ވަޒީރު ސައީދު- ފޮޓޯ: ވޮއިސް
ހަބަރު
01 Sep 2024 | 15:53
ތުރުކީއަށް އެކްސްޕޯޓްކުރާ 38 އައިޓަމަކުން ޑިއުޓީ ދައްކަން ނުޖެހޭނެ: ސައީދު

ދިވެހިރާއްޖެއިން ތުރުކީއަށް އެކްސްޕޯޓް ކުރާ ތަކެތީގެ ތެރެއިން 38 އައިޓަމަކުން ޑިއުޓީ ކަނޑާލުމަށް ހަމަޖެހިފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސައީދު މިފަދައިން ވިދާޅުވީ، ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިގޮތުން ވަޒީރު ސައީދު ވިދާޅުވީ، މިކަމާއި ގުޅޭގޮތުން ދެގައުމުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކުގެ ތެރެއިން 214 ބާވަތެއް ރާއްޖެއިން ހުށަހެޅިއިރު، އޭގެ ތެރެއިން 38 ބާވަތަކަށް ޑިއުޓީ ކަނޑާލުމަށް ހުށަހެޅުނު ކަމަށާއި، ބާކީ ބާވަތްތަކަށް ޑިއުޓީ ކުޑަކުރުމަށް ހުށަހެޅިފައިވާކަމަށެވެ.

 މިއީ މީގެ ކުރިން އެއްވެސް ވަރަކަށް ޑިއުޓީ އުނިކުރަން ލިބިފައިވާ ބާވަތްތަކެއް ނޫންކަން ވަޒީރު ސައީދު ފާހަގަކުރެއްވިއެވެ

”އަޅުގަނޑުމެން އެންމެ އިސްކަންދޭ އައިޓަމްތަކުގެ ގޮތުގައި ހިމެނި އައިޓަމްތައް އެބަހުރި އޭގެ ތެރޭގައި އެބޭފުޅުންވެސް ހިމަނާފައި. މިސާލަކަށް ކަޅުބިލަ މަހާއި، ރީނދޫ އުރަހަ ކަންނެލި، އަދި ލޯބޮޑު ކަންނެލި ހިމެނޭ. އޭގެ އިތުރަށް ހިކިމަހުގެ ބާވަތްތަކުން ތައްޔާރުކުރާ އުފެއްދުންތައް ހިމެނޭ.“

"އަޅުގަނޑުމެން އެންމެ އިސްކަންދޭ އައިޓަމްތަކުގެ ގޮތުގައި ހިމެނި އައިޓަމްތައް އެބަހުރި އޭގެ ތެރޭގައި އެބޭފުޅުންވެސް ހިމަނާފައި. މިސާލަކަށް ކަޅުބިލަ މަހާއި، ރީނދޫ އުރަހަ ކަންނެލި، އަދި ލޯބޮޑު ކަންނެލި ހިމެނޭ. އޭގެ އިތުރަށް ހިކިމަހުގެ ބާވަތްތަކުން ތައްޔާރުކުރާ އުފެއްދުންތައް ހިމެނޭ. "

ވަޒީރު ސައީދު ވިދާޅުވިއެވެ.

