއޭސީއެލް އިން ތިން މުއައްސަސާއަކާ ފަހުމުނާމާގައި ސޮއިކޮށްފި
އެމްއޭސީއެލް އިން އެންޑީއެމްއޭ އާއި އެމްއެމްއެސް އަދި އެމްއާރްސީ އާ އެކު ވެލާނާ އެއަރޕޯޓުގެ ކާރިސާތަކާއި ކުއްލި ހާލަތްތައް މެނޭޖްކުރުމުގެ ޤާބިލުކަން ވަރުގަދަކުރުމަށް ފަހުމުނާމާގައި ސޮއިކޮށްފި
28 Jun 2026
ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން ދެ ބިދޭސީން ހައްޔަރުކޮށްފި
ފުލުހުން ބުނީ، މި ޖޫން މަހުގެ 26 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ހިންގި އޮޕަރޭޝަންގައި، އެ މީހުން ހައްޔަރުކޮށް، އެ މީހުން ދިިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު 15 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.