ކުރީގެ ނައިބުރައީސް އަދި އިކޮނޮމިކް ކައުންސިލްގެ ކޯ ޗެއާ، އަހުމަދު އަދީބް
ހަބަރު
03 Sep 2024 | 21:46
ބްރިޖް ބިނާކޮށްފައި އެއޮތީ، އޭރުގެ އިޤްތިސާދީ ހާލަތަށް ބަލައި އެންމެ ރަނގަޅަށް: އަދީބް

ޗައިނާ އާއި ދިވެހިރާއްޖެ ދެމެދު އޮތް ގުޅުން ރަމްޒުކޮށްދޭ ބްރިޖް ބިނާކޮށްފައި އެއޮތީ އޭރު ރާއްޖޭގެ އިގްތިސާދު ތަންދިން އެންމެ ރަނގަޅު މިންގަނޑުންކަމަށް ޤަބޫލުކުރާކަމަށް ކުރީގެ ނައިބުރައީސް، އަހުމަދު އަދީބް ވިދާޅުވެއްޖެއެވެ.

ބްރިޖުން ލޭނު މަދުކަމަށް ދެކެވެމުންދާ ވާހަކަތަކާ ގުޅޭގޮތުން އެންމެފަހުން ޕީއެންއެފުން ބޭއްވި ޖަލްސާގައި ރައީސް ޔާމިނު ވަނީ ބްރިޖާ ގުޅޭގޮތުން ބައެއް ވާހަކަތައް ހިއްސާކުރައްވާފައެވެ. ރައީސް ޔާމިނު އެރޭ ދެއްކެވި ވާހަކަތަކަށް ބަލާއިރު، އެމަނިކުފާނު ވަނީ އަދުގެ ރާއްޖޭގެ ކުރިމަގަށް ބަލާއިރު، ބްރިޖް ކުޑަކަމަށް ފާހަގަކުރައްވައި ވާހަކަ ދައްކަވާފައެވެ.

ސިނަމާލެ ބްރިޖާ ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކާ ގުޅޭގޮތުން، ރައީސް ޔާމިނު ސަރުކާރުގެ އިކޮނޮމިކް ކައުންސިލްގެ ކޯ ޗެއާގެ މަގާމު ފުރުއްވި އަދީބް މިރޭ އެމަނިކުފާނުގެ ފޭސްބުކް ޕޭޖްގައި ޕޯސްޓްކުރެއްވި ވިޑިއޯ މެސެޖެއްގައި ވިދާޅުވީ، ބްރިޖް ބިނާކޮށްފައި އެއޮތީ އޭރު ރާއްޖޭގެ ބަޖެޓް ހުރި މިންގަނޑާއި، އެނޫންވެސް ކަންކަން ބެލުމަށްފަހު އޭރު ފެނުނު އެންމެ ރަނގަޅު ގޮތަށް ކަމަށެވެ. ބްރިޖާ ގުޅޭގޮތުން ރައީސް ޔާމިނު ވާހަކަދެއްކުމުގެ މާނައެއްނެތްކަން ފާހަގަކުރައްވަމުން އަދީބް ވިދާޅުވީ، ޖުމްލަ ގޮތެއްގައި ބްރިޖްގެ މަސައްކަތްތައް ފަށައި ނިމުނުއިރުވެސް ރައީސް ޔާމިނުގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ލިބިވަޑައި ނުގެންނެވި ކަމަށެވެ. 

އަދީބް ސިފަކުރެއްވި ގޮތުގައި ބްރިޖް އެޅުމަށްވުރެ ރައީސް ޔާމިނަށް ތާސްކުޅުއްވުން މުހިއްމުވިއެވެ. ބްރިޖާ ގުޅޭގޮތުން ލަފައަކަށް ނުވަތަ އެނޫންވެސް ކަމަކަށް އެދުނުނަމަވެސް ރައީސް ޔާމިނު އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެއްވިކަމަށް އަދީބް ވިދާޅުވިއެވެ.

