ހްވަލްޑިމީރު ގެ ނަމުން ނަންދެވިފައިވާ ރަޝިއާގެ "ސްޕައި ވޭލް"-- ފޮޓޯ: ރޮއިޓާސް
ދުނިޔެ
02 Sep 2024 | 13:42
ރަޝިއާގެ "ސްޕައި ވޭލް" ނޯވޭ ކައިރިން މަރުވެފައި އޮއްވާ ފެނިއްޖެ

ރަޝިއާގެ މަޝްހޫރު "ސްޕައި ވޭލް" ނޯވޭ ކައިރިން މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ހްވަލްޑިމީރު ގެ ނަމުން ނަންދެވިފައިވާ މި ވޭލް އަށް "ސްޕައި ވޭލް" ގެ ލަގަބު ދެވުނީ އެސޮރުގެ ގައިގައި އަޅުވާފައިވާ  ހާނަސްގެ ސަބަބުން އެއީ ރަޝިއާއަށް ޖާސޫސުކޮށްދޭ އެއްޗެއް ކަމަށް ޝައްކު ކުރެވުމާއި ގުޅިގެންނެވެ.

ވޭލްގެ ހަށިގަނޑު ފެނިފައިވަނީ ނޯވޭގެ ދެކުނުގައިވާ ރިސަވިކާ ކަނޑުއޮޅިން މަސްބޭނުމަށް ދިޔަ ބައްޕައަކާއި ދަރިއަކަށް ކަމަށް ނޯވޭގެ ޕަބްލިކް ބްރޯޑްކާސްޓަރު އެން.އާރު.ކޭ އިން ވަނީ ރިޕޯޓުކޮށްފައެވެ.

މި ވޭލްގެ ހަރަކާތްތައް ދިރާސާކުރަމުން ދިޔަ މެރިން މައިންޑް ޖަމިއްޔާއިން ބުނީ، ހްވަލްޑިމީރަކީ ހަމައެކަނި ބެލޫގާ ވެލެއް ނޫންކަމަށާއި، އެއީ، އިންސާނުންނާއި ގުދުރަތީ ދުނިޔެއާ ދެމެދު އޮންނަ ފުން ގުޅުމުގެ ރަމްޒެއް ކަމަށެވެ.

ހްވަލްޑިމީރަކީ ނޯވޭ ބަހުން ވޭލަށް ކިޔާ "ހްވަލް" އާއި ރަޝިޔާގެ ރައީސް ވްލަދިމީރު ޕޫޓިންގެ ނަމުގެ ކުރީބައި އެއްކޮށްލައިގެން ކިޔާފައިވާ ނަމެކެވެ. މި ވޭލް ފުރަތަމަ ފެނުނީ 2019 ވަނަ އަހަރު ނޯވޭގެ އެންމެ އުތުރުގެ އައްސޭރިފަށުންނެވެ.

އެސޮރުގެ ގައިގައި އިންސާނުން ހަދާފައިވާ ހާނަސްގައި ކެމެރާއެއް ހަރުކުރެވޭ ގޮތަށް ހުރުމާއި، "އިކުއިޕްމަންޓް ސެންޓް ޕީޓަރސްބާގް" މި ލިޔުން ޖަހާފައި ހުރުމުން، އެއީ ޖާސޫސުކޮށްދޭ އެއްޗެއް ކަމަށް ޝައްކު ކުރެވުނެވެ.

އެހެންނަމަވެސް މިވާހަކަތަކަށް ރަޝިއާއިން ރައްދުދީފައެއް ނުވެއެވެ.

ދިގު މިނުގައި 4.2 މީޓަރު އަދި ބަރުދަނުގައި 1،225 ކިލޯ ހުންނަ ހްވަލްޑިމީރް މަރުވިއިރު އެސޮރުގެ އުމުރަކީ ގާތްގަނޑަކަށް 14 އަހަރެވެ. 

މި ވޭލްގެ ހަށިގަނޑު މިހާރު ވަނީ އިތުރަށް ބެލުމަށްޓަކައި ކައިރީގައި ހުރި އައްސޭރިއަކަށް ގެންގޮސްފައެވެ.

ގްރީންލޭންޑާއި، ނޯވޭ އަދި ރަޝިއާ ހިމެނޭ ސަރަހައްދުން ފެންނަ ހްވަލްޑިމީރް ނިސްބަތްވާ ނަސްލުގެ ބެލޫގާ ވޭލްސް ދުނިޔޭގައި އާއްމުގޮތެއްގައި 40 އާއި 60 އަހަރާއި ދެމެދުގެ މުއްދަތަކަށް ދިރިހުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.