އެމެރިކާއިން ޗައިނާއަށް މިފަދަ ތުހުމަތުތައް އަބަދުވެސްދަނީ ކުރަމުން ---
ދުނިޔެ
04 Sep 2024 | 16:20
ޗައިނާއިން އެމެރިކާގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރާކަން ހާމަވެއްޖެ

ޗައިނާއިން އެމެރިކާގެ 2024ގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރާކަން ހާމަވެއްޖެއެވެ.

ގްރަފިކާ ނަމަކަށް ކިޔާ ދިރާސާ ކުންފުންޏަކުން އާ ދިރާސާއެއް ކުރުމަށްފަހު ހާމަކޮށްފައިވާ ގޮތުގައި، ޗައިނާ ސަރުކާރާ ގުޅުންހުރި ފަރާތްތަކުން އެމެރިކާގެ 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކުރާ މަސައްކަތްތައް އިތުރުވެފައިވާކަން ފާހަގަކޮށްފައިވެއެވެ.

މި މަސައްކަތުގައި، އޭއައި އިން އުފައްދާފައިވާ ދޮގު އެމެރިކާ ވޯޓަރުންގެ ޕްރޮފައިލްތައް ސޯޝަލް މީޑިއާގައި ބޭނުންކޮށްގެން، އިންތިޚާބާ ގުޅޭ ހައްސާސް އިޖްތިމާއީ މައްސަލަތަކާއި ވާހަކަތައް ދައްކައި، މުޖުތަމައުގައި ބައިބައިވުން އުފެއްދުމަށް މަސައްކަތްކޮށްފައިވާކަން ފާހަގަކުރެވިފައިވެއެވެ. މި ކެމްޕޭންތަކުގައި ބޭނުންކޮށްފައިވަނީ އިނގިރޭސިވިލާތުގެ އޭއައި ވީޑިއޯ އުފެއްދުމުގެ ޕްލެޓްފޯމެއް ކަމަށް ބެލެވެއެވެ.

ނަމަވެސް މި ކެމްޕޭންތަކަކީ "ސްޕެމޮފްލާޖް" ގޮތުގައި ގިންތިކުރެވިފައިވާ، ދަށް ފެންވަރުގެ ވީޑިއޯތަކެއް ކަމަށްވާތީ، 300 އަށްވުރެ ގިނަ މީހުން ބަލާފައިނުވާ އަދި މާބޮޑު ސަމާލުކަމެއް ލިބިފައިނުވާ ވީޑިއޯތަކެކެވެ. މިއިން ދޭހަވަނީ ޤަބޫލުކުރެވޭ ފަދަ ސިޔާސީ މައުލޫމާތު އުފެއްދުމުގެ ދަތިކަމެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ފޭކް އެކައުންޓުތަކުން އެއް މައުލޫމާތެއް ތަކުރާރުކޮށް ޙިއްސާކޮށްގެން "ކޯޑިނޭޓެޑް އެމްޕްލިފިކޭޝަން" ގެ އުކުޅު ބޭނުންކޮށްފައިވެއެވެ. މި ކޮންޓެންޓްތަކުގެ މަޤްޞަދަކީ އެމެރިކާގެ ޑިމޮކްރަސީއާއި ސިޔާސީ ނިޒާމަށް އިތުބާރު ގެއްލުވާލުމާއި، 2020 ވަނަ އަހަރުގެ އިންތިޚާބުގެ ސައްޙަކަމާމެދު ސުވާލު އުފެއްދުމެވެ.

މީގެ ކުރިންވެސް ޗައިނާއިން އެމެރިކާގެ ރައްޔިތުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރާކަން ދައްކުވައިދޭ ރިޕޯޓުތައް ނެރެފައިވެއެވެ.

ޗައިނާއިން ވަކި ކެންޑިޑޭޓަކަށް ތާއީދުކުރުމުގެ ބަދަލުގައި، އެމެރިކާގެ ރައްޔިތުން ބައިބައިކޮށް، އެމެރިކާގެ ސިޔާސީ ނިޒާމަށް އޮތް އިތުބާރު ގެއްލުވާލުމަށް މަސައްކަތްކުރާކަން ފާހަގަކުރެވެއެވެ.

ސިޔާސީ ނުފޫޒު ފޯރުވުމުގެ ކެމްޕޭންތަކުގައި އޭއައި ބޭނުންކުރުން ދެމިގެންދާނެ ކަމަށާއި، ޓެކްނޮލޮޖީ ކުރިއަރަމުންދާ ވަރަކަށް މިފަދަ މަސައްކަތްތައް ދެނެގަތުމަށް އުނދަގޫވަމުންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.
10 Sep 2026
ވަކީލުންގެ ބޮޑު ޓީމަކާއެކު ނާކާމިޔާބު: ކެނެބިސް ޓްރެފިކުކުރުމުގެ ކުށުން ކުށްވެރިވެ އުމުރަށް ޖަލަށް
މި މައްސަލާގައި ޝަރީފްގެ ދިފާއީ ވަކީލުންގެ ގޮތުގައި ހަތަރު ވަކީލުން ހިމެނޭ ގާނޫނީ ޓީމެއް މަސައްކަތް ކުރި އެވެ. އޭގެ ތެރޭގައި މަޝްހޫރު ބައެއް ވަކީލުން ވެސް ހިމެނެ އެވެ.
10 Sep 2026
ހައްޖު ކޯޕަރޭޝަނާއި ސައުދީގެ އަލްރާޖިހީ ކުންފުނި ގުޅިގެން މަސައްކަތް ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފި
ހައްޖު ކޯޕަރޭޝަނުން ބުނީ މި ބައްދަލުވުމުގައި ވަނީ ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.
10 Sep 2026
މިރެއިން ފެށިގެން ބަދަލެއް؛ ބީއެމްއެލުން ކްރޮސް ބޯޑާ ފީ ނެގުން ހުއްޓާލަނީ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް
އދ. މަހިބަދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާއި އޮފީސްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ބޭއްވި "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތް"ގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް ޓީމުން ހޯދައިފިއެވެ.