އިކޮނޮމިކް ކައުންސިލުން ބްރިޖްގެ ބޯހޯލް ސްޓަޑީ ހަދަންބުނީމަވެސް އަޅުގަނޑު ޖެހުނީ އިންޓަވިއުދޭން. އޭގެ (ބްރިޖްގެ) އެމްއޯޔޫގައިވެސް ސޮއިކުރަންޖެހުނީ އަޅުގަނޑަށް އަދި ހަމަ އެހެންމެ ބްރިޖް ލޯންޗުކޮށް ޑިޒައިން ފައިނަލްވީމަވެސް އަޅުގަނޑު ދެންނެވިން ރައީސް ޔާމިނަށް ސްޕީޗްދެއްވާ ލޯންކޮށްދެއްވުމަށް ނަމަވެސް ރައީސް ޔާމީނު ވިދާޅުވީ އަދީބް ކުރިއަށްގެންދިއުމަށް. އަޅުގަނޑަށް އެނގޭ އޭރު ރައީސް ޔާމިނުވެސް ޤަބޫލެއް ނުކުރައްވާ ބްރިޖް އެޅޭނޭ ކަމަކަށް. ބައެއް މިނިސްޓަރުންވެސް ގަބޫލެއް ނުކުރޭ

އަދީބް ވިދާޅުވިއެވެ.

އަދީބް ވިދާޅުވީ، ބްރިޖް އެޅޭނޭކަމަށް އޭރު ގަބޫލުކުރެއްވި މަދު ބޭފުޅުންގެ ތެރޭގައި މިހާރުގެ ރައީސް ޑރ.މުއިއްޒު ހިމެނިވަޑައިގަންނަވާ ކަމަށެވެ. އޭރު އިކޮނޮމިކް ކައުންސިލުގައި ޑރ.މުއިއްޒު ހިމަނައިދެއްވުމަށް އެދުމުންވެސް ރައީސް ޔާމިނުގެ ފަރާތުން ސަމާލުކަމެއް ނުލިބުނު ކަމަށްވެސް އަދީބު ވިދާޅުވިއެވެ. ރައީސް ޑރ.މުއިއްޒުއަކީ އިކޮނޮމިކް ކައުންސިލްގައި އޭރު އިންނަވަންޖެހޭ ބޭފުޅެއް ނަމަވެސް ޕާކެއް ބަންދުކުރި މައްސަލާގައި އަދާހަމަޔަށްވެސް ރައީސް ޔާމިނު ހުންނަވަނީ ޑރ.މުއިއްޒުއާ ޒާތީގޮތުން ޖައްސާލާފައިކަން އަދީބް ފާހަގަކުރެއްވިއެވެ.

އަދީބް ވިދާޅުވީ ބްރިޖް ލޭނުތައް މިހާރު ފެންނަން އެހުރީ ފައިނަލް ޑިޒައިނުގައިވެސް ހުރިގޮތަށް ކަމަށެވެ. ބްރިޖުން ލޭނުތައް މަދުކަމަށް ދައްކަމުންދާ ވާހަކާގައި އެއްވެސް އަސްލެއް ނެތްކަމަށް އަދީބް ވިދާޅުވިއެވެ. ބްރިޖް ބްރިޖަކަށްވީ މިހާރުގެ ރައީސް ޑރ.މުއިއްޒު އާއި އަދި ޑރ.މުއްތަލިބުމެން ފަދަ ކަމުގެ ފަންނީ ބޭފުޅުންގެ ވަރަށް ބުރަ މަސައްކަތްޕުޅުންކަމަށްވެސް އަދީބް ވަނީ ފާހަގަކުރައްވާފައެވެ.