ރާއްޖެއާއި ތުރުކީއާ ދެމެދު ކަނޑައެޅޭ ވަކި މުދާތަކެއްގެ ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ފެށީ، މިދިޔަ އަހަރު ފަހުކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރެއްވި މަޝްވަރާތަކަށް ފަހުއެވެ. އެގޮތުން ދެ ޤައުމު ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ސޮއިކުރެވުނު އެއްބަސްވުމުގެ ތެރެއިން ރާއްޖެއާއެކު ޕްރިފަރެންޝަލް ޓްރޭޑް އެގްރިމެންޓް (ޕީޓީއޭ)ގައި ސޮއިކުރުމުގެ މަޝްވަރާތައް މި އަހަރުގެ މާރިޗު މަހު ވަނީ ފަށާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Aug 2026
ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތް، އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރަށް
އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރަށް ދިވެހި ދައުލަތުން ޢިއްޒަތެއް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ، އަލްއުސްތާޛު އަޙްމަދު ޝާކިރު ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށް ކޮށްދެއްވި ޚިދުމަތްތަކާއި، މިއަދުގެ މި ޤައުމީ މުނާސަބަތާ ވަރަށް ބޮޑަށް ގުޅި ލާމެހިގެންދާ ކަމެކެވެ
15 Aug 2026
ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފްވެރިކަމުގެ އިނާމް، ފަރެސް އާމިރަށް
ޢާމިރު އަޙްމަދު، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއަށް ވެދެވަޑައިގެންނެވީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން 1988ވަނަ އަހަރު ހިންގެވި ޅެން ހެދުމުގެ ހުނަރުވެރިކަން ދަސްކޮށްދޭ ކޯހާއި، އޭގެފަހުން ހިންގެވި ޅެންވެރިކަމުގެ އެޑްވާންސް ކޯސް ފުރިހަމަކުރެއްވުމަށްފަހުގައެވެ.
15 Aug 2026
ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން ފަށައިފި
ފަސް އަހަރެއްގެ މެދުކެނޑުމަކަށް ފަހު މި ބައްދަލުވުން އަލުން ބާއްވަން ފެށީ 2024 ވަނަ އަހަރުއެވެ
15 Aug 2026
އިސްލާމްދީނާ ފުށުއަރާ އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެކަން ކަށަވަރުކުރަނީ
ރައީސް ވިދާޅުވީ އިސްލާމް ދީނާ ޚިލާފު އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެ ފަދަ ހަރުދަނާ ބަދަހި ނިޒާމެއް އުސޫލީ ގޮތުންނާ ނިޒާމީ ގޮތުން ކަށަވަރު ކުރަން ބޭނުންވާކަމަށެވެ
15 Aug 2026
ކަށިމާ އަޙްމަދު ޝާކިރަށް ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް އަރުވައިފި
ކަށިމާ އަޙްމަދު ޝާކިރަކީ ދިވެހި ބަހާއި، އަދަބިއްޔާތު، އަދި ތާރީޚުގެ ރޮނގުން 60 އަހަރަށްވުރެ ގިނަ ދުވަހު ޤައުމީ ޚިދުމަތް ކުރައްވާފައިވާ، ދައުލަތުގެ އެންމެ މަތީ ޢިއްޒަތް އަރުވާފައިވާ ބޭފުޅެކެވެ.
15 Aug 2026
ދިވެހިޤައުމު، ޤައުމަކަށްވީ ސަބަބާމެދު މިއަދު ފުންކޮށް ވިސްނަންޖެހޭ: ވަޒީރު ހީނާ
ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ޤައުމީ ދުވަހު އަޅުގަނޑުމެން ކުރާ ފުރަތަމަ ކަމަކަށް ވާންޖެހޭނީ ޤައުމީ މަސްއޫލިއްޔަތުތައް ހަނދާންކުރުންކަމަށެވެ
15 Aug 2026
އުތީމުގައި ބިނާކުރި ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި، ރައީސް ހުޅުއްވައިދެއްވައިފި
މި ދޮރާށްޓަކީ ބޮޑުތަކުރުފާނާ ގުޅުން ހުރި ތާރީޚީ އަސަރުތައް ހިމާޔަތްކޮށް ދެމެހެއްޓުމުގެ ގޮތުން ސަރުކާރުން ހިންގަމުން ގެންދާ މަޝްރޫޢުގެ ދަށުން ތަރައްޤީކުރި ބިނާއެކެވެ
15 Aug 2026
އިންޝުއަރެންސް ޤާނޫނާ ގުޅޭ ދެ ގަވާއިދެއްގެ ދެލިކޮޕީއަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
ޚިޔާލު ހޯދުމަށް ހުށަހަޅާފައިވަނީ ރާއްޖޭގައި ހުރި ރިސްކުތަކާ ގުޅޭ އިންޝުއަރެންސް ގަވާއިދާއި އިންޝުއަރެންސްގެ ޢާންމު މާއްދާތަކާ ބެހޭ ގަވާއިދެވެ