ޑރ.މަންޒޫރު މީޑިއާއަކަށް އިންޓަވިއުއެއް ދެއްވަނީ-- ފޮޓޯ: ސްޓާޓްއަޕް
ދުނިޔެ
02 Sep 2024 | 13:02
ޑރ.މަންޒޫރު ހަސަން: ޕީއެޗްޑީއާއި އެކު ގާޑިޔަލުގައި މޭވާ ވިއްކުމުގައި

ކަޝްމީރު ވާދީގެ ޝޯޕިއަން ސަރަޙައްދުގައި، ޕީއެޗްޑީ ޙާޞިލުކޮށްފައިވާ ޑރ. މަންޒޫރު ޙަސަން، އޭނާގެ ޢާއިލާ ބެލެހެއްޓުމަށްޓަކައި ގާޑިއެއްގައި މޭވާއާއި ކުދި ކާނާ ވިއްކާ ވާހަކައަކީ، މިހާރު ސޯޝަލް މީޑިއާގައި އެންމެ ވައިރަލް އެއް ވާހަކައެވެ.

މަތީ ތަޢުލީމުގެ ދާއިރާގައި 10 އަހަރުގެ ތަޖުރިބާ ލިބިފައިވާ، ސިޔާސީ ޢިލްމުވެރިކަމުގެ ޕީއެޗްޑީ ހާސިލުކޮށްފައިވާ ޑރ. ޙަސަނަށް އޭނާގެ އަސްލު ޕްރޮފެޝަން ދޫކޮށްލަން ޖެހުނީ، އޭނާ މަސައްކަތްކުރާ ތަންތަނުން މުސާރަ ދިނުން ލަސްވުމުގެ ސަބަބުންނެވެ.

ޑރ. ޙަސަން ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކަށް ބަލާއިރު، ސިޔާސީ ޢިލްމާއި ޢާންމު އިދާރީ ހިންގުމުގެ ދެ މާސްޓަރސް ޑިގްރީއާއި، ދެ ބީއެޑް ޑިގްރީއާއި، އަދި ކޮމްޕިއުޓަރ އެޕްލިކޭޝަނާއި ކާރިސާ ބެލެހެއްޓުމުގެ ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ ހިމެނެއެވެ. މިހުރިހާ ތައުލީމީ ސެޓްފިކެޓްތައް ހުރި ނަމަވެސް، ކުރާ މަސައްކަތަކަށް މުސާރަ ނުދޭތީ، ޑރ.ޙަސަން އަންނަނީ ގާޑިޔަލުގައި ހިކި މޭވާ ވިއްކަމުންނެވެ.

އިންޑިއާގެ ބައެއް މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައި ޑރ.ޙަސަން ގެ މި ހާލަތު ކިޔައިދެއްވަމުން ވިދާޅުވީ، އޭނާގެ މި މަސައްކަތް ކުރާކަން ދަރިންނަށް ނޭނގޭ ކަމަށެވެ. ޑރ. ހަސަން ކިޔަވައިދިން ބައެއް ދަރިވަރުންނަށް އޭނާގެ މިއަދުގެ ހާލަތު ފެނުމުން ރޮއި ހަދާ ކަމަށާއި އަދި އެފަދަ ވަގުތުތަކުގައި އޭނާ އަށް ރޮވޭ ކަމަށް ވިދާޅުވިއެވެ.

ޑރ.ޙަސަން ވިދާޅުވީ، ބައެއް ދުވަސްތަކުގައި ހެނދުނު 6:30 ގައި ގެއިން ނުކުންނަ ގޮތަށް މަސައްކަތް ނިންމުމަށް ފަހު ގެޔަށް ދެވެނީ ރޭގަނޑު 9 ޖަހާ ބޮޑުވާ ފަހުން ކަމަށެވެ.

ޑރ.ޙަސަނުގެ ވާހަކަތަކުން އެނގޭގޮތުގައި އޭނާ ވަނީ، ޖަމްމޫ އަދި ކަޝްމީރުގެ އެކި ޑިގްރީ ކޮލެޖުތަކުގައި 13 އަހަރަށްވުރެ ގިނަ ދުވަހު ލެކްޗަރާއެއް ގޮތުގައި 38 މާއްދާ ކިޔަވައިދީފައެވެ. މި ހުރިހާ މާއްދާއަކީވެސް ކަމާބެހޭ ތަޢުލީމީ އިދާރާއިން ހުއްދަ ދީފައިވާ މާއްދާތަކަށްވާއިރު، އޭނާ އަކީ ޔުނިވަރސިޓީ ފެންވަރުގެ އިމްތިޙާނު ކަރުދާސްތައް މާކުކޮށް ހަދާ މީހެކެވެ.

ޑރ.ޙަސަން ވިދާޅުވީ، ގާޑިޔަލުގެ ވިޔަފާރި ފެށުމަށް ނިންމީ، އޭނާ އަށް އިތުރު އެހީތަކެއް ނުލިބޭނެކަން އެނގޭތީކަމަށާއި، އަމިއްލަ ވިޔަފާރިއެއް ފެށުމަކީ އާމްދަނީއެއް ހޯދުމަށް ފެނުނު އެންމެ ރަނގަޅުގޮތް ކަމަށް ވިސްނުމުން ކަމަށެވެ.

ޑރ.ހަސަން. އޭނާގެ މޭވާ ވިއްކުމުގެ ވިޔަފާރީގައި...

ޑރ.ޙަސަން ވަނީ މިފަދައިން ވަޒީފާގެ ދަތިކަން ކުރިމަތިވާނަމަ، އެގައުމުގެ ޒުވާން ޖީލަށް އޮތީ ކަޅު ދުވަސްތަކެއްކަން ފާހަގަކުރައްވާ، އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި މިފަދަ ހާލަތްތަކާއި މެދު ކަންބޮޑުނުވެ، އަބަދުވެސް ކޮންމެވެސް ގޮތެއް ހޯދުމަށް ޑރ.ޙަސަން ވަނީ ޒުވާނުންނަށް އިލްތިމާސް ކުރައްވާފައެވެ.

ޑރ.ޙަސަން ގާޑިޔަލުގައި ތަފާތު އެކި ބާވަތްތަކުގެ މޭވާ ވިއްކާ މަންޒަރު ފެންނަ ވީޑިއޯއެއް ފޭސްބުކްގައި އާއްމު ވުމާއިއެކު، ގިނަ ބައެއްގެ ސަމާލުކަން ވަނީ އެކަމަށް ލިބިފައެވެ. އަދި ޑރ.ޙަސަން ގެ މި ބުރަ މަސައްކަތަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.

މި ވީޑިއޯ އަށް ކޮމެންޓް ކުރި ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، ކަޝްމީރުގައި ތައުލީމީ ޒުވާނުން ގިނަ ނަމަވެސް، އެމީހުންނަށް އެކަށީގެންވާ ވަޒީފާއެއް ނުލިބެއެވެ. 

އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ ސޯފިއަން ވާދީގައި ދެ ލައްކައަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ. ސޯފިއަނަށް ނިސްބަތްވާ 98 އިންސައްތައަށްވުރެ ގިނަ މީހުންނަކީ މުސްލިމުންނެވެ. އެތަނުގައި ދެން އެންމެ ގިނައީ ހިންދޫންނެވެ. ސޯފިއަންގެ އިގްތިސާދު ބިނާވެފައިވަނީ ދަނޑުވެރިކަމުގެ މައްޗަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.