ބްރިޖް ބިނާކޮށްފައި އެއޮތީ އޭރު ރާއްޖޭގެ އިގްތިސާދު ތަންދިން އެންމެ ރަނގަޅު މިންގަނޑުންކަމަށް ޤަބޫލުކުރާކަމަށް އަދީބް ވިދާޅުވިއިރު، ރާއްޖޭގެ އިގްތިސާދުގައި މިހިނގަނީ ދަތި ދުވަސްވަރެކެވެ. މިދިޔަ އަހަރުތަކުގައި ލޯނުތަކާއި ސަރުކާރުގެ ހަރަދުތައް އިތުރުވުމުގެ ނަތީޖާއެއްގެ ގޮތުން ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި ރާއްޖެއިން ބޮޑެތި އަދަދުތަކުން ލޯނުތައް ދައްކަންޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.
24 Aug 2026
ބޭރުފައިސާ މާރުކުރާ މިންވަރު ދެ ގުނަ އިތުރުކުރުމަކީ ތަހައްމަލުކުރެވޭނެ ކަމެއް ނޫން: މަޓީ
މަޓީން ބުނީ ކަޅު ބާޒާރަށް އޮތް ޕްރެޝަރަކީ ހަމައެކަނި ރިސޯޓް އޮޕަރޭޓަރުންގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށް ބުނުމަކީ ޙަޤީޤަތާ ޚިލާފު ބޭއިންސާފެއް ކަމަށެވެ
24 Aug 2026
އެމްޓީސީސީގެ މިދިޔަ އަހަރުގެ ސާފްފައިދާ އިތުރުވެއްޖެ
އެމްޓީސީސީއަށް މިދިޔަ އަހަރު ސާފްފައިދާގެ ގޮތުގައި 84.8 މިލިއަން ރުފިޔާ ލިބުނުއިރު ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާއަކީ 98.4 މިލިއަން ރުފިޔާއެވެ
24 Aug 2026
ޓައިވާން ކަނޑުއޮޅިމަތިން އެމެރިކާގެ މަތިންދާބޯޓެއް ދަތުރުކޮށްފި
ޗައިނާގެ ސަރުކާރުގެ ޚަބަރު ފަތުރާ ވަސީލަތެއް ކަމަށްވާ ގްލޯބަލް ޓައިމްސްއިން، ޢަސްކަރީ މަސްދަރުތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ މި ފްލައިޓްގެ ހަރަކާތްތައް ޗައިނާއިން ވަނީ ބަލައި މޮނިޓަރުކޮށްފައެވެ
24 Aug 2026
ބަންގްލަދޭޝްގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ނުވެ، ކުދިން މަރުވާ އަދަދު އިތުރުވަނީ
ބަންގްލަދޭޝްގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ހެލްތު ސަރވިސަސް އިން އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު، އާދިއްތަ ދުވަހުގެ ހެނދުނުން ފެށިގެން ހޯމަ ދުވަހުގެ ހެނދުނާ ހަމަޔަށް އިތުރު 5 ކުއްޖަކު މަރުވެފައިވާކަމަށެވެ.
24 Aug 2026
އިންފިނިކާ އެކަޑަމީން ރަށްރަށުގައި ފޮޓޯގްރަފީ ވޯކްޝޮޕް ހިންގުމަށް ހުޅުވާލައިފި
ސިލްސިލާގެ އެންމެ ފުރަތަމަ ވޯކްޝޮޕް ބާއްވަން ރާވާފައި އޮތީ މި މަހުގެ 28 އިން 31 އަށް ގއ. ކޮނޑޭގައެވެ
24 Aug 2026
އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ޝެއިޚް އަބޫ ތައިމިއްޔާގެ ބޮޑު ދަރުހެއް
މަހަލްދީބު ފައުންޑޭޝަނުގެ "Enlighten Program" ގެ ދަށުން ދިވެހިރާއްޖެއަށްއުސްތާޛް އަބޫ ތައިމިއްޔާ ކުރައްވާ ދަތުރުގެ ތެރެއިން މިރޭ އައްޑޫ ސިޓީގައި އަދި މާދަމާރޭ، ފުވައްމުލައް ސިޓީގައި ޝެއިހުގެ ބޮޑު ދަރުހެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
24 Aug 2026
ބޭރުފައިސާ ގަނެވިއްކުމުގެ އުސޫލުތައް އިތުރަށް ހަރުދަނާކުރަނީ
ގަވަރުނަރު ވިދާޅުވީ، އަލަށް ގެންނަ އިސްލާޙުތަކުގެ ތެރޭގައި، މި ވިޔަފާރި ކުރާ ފަރާތްތަކުގެ ކެޕިޓަލް (ރައުސްމާލު) އިތުރުކުރުމާއި، އެ ފަރާތްތަކުގެ ޑިޕޮސިޓްތައް ރައްކާތެރިކޮށް (ސެކިއުއަރ) ދެމެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނޭ ކަމަށެވެ