ކުޅުދުފުއްޓަށް ދިޔަ ބިދޭސީންނަށް އިމިގްރޭޝަނުން ވަނީ ނޯޓިސްދީފައި-- ފޮޓޯ: އިމިގްރޭޝަން
ހަބަރު
02 Sep 2024 | 11:02
އިމިގްރޭޝަންގެ އޮޕަރޭޝަނުން ސަލާމަތްވުމަށް ކުޅުދުފުއްޓަށް ދިޔަ 9 ބިދޭސީއަކު ހޯދައިފި

ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރޭޝަނުން ސަލާމަތްވުމަށް ހދ.ކުޅުދުފުއްޓަށް ދިޔަ 9 ބިދޭސީއަކު ހޯދައިފިއެވެ.

އިމިގްރޭޝަނުން ބުނީ، ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން މާލެ ދޫކޮށް ރާއްޖޭގެ އެކި ރަށްރަށަށް ދާކަމުގެ ރިޕޯޓު ލިބެމުންދާކަމަށާއި، އެގޮތުން އިއްޔެ ލިބުނު މަޢުލޫމާތަކާއެކު ކުޅުދުއްފުއްޓަށް ދިޔަ ބޯޓެއްގައި ތިބި ބިދޭސީން ބަލާ ފާސްކޮށްފައިވާ ކަމަށެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލް، ޕޮލިސް އަދި އިމިގްރޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ މި މަސައްކަތުގެ ތެރެއިން މި ބޯޓުގައި ދަތުރުކުރި ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް ތިބި 9 މީހުނަށް ނޯޓިސްދީ އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށާއި، ބޯޓުގެ ކެޕްޓަނަށް ލިޔުމުން ނަސޭހަތްދީފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ.

އިމިގްރޭޝަނުން އިތުރަށް ބުނީ، އެންގުމާ އެއްގޮތަށް އަމަލުނުކޮށްފިނަމަ އިމިގްރޭޝަން ޤާނޫނުގެ ދަށުން މިފަރާތްތަކާ މެދު ފިޔަވަޅު އެޅިގެންދާނެކަމަށެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިމިގްރޭޝަންގެ ކޮންޓްރޯލަރ މުހައްމަދު ޝައްމާން ވަހީދު ވިދާޅުވީ، މި އޮޕަރޭޝަނާއި ގުޅިގެން ބިދޭސީން ބައެއް ރަށްރަށަށް ފިލައިގެންދާ މައްސަލަ އެ އިދާރާއަށް ވެސް ފާހަގަކުރެވިފައިވާ ކަމަށާއި، ކުޅުދުއްފުށި ސިޓީ ކައުންސިލުން ވެސް އެކަން ފާހަގަކޮށްފައިވާ ކަމަށެވެ.

ބިދޭސީން ދެނެގަތުމަށް ކުރިއަށްގެންދާ އޮޕަރޭޝަން، އަތޮޅުތަކަށް ފުޅާކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށްވެސް ޝައްމާން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ގަވާއިދާއި ޚިލާފަށް ހިންގާ އެތައް ވިޔަފާރިއެއް ބަންދުކޮށް، ނުގަވާއިދުން އުޅެމުންދިޔަ އެތައް ބިދޭސީން ހަމައެކަނި މިދިޔަ ހަފްތާގެ ތެރޭގައި ވެސް ޑީޕޯޓްކޮށްލާފައިވާއިރު، މި އޮޕަރޭޝަންގެ ދަށުން އިމިގްރޭޝަންގެ 200 އަށް ވުރެ ގިނަ އޮފިސަރުން އަންނަނީ ހަމައެކަނި މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރި ވަމުންނެވެ.

ކޮމެންޓް
ސިޔާމު
ރާއްޖެތެރެއައްދާ އެއްވެސްއުޅަނދަކުން ބިދޭސީއަކަށްދެވޭނީ އިމިގުރޭސަންގެ ހުއްދައެށްއޮތް ލިޔުމެއް އެދާއުޅނދެއްގެ ކެޕުޓަނައް ލިބުމުންކަމުގަ ހަމަޖެއްސުން އެއީވަރައް ބޭނުންތެރި ކަމެއްކަމުގަ ފެނޭ
02 Sep 2024
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