އެސްޓާ ސީއެމްއައި ހޮސްޕިޓަލް...
ހަބަރު
31 Aug 2024 | 20:39
ނުދައްކާ ބިލްތައް ގިނަވުމުން، އިންޑިއާގެ ދެ ހޮސްޕިޓަލަކުން އާސަންދަ މެދުކަނޑާލައިފި

އާސަންދައިގެ ދަށުން ދިވެހިން އާއްމުކޮށް އިންޑިއާއަށް ބޭސްފަރުވާއަށް ގޮސް ފަރުވާ ހޯދަމުން އަންނަ ދެ ހޮސްޕިޓަލަކުން ވަގުތީގޮތުން އާސަންދަ ކަނޑާލައިފިއެވެ. އާސަންދައިގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލާފައިވަނީ، ބެންގަލޫރުގައި ހުންނަ ސައިޓް ކެއާ ހޮސްޕިޓަލްގެ އިތުރުން އެސްޓާ ސީއެމް އައި ހޮސްޕިޓަލެވެ.

މިކަމާ ގުޅޭގޮތުން ވޮއިސްއަށް މައުލޫމާތު ދެއްވަމުން އާސަންދައިގެ އޮފިޝަލު ވިދާޅުވީ، އެ ދެ ހޮސްޕިޓަލުން އާސަންދަ މެދުކަނޑާލާފައިވަނީ، ނުދައްކާހުރި ބިލްތައް ގިނަވުމުގެ ސަބަބުންކަމަށެވެ. އަދި އެއީ އެ ހޮސްޕިޓަލްތަކުގެ ނިންމުމެއްކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

އިންޑިއާގެ އެ ދެ ހޮސްޕިޓަލުން އާސަންދަ މެދުކަނޑާލިއިރު، މަނިޕާލް ހޮސްޕިޓަލުންވެސް މިހާރު އާސަންދައިގެ ހިދުމަތެއް ނުލިބެއެވެ. އާސަންދައިގެ ދަށުން ޖުލައިމަހުން ފެށިގެން މަނިޕާލް ހޮސްޕިޓަލަށް މީހުން ފޮނުވުން ހުއްޓާލީ އެ ހޮސްޕިޓަލްގެ އަގުތައް ބޮޑުވެ، އަގުތައް ބޮޑުވުމުގެ ސަބަބުންނެވެ. އާސަންދައިން ބުނީ އެ ހޮސްޕިޓަލުގެ އަގުތައް މުރާޖައާކުރަމުން އަންނަ ކަމަށެވެ.

ބިލްތައް ނުދައްކައިގެން އާސަންދައިގެ ހިދުމަތް އިންޑިއާގެ ބައެއް ހޮސްޕިޓަލްތަކުން ކަނޑާލާފައިވާއިރު، އާސަންދައިގެ ހިދުމަތް ބޭރުގެ 57 ހޮސްޕިޓަލަކުން އާސަންދައިގެ ހިދުމަތް ދިނުމަށް ވަނީ ރަޖިސްޓަރކޮށްފައެވެ. މީގެ ތެރެއިން އެންމެ ގިނައީ އިންޑިއާގެ ހޮސްޕިޓަލްތަކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.