އިކޮނޮމިކް މިނިސްޓަރު ސައީދު... ފޮޓޯ/ރައީސް އޮފީސް
ހަބަރު
03 Sep 2024 | 13:10
ފޮރިން އިންވެސްޓްމަންޓް އައު ޤާނޫނާއެކު ބޭރުގެ ބޭންކުތަކުގެ އިތުބާރު ބޮޑުވެގެންދާނެ: ސައީދު

ފޮރިން އިންވެސްޓްމަންޓާބެހޭ އައު ޤާނޫނާއެކު ރާއްޖެއިން ބޭރުގެ ބޭންކްތަކުގެ އިތުބާރު ރާއްޖެއަށް ބޮޑުވެގެންދާނޭކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިއަދު މިވަނީ 45 އަހަރަށްވުރެ ގިނަ ދުވަސްފަހުން ބޮޑެތި ބަދަލުތަކާއެކު ފޮރިން އިންވެސްޓްމަންޓާ ބެހޭޤާނޫނު ގެޒެޓްކޮށްފައެވެ. ފޮރިންއިންވެސްޓްމަންޓް އައު ޤާނޫނާ ބެހޭގޮތުން މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އައު ފޮރިން އިންވެސްޓްމަންޓް ޤާނޫނު ވުޖޫދަށް އައުމާއެކު މީގެ ކުރިން ބޭރުގެ ބޭންކުތަކަށް ލިބިފައިނެތް އިތުބާރާއި ޔަގީންކަން ލިބިގެންދާނޭކަމަށެވެ. 

ސައީދު ވިދާޅުވީ މި ޤާނޫނު ފަރުމާކޮށްފައިވާނީ ރާއްޖެ އަންނަ ބޭރުގެ އިންވެސްޓަރުންގެ ސަބަބުން ދިވެހި ވިޔަފާރިތަކުގެ ހައްޤުތައްވެސް ނުގެއްލޭނޭހެން ކަމަށެވެ. މިގޮތުން މި ޤާނޫނު ފަރުމާކުރުމުގައި ރައީސް ޑރ.މުއިއްޒުގެ އިރުޝާދުގެ ދަށުން އެންމެ އިސްކަމެއް ދީފައިވާނީ ދިވެހިންގެ ހައްގުތައް ނުގެއްލޭ ގޮތަށްކަމަށްވެސް ސައީދު ވިދާޅުވިއެވެ.

މިހާރު މިއޮތް ޤާނޫނަކީ ވަރަށްބޮޑަށް ދިރާސާކުރެވިގެން ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތްވާގޮތަށް އުފަންކުރެވިފައިވާ ޤާނޫނެއް. 

އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވިއެވެ

ފޮރިން އިންވެސްޓްމަންޓް އައު ޤާނޫނާ ބެހޭގޮތުން އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ، މީގެ ކުރިން ލިބިފައިނެތް ނެތް ޔަގީންކަން މިފަހަރުގެ ފޮރިން އިންވެސްޓްމަންޓް ގާނޫނުން ލިބޭނެކަމަށެވެ. 

އުޝާމް ވިދާޅުވީ، ކުރީގެ ހާލަތާއި ބަލާއިރު އޭރުގައި ހަދާފައިވާ ފޮރިން އިންވެސްޓްމަންޓް ގާނޫނަކީ ރަނގަޅު ގާނޫނަކަށްވި ނަމަވެސް، އެ ގާނޫނަކީ މިހާރު ރާއްޖެއަށް އިންވެސްޓް ކުރަން އަންނަން ބޭނުންވާ ފަރާތްތަކަށް ލިބިދޭން ޖެހޭ ހައްގުތަކާއި ރައްކާތެރިކަމަށް ބަލާއިރު އެންމެ ރަނގަޅު ގާނޫނެއް ނޫން ކަމަށެވެ.

މި ގާނޫނާއިއެކު ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށާއި، މާލީ ސެކިއުރިޓީސް އާއި ބެހޭ ގާނޫނަށް ވެސް އިސްލާހުތަކެއް ގެނެސްފައިވާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ އިންވެސްޓްމަންޓްތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަށްޓަކައި އިސްލާހުތައް ގެންނާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.

