ބޭޖިންގގައި ބޭއްވުނު ޗައިނާ-އެފްރިކާ އެއްބާރުލުމުގެ ސަމިޓުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވާހަކަ ދައްކަވަނީ: ފޮޓޯ/ ރޮއިޓާސް
ދުނިޔެ
05 Sep 2024 | 10:11
ޗައިނާއިން އެފްރިކާއަށް 51 ބިލިއަން ޑޮލަރުގެ އެހީއާއި 1 މިލިއަން ވަޒީފާގެ ފުރުޞަތު ހޯދައިދޭނެކަމަށް ވަޢުދުވެއްޖެ!

ޗައިނާއިން އެފްރިކާއަށް 51 ބިލިއަން ޑޮލަރުގެ އެހީއާއި 1 މިލިއަން ވަޒީފާގެ ފުރުޞަތު ހޯދައިދޭނެކަމަށް ވަޢުދުވެއްޖެއެވެ. 

ބޭޖިންގގައި ބޭއްވުނު ޗައިނާ-އެފްރިކާ އެއްބާރުލުމުގެ ސަމިޓުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވަނީ އެފްރިކާއަށް 51 ބިލިއަން ޑޮލަރުގެ އިތުރު އެހީ ދޭނެކަމަށާއި، މަދުވެގެން 1 މިލިއަން ވަޒީފާގެ ފުރުޞަތު ހޯދައިދޭނެކަމަށް ވަޢުދުވެފައެވެ.

ބުރާސްފަތި ދުވަހު ބޭއްވުނު މި ސަމިޓުގައި ރައީސް ޝީ ވިދާޅުވީ، އެފްރިކާގެ 30 އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެފްރިކާގެ ވިޔަފާރިތަކަށް ޗައިނާގެ މާކެޓަށް ވަނުމުގެ ފުރުޞަތު ފަހިކޮށްދޭނެ ކަމަށްވެސް ވިދާޅުވިއެވެ.

50 އަށްވުރެ ގިނަ އެފްރިކާ ޤައުމުތަކުގެ މަންދޫބުން ބައިވެރިވި މި ސަމިޓަކީ، ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދާއި އެންމެ ބާރު ދުވެލީގައި ކުރިއަރަމުންދާ ބައްރާ ދެމެދު އޮންނަ ގުޅުން ކުރިއަށް އޮތް ތިން އަހަރަށް ކަނޑައަޅާ ބައްދަލުވުމެކެވެ.

"އަޅުގަނޑުމެން މިތިބީ އެފްރިކާގެ ބައްރުގެ މިނިވަން ވިޔަފާރި ސަރަޙައްދު ތަރައްޤީކުރުމަށް އެހީތެރިވުމަށް ތައްޔާރަށް. އަދި އެފްރިކާގެ ސަރަޙައްދުތަކުގެ މެދުގައި ކުރިއެރުން ގެނައުމަށްޓަކައި ލޮޖިސްޓިކްސް އަދި މާލީ އެއްބާރުލުން އިތުރަށް ފުޅާކުރުމަށް މިތިބީ ތައްޔާރަށް" ޝީ އިތުރަށް ވިދާޅުވިއެވެ.

ސަމިޓުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޝީ ވިދާޅުވީ، ޗައިނާއިން އެފްރިކާގައި 30 ސާފު ހަކަތައިގެ މަޝްރޫޢު ފަށައި، އެފްރިކާގެ ނިއުކްލިއަރ ހަކަތައިގެ ލަނޑުދަނޑިތަކަށް އެހީތެރިވެދޭނެ ކަމަށެވެ. މިއީ އެފްރިކާގެ ސިނާޢީ ތަރައްޤީއަށް ހުރަސްއަޅަމުން އައި ކަރަންޓުގެ ދަތިކަން ޙައްލުކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.
10 Sep 2026
ވަކީލުންގެ ބޮޑު ޓީމަކާއެކު ނާކާމިޔާބު: ކެނެބިސް ޓްރެފިކުކުރުމުގެ ކުށުން ކުށްވެރިވެ އުމުރަށް ޖަލަށް
މި މައްސަލާގައި ޝަރީފްގެ ދިފާއީ ވަކީލުންގެ ގޮތުގައި ހަތަރު ވަކީލުން ހިމެނޭ ގާނޫނީ ޓީމެއް މަސައްކަތް ކުރި އެވެ. އޭގެ ތެރޭގައި މަޝްހޫރު ބައެއް ވަކީލުން ވެސް ހިމެނެ އެވެ.
10 Sep 2026
ހައްޖު ކޯޕަރޭޝަނާއި ސައުދީގެ އަލްރާޖިހީ ކުންފުނި ގުޅިގެން މަސައްކަތް ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފި
ހައްޖު ކޯޕަރޭޝަނުން ބުނީ މި ބައްދަލުވުމުގައި ވަނީ ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.
10 Sep 2026
މިރެއިން ފެށިގެން ބަދަލެއް؛ ބީއެމްއެލުން ކްރޮސް ބޯޑާ ފީ ނެގުން ހުއްޓާލަނީ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް
އދ. މަހިބަދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާއި އޮފީސްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ބޭއްވި "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތް"ގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް ޓީމުން ހޯދައިފިއެވެ.