މެލޭޝިއާގައި ފަތުރުވެރިޔާ ވެއްޓުނު ސިންކްހޯލް ސަރަހައްދުގައި އޭނާ ސަލާމަތްކުރުމަށް މީހުން ހަރަކާތްތެރިވަނީ-- ފޮޓޯ: އޭޕީ
ދުނިޔެ
01 Sep 2024 | 13:14
މެލޭޝިއާގައި ސިންކްހޯލަކަށް ވެއްޓުނު ފަތުރުވެރިޔާ ހޯދުން ހުއްޓާލައިފި

މެލޭޝިޔާގެ ވެރިރަށުގައި މީގެ ހަފްތާގެ ކުރިން، ބިންގަނޑު ކަނޑައިގެން ގޮސްގެން ސިންކްހޯލަކަށް ވެއްޓުނު އިންޑިއާ ފަތުރުވެރިޔާ ހޯދުން މެލޭޝިއާގެ ކަމާ ބެހޭ އިދާރާތަކުން ހުއްޓާލައިފިއެވެ.

48 އަހަރުގެ ވިޖަޔަ ލަކްޝްމީ ގާލީ ކުއާލަލަމްޕޫރުގެ ދާންގް ވަންގީ ސަރަޙައްދުގައި މަގެއްގައި ހިނގަމުންދަނިކޮށް، އޭނާ ހިނގަމުންދިޔަ ތަނުގެ ދަށުން ކުއްލިއަކަށް ބިންގަނޑު ގޮސްގެން 8 މީޓަރު (26 ފޫޓު) ފުންމިނުގެ ވަޅަކަށް ވެއްޓި ގެއްލުނީ އޯގަސްޓް 23 ވަނަ ދުވަހުއެވެ.

އޭނާ ހޯދުމުގެ މަސައްކަތް މެލޭޝިއާގެ ކަމާ ބެހޭ ފަރާތްތަކުން މެދު ނުކެނޑި ކުރަމުން އަންނައިރު، ފެނުގެ އޮއިވަރާއި، އެ ސަރަހައްދާއި ކައިރިން އަނެއްކާވެސް ބިންގަނޑު ކަނޑައިގެން ގޮސް ސިންކްހޯލެއް އުފެދުމާއި ގުޅިގެން މިހާތަނަށް ފެނިފައިވަނީ އޭނާގެ ފައިގައި އަޅާ އެއްޗެއް އެކަންޏެވެ.

މެލޭޝިއާގެ ބޮޑުވަޒީރުގެ ޑިޕާޓްމެންޓް ގެ މިނިސްޓަރެއް ކަމަށްވާ ޑރ.ޒާލިހާ މުސްތަފާ ވިދާޅުވި ގޮތުގައި މިފަދައިން އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާލުމަށް ނިންމާފައިވަނީ ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުންގެ ރައްކާތެރިކަމާއި ސިއްހަތާ ގުޅޭ ކަންބޮޑުވުންތައްފަދަ އެތައް ކަމެއް ހިމެނޭތީއެވެ.

މުސްތަފާ ވިދާޅުވީ، އެ މަސައްކަތް ކުރިއަށްދަނިކޮށް، އެ ސަރަހައްދުގައި އިތުރު ސިންކްހޯލެއް އުފެދުމާއި ގުޅިގެން އެ މަސައްކަތުގައި އުޅޭ މީހުންގެ ސަލާމަތްތެރިކަމާއި މެދު ވިސްނަންޖެހޭ ކަމަށެވެ.

މުސްތަފާ ވިދާޅުވީ، އެމީހުންގެ މި ނިންމުން ފަތުރުވެރިޔާގެ އާއިލާއަށް އަންގާފައިވާ ކަމަށާއި، މި ހިތާމަވެރި ހާދިސާއާ ގުޅިގެން އެ މީހުންނަށް އިތުރު އެއް ހަފްތާއަށް ވީސާ އިތުރުކޮށްދީފައިވާ ކަމަށެވެ.

ގާލީ މެލޭޝިއާއަށް އައީ އޭނާގެ ފިރިމީހާއާއި ރައްޓެހިންނާ އެކު ގާތްގަނޑަކަށް ދެމަސް ކުރިން ޗުއްޓީއަކަށެވެ. މި ހާދިސާ ހިނގީ އެމީހުން އެނބުރި ގެއަށް ދިއުމަށް ހަމަޖެހިފައިވާ ދުވަހުގެ ކުރީ ދުވަހުއެވެ.

އޮތޯރިޓީތަކުން ބުނެފައިވަނީ މިދިޔަ އަހަރުވެސް އެތަނުން ބިންގަނޑު ވެއްޓިފައިވާ ކަމަށެވެ.

ކުއަލަލަމްޕޫރުގެ މޭޔަރު މައިމޫނާ މުޙައްމަދު ޝަރީފް ވަނީ ސިޓީގެ ރައްކާތެރިކަން އާންމުންނަށް ޔަގީންކަން ދެއްވާފައެވެ. އޭނާ ވިދާޅުވީ ނަރުދަމާ ހޮޅިތައް ބަލައި، އެ ސަރަހައްދުގެ އިމާރާތްތަކުގެ ސަލާމަތްތެރިކަން ވަޒަންކުރުމަށް ޓާސްކް ފޯހެއް އެކުލަވާލެވިފައިވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.