ވަރަށް ކުރިއްސުރެ ފޮރިން އިންވެސްޓްމަންޓް ގާނޫނު އިސްލާހުކޮށް، ނުވަތަ އެކަމާއި ގުޅޭ އައު ގާނޫނެއް ހެދުމުގެ މަސައްކަތް ތަފާތު ގިނަ ސަރުކާރުތަކުން އެބަހުރިކޮށްފައި

އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ، ޒަމާނާއި ގުޅޭ ފޮރިން އިންވެސްޓްމަންޓް ގާނޫނެއް ތަސްދީގު ކުރެވިގެންދިޔައީ ވަރަށް ގިނަ އަހަރުތަކެއްގެ އިންތިޒާރަށް ފަހު ކަމަށާއި، މި ގާނޫނަށް 3 މަސް ފަހުން އަމަލު ކުރަން ފެށުމުން މިހާރަށް ވުރެ ބޮޑެތި، ގިނަ އިންވެސްޓްމަންޓްތައް ރާއްޖެއަށް އަންނާނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ.

މިއަދު ގެޒެޓްކުރި ފޮރިން އިންވެސްޓްމަންޓްތަކާ ބެހޭ ޤާނޫނަކީ މިހާރު 45 އަހަރުވެފައިވާ ފޮރިން އިންވެސްޓްމެންޓްގެ އުސޫލުތައް ހަރުދަނާކޮށް، އިންވެސްޓަރުންނަށް މިހާރަށް ވުރެ ފަހި ފުރުސަތުތަކެއް ގާނޫނީ ގޮތުން ލިބޭނެ ގޮތަށް އެކުލަވައިލާފައިވާ ގާނޫނެކެވެ.

މި ގާނޫނުގައިވާ ގޮތުން، ރާއްޖޭގައި އެކި ދާއިރާތަކުން ހުރި ވިޔަފާރީގެ ފުރުސަތުތަކާ ގުޅޭ ގޮތުން ބޭނުންވާ އިންވެސްޓްމެންޓްތައް ދެނެގަނެ، ދިރާސާކުރުމާއި ފީޒިބިލިޓީ ރިޕޯޓުތައް ހެދުމާއި، ގާނޫނުގައި ކަނޑައަޅާ ދާއިރާތަކުން، ހުއްދަ ހޯދައިގެން ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުސަތު ލިބޭނެއެވެ. މި ގާނޫނުގައި، ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުސަތު ލިބޭނެ ދާއިރާތަކާއި ޝަރުތުތަކާ އެކު އިންވެސްޓްކުރެވޭނެ ދާއިރާތައް ވެސް ކަނޑައަޅާފައިވެއެވެ.

މި ގާނޫނު ބުނާގޮތުން، އެ ފަރާތްތަކަށް ފޮރިން އިންވެސްޓްމަންޓް ގެ ލައިންސަންސެއް އިކޮނޮމިކް މިނިސްޓްރީން ދޫކުރާއިރު، އެ ލައިސަންސް ދޫކުރެވޭ ފަރާތުގެ މައުލޫމާތު މިނިސްޓްރީން ދަފްތަރުކޮށް ބަލަހައްޓަން ޖެހެއެވެ.

އިންވެސްޓަރުން އިންވެސްޓް ކުރާނެ ދާއިރާތައް ކަނޑައަޅާނީ، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާ އެކު އެވެ. އިންވެސްޓްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ހުށަހެޅުމެއްގައި ގާނޫނުގައި ބަޔާންވެފައިވާ އެންމެހާ ކަންކަން ފުރިހަމަވެފައިވާ ނަމަ އެ ހުށަހެޅުން މިނިސްޓްރީއަށް ލިބޭތާ 30 ދުވަހުގެ ތެރޭގައި އެ ހުށަހެޅުމާ މެދު ގޮތެއް ކަނޑައަޅަން ވާނެ އެވެ. 

ހަމައެއާއިއެކު، އެ އިންވެސްޓްމަންޓަކީ ހުއްދަ ދީފައިނުވާ އިންވެސްޓްމަންޓެއް ނަމަ، މުޅި ވިޔަފާރީގެ އަގުގެ 30 ޕަސެންޓަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށާއި، ފޮރިން އިންވެސްޓްމެންޓް ލައިސެންސް ހޯދުމުގައި ސައްހަ ނޫން މައުލޫމާތު ހުށަހަޅާފައިވާ ކަން ސާބިތުވެއްޖެ ނަމަ އެއް ލައްކަ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް ވެސް އާ ގާނޫނުގައި ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