ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް-- ފޮޓޯ: މިނިސްޓްރީ
ހަބަރު
04 Sep 2024 | 11:41
ދިވެހިންގެ އަސްލުވަންތަކަން އިޢާދަކުރުމަށް ރައީސް ޑރ.މުޢިއްޒު ޚާއްސަ އިސްކަމެއްދެއްވާ: އާދަމް ނަޞީރު

ދިވެހިންގެ އަސްލުވަންތަކަމާއި ހުނަރުވެރިކަން އިއާދަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއްދެއްވާކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ނަޞީރު ވަނީ ދިވެހިންގެ ޒަމާންވީ ރަނގަޅު ސިފަތަކާއި ދިވެހިންގެ އަސްލުވަންތަކަމާއި ހުނަރުތައް އިޢާދަކުރެއްވުމަށް ރައީސް ޑރ.މުޢިއްޒު ދެއްވާ ޚާއްސަ އިސްކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މިގޮތުން ވަޒީރު ނަޞީރު ވިދާޅުވީ، ދިވެހި ޤައުމިއްޔަތުގެ ބަހާތައް ދިރުވުމަށާއި ދިވެހިންގެ އަމިއްލަވަންތަކަމާއި ތާރީޚުގެ ޢިލްމު ދިރުވާ އާލާކުރުމަށް ގިނަ ބަޔަކު މިހާރު ޝައުގުވެރިކަން ހުންނަ ކަމަށެވެ. އަދި ވަޒީރުގެ އަރިހުގައި ދިވެހީންގެ ގައުމިއްޔަތު ދިރުވާނެ ރައީސްއެއްގެ އިންތިޒާރުގައި ތިބި ކަމަށް މީހަކު ދެންނެވި ކަމަށާއި، ރައީސް މުއިއްޒަކީ އެކަހަލަ ވެރިއެއް ކަން އެބޭފުޅާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ގާތު މީހަކު ދެންނެވި އަޅުގަނޑުމެން މިތިބީ ޤައުމިއްޔަތަށާއި ދިވެހިން އަސްލުވަންތަކަން އަލުން އިޢާދަކުރައްވާނެ ރައީސެއްގެ އިންތިޒާރުގައޭ. ރައީސް މުޢިއްޒަކީ އެފަދަ ބޭފުޅެއް."

ވަޒީރު އާދަމް ނަޞީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ގައުމީ ދުވަސް ފާހަގަކުރަމުންދާއިރު ދިވެހީންގެ ގައުމީ ސަފަތާއި ދިވެހިންގެ އަސްލުވަންތަ ސިފަތައް އަލުން އިއާދަކުރުމުގެ ހާއްސަ މަޝްރޫއެއްގެ ރައީސް ޑރ.މުޢިއްޒު ފައްޓަވާފައިވާ ކަމަށާއި، އެ މަޝްރޫއު ދަށުން ވަރަށް މުހިންމު ކަންތައްތަކެއް ތަމްސީލްވާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Jun 2026
ހިދުމަތުގައި 25 އަހަރުވެ ވަކިވާ ފުލުހުންނަށް ބޭސްފަރުވާ ހަމަޖައްސަައިދެނީ
ވިދާޅުވީ، ފުލުހުންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރާ ފުލުހުންނަށް ދެވޭ އިނާޔަތް ހިސާބުކުރުުގައި އޮތް ލިމިޓް ބަދަލުކުރުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ. އެގޮތުން އެ ފުލުހަކު ހިދުމަތްކޮށްފައިވާ މުއްދަކަށް ބަލައި ލިބޭ އިނާޔަތް ހަމަޖައްސައިދެއްވާނެ ކަމަށެވެ.
