ނުކުތާ
ހަބަރު
03 Sep 2024 | 13:52
ނުކުތާގެ ނޫސްވެރިޔާ އާލިމަށް މަރުގެ އިންޒާރެއް

ތައްޔާރުކުރި ވީޑިއޯ ރިޕޯޓަކާ ގުޅިގެން ނުކުތާގެ ނޫސްވެރިޔާ އަދި އެ ނޫހުގެ ސީއީއޯ އާލިމް އަބްދުއްލަތީފަށް މަރުގެ އިންޒާރު ދީފިއެވެ.

މި އިންޒާރާ ގުޅިގެން ނުކުތާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ފުލުހުންގެ ބަންދުގައި ހުއްޓާ މަރުވި އަހުތަރުގެ މަރާ ގުޅިގެން ރޭގެ ވަގުތެއްގައި ނުކުތާއިން ހިއްސާކުރި ވީޑިއޯއަކާ ގުޅިގެން އާލިމަށް މަރުގެ އިންޒާރު ދީފައިވާކަމަށެވެ. މަރުގެ އިންޒާރު ދީފައިވަނީ ވީޑިއޯއަށް ކުރި ކޮމަންޓެއްގައެވެ.

މުހައްމަދު ގައިސް ނަމަކަށް ކިޔާ މީހަކު ކުރި އެ ކޮމަންޓްގައިބުނެފައިވަނީ، "އާލިމަކީ މުރުތައްދެއްކަމަށާއި ލޭ ހުއްދަވާނެ" މިހެންކަމަށް ނުކުތާގެ ބަޔާނުގައި ބުންޏެވެ. މިކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަމުން ނުކުތާއިން ބުނީ މި މައްސަލަ މިހާރު ދިވެހި ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.

މީގެ ކުރިންވެސް ނޫސްވެރިން ލިޔާ ލިޔުންތަކާ ގުޅިގެން އެ ލިޔުމެއް ލިޔުނު ނޫސްވެރިންނަށް މަރުގެ އިންޒާރުތައް ލިބިފައި އެބަހުއްޓެވެ. ނުކުތާގެ ބަޔާނުގައި ބުނީ، ފޭސްބުކްގައި ފޭކް އައިޑީ ހަދައިގެން ކުރާ މިފަދަ ކޮމެންޓްތަކުގެ ސަބަބުން ނޫސްވެރިން އަދާކުރަމުންދާ ޒިއްމާތައް އަދާކުރުމުގައި ފަހަތަށް ނުޖެހޭނޭ ކަމަށެވެ. އެގޮތުން ނޫސްވެރިން އަބަދުވެސް މަސައްކަތް ކުރާނީ ނޫސްވެރިކަމުގެ އިމުގެ ތެރެއިންކަމުގައިވެސް ނުކުތާގެ ބަޔާނުގައި ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.