އެޗްޑީސީ ހެޑް އޮފީސް
ހަބަރު
01 Sep 2024 | 17:01
އެޗްޑީސީގެ ހިއްސާ އާއްމުނަށް ވިއްކަނީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ހިއްސާ އާއްމުނަށް ވިއްކުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވިސްނުމެއްކަމަށް ހައުސިން މިނިސްޓަރު ޑރ އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމާފައިވަނީ އެޗްޑީސީގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފަހި ދިރިއުޅުން ކޯޕަރޭޝަން ހަމަޖެއްސުމަށެވެ. ކެބިނެޓުން މިއަދު ނިންމެވި ނިންމެވުންތަް ނޫސްވެރިންނާ ހިއްސާކުރުމަށް ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު ވިދާޅުވީ، އެޗްޑީސީގެ ހިއްސާ އާއްމުނަށް ވިއްކުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވިސްނުން ފުޅެއްކަމަށެވެ.

މިއަދު ކެބިނެޓުން މިކަން ނުނިންމެވި ނަމަވެސް ރައީސް ޑރ.މުއިއްޒުގެ ވިސްނެވުމަކީ އެޗްޑީސީގެ ހިއްސާ ރައްޔިތުންނަށް ވިއްކެވުންކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެޗްޑީސީގެ ދަށަށް ފަހިދިރިއުޅުން ބަދަލުކުރުމާއެކު މީގެ ފަހުން ރައްޔިތުންނަށް ސޯޝަލް ހައުސިން މަޝްރޫޢުތައް ހިންގާނީ އެޗްޑީސީން ކަމަށެވެ.

އެޗްޑީސީ ވާނީ އަޅުގަނޑުމެން މި އާބާދުކުރަންދާ އާބަން ސެންޓަރުތަކުގެވެސް މާސްޓަރ ޑިވެލޮޕާއަކަށް.

މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ

ސަރުކާރުން މިހާރު ނިންމާފައިވަނީ ފަހިދިރިއުޅުން ކޯޕަރޭޝަނުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށް ގެންދާށެވެ. ނަމަވެސް އެ މަޝްރޫޢުތައް ދެން ކުރިއަށްގެންދާނީ އެޗްޑީސީގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި އޮވެކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ. މިނިސްޓަރު ހައިދަރު ވިދާޅުވީ، އެޗްޑީސީ އާއި ފަހިދިރިއުޅުން ކޯޕަރޭޝަނަކީ ދާދި އެއްގޮތް މަސައްކަތްތަކެއް ކުރާ ދެކުންފުންޏަކަށް ވުމުން ރައީސް ނިންމެވީ ހަރަދުތައްވެސް ކުޑަކުރުމުގެ ނިޔަތުގައި އެޗްޑީސީގެ ދަށަށް ފަހިދިރިއުޅުން ބަދަލުކުރާށެވެ.

އެޗްޑީސީން މިހާރު ބަލަހައްޓަމުންދާ ތަންތަނުގެ ތެރޭގައި ހުޅުމާލޭގެ އިތުރުން ގުޅީފަޅާއި ތިލަފުށި ހިމެނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.