28 Jun 2026
އޭސީސީގެ ޖިނާއީ އިޖުރާއަތުގެ ގަވާއިދު އިސްލާޙު ކޮށްފި
މި އިޞްލާޙުގެ ދަށުން ކަނޑައަޅާފައިވާ މުއްދަތަށް މައްސަލަ ނުނިންމޭ ޙާލަތެއް މެދުވެރިވެއްޖެނަމަ، މުއްދަތު އިތުރުކުރެވޭނީ އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން، މުއްދަތު މުރާޖަޢާކޮށްގެންނެވެ.
28 Jun 2026
އުރީދޫ ނޭޝަން ކަޕް 2026 ގެ ޗެމްޕިއަންކަން ޒަމީލް ހޯދައިފި
ދެކުނު ކޮރެއާ ތަމްސީލުކުރި މުޙައްމަދު ޒަމީލް ޒިހުނީ އުރީދޫ ނޭޝަން ކަޕް 2026 އީ-ސްޕޯޓްސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައި 8،000 ރުފިޔާއާއި ހައިސެންސް ޓީވީ އިނާމަށް ހޯދައިފި އެވެ.
28 Jun 2026
އެމްއޭސީއެލް އިން ތިން މުއައްސަސާއަކާ ފަހުމުނާމާގައި ސޮއިކޮށްފި
އެމްއޭސީއެލް އިން އެންޑީއެމްއޭ އާއި އެމްއެމްއެސް އަދި އެމްއާރްސީ އާ އެކު ވެލާނާ އެއަރޕޯޓުގެ ކާރިސާތަކާއި ކުއްލި ހާލަތްތައް މެނޭޖްކުރުމުގެ ޤާބިލުކަން ވަރުގަދަކުރުމަށް ފަހުމުނާމާގައި ސޮއިކޮށްފި
28 Jun 2026
ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން ދެ ބިދޭސީން ހައްޔަރުކޮށްފި
ފުލުހުން ބުނީ، މި ޖޫން މަހުގެ 26 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ހިންގި އޮޕަރޭޝަންގައި، އެ މީހުން ހައްޔަރުކޮށް، އެ މީހުން ދިިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު 15 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.
28 Jun 2026
ހިންމަފުށީގައި ޑްރަގް ފަރުވާއަށް ބޮޑު ސެންޓަރެއް ހަދަނީ، 18 މަހުން ނިންމާނެ
ވަޒީރު ވިދާޅުވީ އަމާޒަކީ 18 މަސް ދުވަހުގެ ތެރޭގައި ހިންމަފުށީ ސެންޓަރުގެ މަސައްކަތް ނިންމާލުން ކަމަށެވެ.
28 Jun 2026
ގްރޫޕްގެ އެންމެ ފަހު މެޗުންވެސް އާޖެންޓީނާއަށް މޮޅެއް، މެސީ ރަންބޫޓާ ދިމާލަށް
އާޖެންޓީނާ ހިމެނޭ ގްރޫޕްގެ ނޮކްއައުޓްބުރަށް ދަތުރުކުރި އަނެއް ދެ ޓީމަކީ އޮސްޓްރިއާ އަދި އަލްޖީރިއާއެވެ.
28 Jun 2026
ވޯލްޑް ކަޕްގައި ޖެހިޖެހިގެން 7 މެޗުގައި ލަނޑުޖެހި ކުޅުންތެރިޔާގެ ރެކޯޑް މެސީއަށް
މި ގޯލާ އެކު މެސީ ވެފައިވަނީ ވޯލްޑް ކަޕްގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުގައި ގޯލް ޖެހި ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދާފައެވެ. އެއީ ޖެހިޖެހިގެން ހަތް މެޗެވެ. މީގެ ކުރިން މި ރެކޯޑު ހިފެހެއްޓީ ފްރާންސްގެ ޖަސްޓް ފޮންޓެއިން އާއި ބްރެޒިލްގެ ޖައިރްޒީނިއޯ އެވެ. އެއީ ޖެހިޖެހިގެން 6 މެޗުގައި ގޯލުޖަހައިގެންނެވެ.