"ކިއުކަންބާ މޭން" ގެ ނަމުން މަޝްހޫރުވި ލޯގަން--- ފޮޓޯ: ދަ މެއިލް
ދުނިޔެ
31 Aug 2024 | 17:28
ޓިކްޓޮކް ޓްރެންޑަކާއިއެކު، އައިސްލޭންޑުން ކިއުކަންބާ ހުސްވެއްޖެ

ޓިކްޓޮކް ޓްރެންޑެއްގެ ސަބަބުން، އައިސްލޭންޑް އިން ކިއުކަންބާ ލިބުން ދަތިވެއްޖެއެވެ.

މި ޓްރެންޑް ފެށިގެން އައީ "ކިއުކަންބާ މޭން" ގެ ނަމުން މަޝްހޫރު ލޯގަން މޮފިޓް ފަދަ އިންފްލުއެންސަރުން ޓިކްޓޮކްގައި ކަކުނި ސަލަޑުގެ ރެސިޕީތައް ހިއްސާކުރަން ފެށުމާއެކުގައިއެވެ.

'ކިއުކަންބާ ސެލެޑް' ހޭޝްޓެގްގެ ދަށުން ޓިކްޓޮކްގައި ގާތްގަނޑަކަށް 150،000 ވީޑިއޯ އަޕްލޯޑުކުރެވިފައިވާއިރު، މި ވައިރަލް ޓްރެންޑްގެ ސަބަބުން އައިސްލެންޑުގައި ކިއުކަންބާ އަށް އޮތް ޑިމާންޑު އިތުރުވެ، އައިސްލެންޑުގެ ފިހާރަތަކަށް މި ޑިމާންޑު ފުއްދުމަށް ދަތިވެފައިވާ ކަމަށް އައިސްލެންޑުގެ ނޫސް އައުޓްލެޓް އާރްޔޫވީން ބުދަ ދުވަހު ރިޕޯޓުކޮށްފައިވެއެވެ.

އެގައުމުގެ ރެއިކްޖަވީކްގައި ދިރިއުޅޭ ޑެނިއަލް ސިގްތޯސަން ވަނީ ކިއުކަންބާ ސެލެޑެއް ތައްޔާރުކުރަން އުޅެފައެވެ. ނަމަވެސް އޭނާގެ އަވަށުގެ ގްރޯސަރީ ފިހާރައިގައި ކިއުކަންބާ ނެތްކަން ފާހަގަވުމާއިއެކު، އެ އަވަށުގެ އިތުރު ތިން ފިހާރައެއް ވެސް ބެލިއެވެ. އެ ހުރިހާ ތާކުން ކިއުންކަންބާ ހުސްވެފައިވާކަމަށް އޭނާ ބުންޏެވެ.

އައިސްލެންޑްގެ އެންމެ ބޮޑެތި ގްރޯސަރީ ފިހާރަތަކުގެ ތެރެއިން އެއް ފިހާރައެއް ކަމުގައިވާ ކްރޯނަން އިން ބުނެފައިވަނީ، އެ ގައުމުގެ ހުރިހާ ފިހާރަތަކުން ކިއުކަންބާ ގާތްގަނޑަކަށް ހުސްވެފައިވާ ކަމަށެވެ.

"ފަހަކަށް އައިސް މާކެޓިންގ ދާއިރާގައި ސޯޝަލް މީޑިއާގެ ވަރަށް ބޮޑު އަސަރެއް ކޮށްފައިވޭ. މި ދާއިރާ މުޅިން ބަދަލުވެފައިވާއިރު، ކުންފުނިތަކުން ޓްރެންޑް ވަމުންދާ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދިނުން މުހިންމު،"

ކްރޯނަން އިން ބުނެފައިވެއެވެ.

އިންފްލުއެންސަރ ލޯގަން މޮފިޓް، ޕްލާސްޓިކް ޑެލީ ކޮންޓެއިނަރެއްގައި ތައްޔާރުކުރާ ކިއުކަންބާ ސެލެޑްގެ ރެސިޕީތައް ވައިރަލްވެ ގިނަ ބަޔަކު އަންނަނީ އެ ރެސިޕީތަކަށް ވީޑިއޯ ހަދަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.