ކޮލަމްބިއާ ޔުނިވާސިޓީގައި ކުރިއަށްދިޔަ މުޒާހަރާ-- ފޮޓޯ: އޭޕީ
ދުނިޔެ
04 Sep 2024 | 10:39
ކޮލަންބިއާ ޔުނިވާސިޓީން ސެމިސްޓަރ ފެށީ ޣައްޒާގެ ގަތުލުއާއްމާއި ދެކޮޅަށް ކުރާ މުޒާހަރާތަކާއި އެކު!

އެމެރިކާގެ ކޮލަމްބިއާ ޔުނިވާސިޓީގެ މިއަހަރުގެ އައި ސެމިސްޓަރ ފެށުމާއިއެކު، ޣައްޒާގައި ޔަހޫދީން ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް ކުރާ މުޒާހަރާތައް އަނެއްކާވެސް ފަށައިފިއެވެ.

ފާއިތުވި ޓާމުގައި، އައިވީ ލީގު ކޮލެޖުގައި އެމެރިކާގައި މިހާތަނަށް ފެނިފައިވާ އެންމެ ބޮޑެތި އަދި އެންމެ ކެމްޕަސް މުޒާހަރާތައް ފެނިގެންދިޔައިރު މި ހުރިހާ މުޒާހަރާތަކަކީ ވެސް ހައްދުފަހަނައަޅާފައިވާ ޔަހޫދީން ޣައްޒާގައި ހިންގަމުން އަންނަ ގަތުލުއާއްމާއި ދެކޮޅަށް ކުރަމުންދިޔަ މުޒާހަރާތަކެކެވެ.

މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އައު ސެމިސްޓަރ އެއް ފަށާފައިވާއިރު، ކޮލެޖްގެ ދޮރުމަތީގައި ވަނީ ގަތުލުއާއްމާއި ދެކޮޅަށް މުޒާހަރާ ކުރަން ފަށާފައެވެ.

އެގައުމުގެ ފުލުހުން ބުނިގޮތުގައި މި މުޒާހަރާއިން މިހާތަނަށް ދެމީހަކު ހައްޔަރުކުރެވުނު ނަމަވެސް މިހާތަނަށް މުޒާހަރާތައް ކުރިއަށްދަނީ ސުލްހަވެރިކަމާއި އެކުއެވެ.

ކޮލަމްބިއާގެ ވޭތުވެދިޔަ ތައުލީމީ އަހަރު ނިމުނީ ނިއުޔޯކް ޕޮލިސް ޑިޕާޓްމަންޓުން ކެމްޕަސްގައި ޤާއިމުކޮށްފައިވާ ފަލަސްޠީނަށް ތާއީދުކުރާ ކޭމްޕެއް ރޫޅާލުމާއެކުގައެވެ. އޭގެ ފަހުން ދަރިވަރުންގެ އިހުތިޖާޖުކުރި ބަޔަކު ކުޑަ ވަގުތުކޮޅަކަށް އެކަޑަމިކް އިމާރާތެއް ހިފަހައްޓާލިއިރު، އެ މުޒާހަރާގެ ތެރެއިން 100 އަށްވުރެ ގިނަ މީހުން ހައްޔަރުކުރެވުނެވެ.

ކޮލަމްބިއާގެ އިތުރުން އެމެރިކާގެ އެކި ސަރަހައްދުތަކުގެ ގިނަ ކޮލެޖްތަކެއްގައި މި މުޒާހަރާ ކުރިއަށް ދިޔައެވެ.

މި މުޒާހަރާތަކުގެ ސަބަބުން އެދެވޭ ނަތީޖާތަކެއް ނެރެފައިވާއިރު، އޭގެ ތެރޭގައި ދަރިވަރުން އެދުނުގޮތަށް ދުނިޔޭގެ މަޝްހޫރު އެއް ޔުނިވާސިޓީ ކަމަށްވާ ހާވާޑް ޔުނިވާސިޓީން އަނިޔާވެރި އިސްރާއީލަށް ފަންޑުކުރާ ފަރާތްތަކާއި އޮތް ގުޅުން ކަނޑާލުމަށް ނިންމުން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.