ވަޒީރު ސައީދު-- ފޮޓޯ: މިނިސްޓްރީ
ހަބަރު
03 Sep 2024 | 12:00
ޓެރިފެއްނެތި، މަސްވެރިކަމުގެ ރޯ މެޓީރިއަލް ގައި ތުރުކީއަށް ވެއްދޭނެ އިންތިޒާމް ރައީސް ވަނީ ފަހިކޮށްދެއްވާފައި: ސައީދު

މަސްވެރިކަމުގެ ރޯ މެޓީރިއަލް ޓެރިފެއްނެތި ތުރުކީއަށް ވެއްދޭނެ އިންތިޒާމް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފަހިކޮށްދެއްވާފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފޯރުކޮށްދޭ ހިދުމަތްތައް ރަސްމީކޮށް އިފްތިތާހްކުރުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ، ތުރުކީ އާއި އެކު ސަރުކާރުން ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރިމެންޓް (ޕީޓީއޭ) ނިމިފައިވާ ކަމަށާއި، %0 ގައި ތުރުކީ އަށް ވެއްދޭނެ 34 އައިޓަމެއް ލިބިފައިވާ ކަމަށެވެ.

"ތުރުކީއާއި އެކު އަޅުގަނޑުމެން ވެފައިވާ ޕީޓީއޭ އެއޮތީ ނިމިފައި. %0 ޕަސެންޓުގެ 34  އައިޓަމެއް އަޅުގަނޑުމެންނަށް ލިބޭއިރު، ހުރިހާ ރޯ މެޓީރިއަލެއް، ހާއްސަކޮށް މަސްވެރިކަމާއި ބެހޭ ވަޒީރު އެބައިންނެވި. މަސްވެރިކަމުގެ ރޯ މެޓީރިއަލް %0 ގައި ތުރުކީއަށް ވެއްދޭނެ އިންތިޒާމް ރައީސުލްޖުމްހޫރިއްޔާ އެވަނީ ފަހި ކުރައްވާފައި."

ވަޒީރު ސައީދު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ދުނިޔޭގެ ބާޒާރަށް ސަރުކާރުގެ ތެރެއިން ވިޔަފާރިވެރިންނާއި ވިޔަފާރިތައް ގެންދެވޭނެ ގޮތަކީ މިއީ ކަމަށެވެ. އަދި މި މަސައްކަތް ރެއާއި ދުވާލު ވަރުބަލި ކަމެއް ނެތި ކުރައްވަމުން ގެންދަވާނެ ކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ.

މީގެ ކުރިން ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވެސް ވަޒީރު ސައީދު ވަނީ ދިވެހިރާއްޖެއިން ތުރުކީއަށް އެކްސްޕޯޓް ކުރާ ތަކެތީގެ ތެރެއިން 38 އައިޓަމަކުން ޑިއުޓީ ކަނޑާލުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވެފައެވެ.

މިކަމާއި ގުޅޭގޮތުން ދެގައުމުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކުގެ ތެރެއިން 214 ބާވަތެއް ރާއްޖެއިން ހުށަހެޅިއިރު، އޭގެ ތެރެއިން 38 ބާވަތަކަށް ޑިއުޓީ ކަނޑާލުމަށް ހުށަހެޅުނު ކަމަށާއި، ބާކީ ބާވަތްތަކަށް ޑިއުޓީ ކުޑަކުރުމަށް ހުށަހެޅިފައިވާކަމަށާއި، މިއީ މީގެ ކުރިން އެއްވެސް ވަރަކަށް ޑިއުޓީ އުނިކުރަން ލިބިފައިވާ ބާވަތްތަކެއް ނޫންކަމަށް ވަޒީރު ސައީދު ވަނީ ވިދާޅުވެފައެވެ.

ރާއްޖެއާއި ތުރުކީއާ ދެމެދު ކަނޑައެޅޭ ވަކި މުދާތަކެއްގެ ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ފެށީ، މިދިޔަ އަހަރު ފަހުކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރެއްވި މަޝްވަރާތަކަށް ފަހުއެވެ. އެގޮތުން ދެ ޤައުމު ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ސޮއިކުރެވުނު އެއްބަސްވުމުގެ ތެރެއިން ރާއްޖެއާއެކު ޕްރިފަރެންޝަލް ޓްރޭޑް އެގްރިމެންޓް (ޕީޓީއޭ)ގައި ސޮއިކުރުމުގެ މަޝްވަރާތައް މި އަހަރުގެ މާރިޗު މަހު ވަނީ ފަށާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