އަނިޔާވެރި ގޮތަކަށް މީހަކު މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޝާހިލް -- ފޮޓޯ: ސަން
ހަބަރު
01 Sep 2024 | 21:04
ޝިއާއު މަރުގެ މައްސަލަ: ވަކީލަކާ ނުލައި ޝާހިލް އަމިއްލައަށް ކުރިއަށް ދާން ނިންމައިފި

ޝިއާއު މުހައްމަދު ސައީދު މަރާލި މައްސަލާގައި ދައުވާ ލިބިފައިވާ އަލީ ޝާހިލް، އެ މައްސަލަ ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލަކާ ނުލައި އަމިއްލައަށް ކަމަށް މިއަދު ކޯޓުގައި ބުނެފިއެވެ.

މީގެ ކުރިން ދައުލަތުގެ ފަރާތުން ޝާހިލަށް ތިން ވަކީލަކު ހަމަޖައްސައިދިން ނަމަވެސް، އޭނާ އެ ވަކީލުންނާ ވާހަކަދައްކާފައި ނުވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ކުރިން ބުނެފައިވެއެވެ. މިކަމުގެ ސަބަބުން މައްސަލައިގެ އަޑުއެހުންތައް ވަނީ މަޑުޖެހިފައެވެ.

މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހް ވަނީ، ކުރިން ވަކީލުންނަށް ދޫކޮށްފައިވާ ލިޔެކިއުންތައް ޝާހިލަށް ހަވާލުކުރުމަށް ދައުލަތަށް އަންގަވާފައެވެ. އަދި ހެކި ރައްކާތެރިކުރުމަށް ނެރެފައިވާ އަމުރުތައް ކޯޓުގައި ބެލޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށްވެސް އަންގަވާފައިވެއެވެ.

ދެން އޮންނަ އަޑުއެހުމުގައި ދައުވާ ހުށަހަޅައި ޖަވާބުދާރީވުމުގެ ބައި ކުރިއަށް ގެންދާނެ ކަމަށް ގާޒީ މިސްބާހް ވިދާޅުވިއެވެ.

ޝިއާއު މަރާލި މައްސަލާގައި ޝާހިލްގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި ގަސްދުގައި މީހަކު މެރުމާއި، އޮރިޔާން ކާޑު ގެންގުޅުމާއި، ކެނެބިސް ބޭނުންކުރުން ހިމެނެއެވެ. މީގެ އިތުރުން ސިއްރުކޮށްފައިވާ ދެ ދައުވާއެއްވެސް އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

މި މައްސަލައިގެ ތަފްސީލަށް ބަލާއިރު، 22 އަހަރުގެ ޝިއާއު މަރާލާފައި އޮއްވާ ފެނުނީ 2022 ވަނަ އަހަރުގެ އޮގަސްޓް 6 ވަނަ ދުވަހު، ހ. ޝީރީންވިލާ ގޭގެ ނުވަ ވަނަ ބުރީގައި ހުންނަ އެޕާޓްމަންޓެއްގެ ތެރެއިންނެވެ. ހަމަ އެ ރޭ، 23 އަހަރުގެ ޝާހިލް ވަނީ ކުށުގެ ވެށިން ހައްޔަރުކޮށްފައެވެ. ޝިއާއުގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިގެން ހެދި ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި، ޝިއާއު މަރުވި ފަހުން ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށް ފާހަގަކުރެވިފައިވެއެވެ.

މިހާތަނަށް ޝާހިލް މި ދައުވާތަކަށް އިއުތިރާފުވެފައި ނުވާ ކަމަށް ކުރިން ފުލުހުންނާއި ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައިވެއެވެ. ފުލުހުން ބުނާ ގޮތުގައި، ތަހުގީގުގެ މަރުހަލާގައި ޝާހިލް ވަނީ ފުލުހުންނަށް އެއްބާރުލުން ދިނުމަށް ފުރަތަމަ ދެކޮޅުހަދާފައެވެ. ނަމަވެސް، ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ކުރެވޭ ވަރަށް އޭނާއާ ދެކޮޅަށް ހެކި ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ފެށީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.