ޚުތުބާ އަޑު އަހަނީ: ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ދީން
06 Sep 2024 | 13:43
އަހަރެމެންނަށް ނޭނގި އަހަރެމެން ހީވެސް ނުކުރާ ފަދަ ގޮތްގޮތަށް ޝިރުކުކުރެވޭ: ޚުތުބާ

އަހަރެމެންނަށް ނޭނގި އަހަރެމެން ހީވެސް ނުކުރާ ފަދަ ގޮތްގޮތަށް ޝިރުކުކުރެވޭ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.

”ޝިރުކުކުރުމުން ދުރުހެލިވާށެވެ!“ މައުލޫއަށް މިއަދު އިއްވި ޚުތުބާގައި ބުނި ގޮތުގައި އިންސާނާ ކުރާ އެންމެ ބޮޑު ފާފައަކީ އޭނާ ހައްދަވައި ބޮޑުކުރެއްވި الله އަށް ޝަރީކު ކުރުމެވެ. މިކަމަކީ الله ފޮނުއްވި ހުރިހާ ރަސޫލުންވެސް މަނާކުރެއްވި ކަމެއްކަން ޚަތީބު ފާހަގަކުރެއްވިއެވެ.

"ބައެއް މީހުން ޝިރުކު ކުރަނީ الله އާއި އެމީހުންނާ ދެމެދު ގުޅުން ބެހެއްޓުމަށް ވަސީލަތެއްގެ ގޮތުގައެވެ. އަނެއްބައި މީހުން ޝިރުކު ކުރަނީ الله ގެ މަޚްލޫޤުންނަށް އިލާހީ ބާރުތަކެއް ނިސްބަތްކޮށްގެންނެވެ. މިއީ ދޮގު ދަޢުވާތަކެކެވެ،" ޚަތީބު ވިދާޅުވިއެވެ.

ޚުތުބާގައި އިތުރަށް ވިދާޅުވި ގޮތުގައި މަރުވުމުގެ ކުރިން ތައުބާ ނުވާނަމަ الله ނުފުއްސަވާނެ ހަމައެކަނި ފާފައަކީ ޝިރުކެވެ. އަދި ހެޔޮ ޢަމަލުތައް الله ޤަބޫލުކުރެއްވުމަށް ދެ ޝަރުތެއް ފުރިހަމަވާންޖެހޭ ކަމަށާއި، އޭގެ ތެރެއިން އެއް ޝަރުތަކީ الله އަށް އިޚްލާޞްތެރިވުން ކަމަށް ޚަތީބު ވިދާޅުވިއެވެ.

ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާ ޞއވ ޙަދީޘްފުޅުތަކުގެ މައްޗަށް ބުރަވެ ޢިލްމުވެރީން އެއްބަސްވެ ވަޑައިގެންފައިވަނީ، ކުރާ ހެޔޮ ޢަމަލުތައް ޤަބޫލުކުރެއްވުމުގައި ދެ ޝަރުޠެއް ފުރިހަމަވާން ޖެހޭކަމަށެވެ. އެ ދެ ޝަރުޠު ފުރިހަމަ ނުވާކަމުގައި ވަނީ ނަމަ އެ ޢަމަލެއް ޤަބޫލު ނުކުރެއްވޭނެ ކަމަށެވެ. ފުރަތަމަ ޝަރުޠަކީ، ނިޔަތް الله سبحانه وتعالىއަށް ޚާލިޞްކުރުމެވެ. އެހެން ޢިބާރާތަކުން ބުނާ ނަމަ މާތް ﷲއަށް އިޚުލާޞްތެރިވުމެވެ. އެކަމުގައި އެއްވެސް ކަހަލަ ކަންދެއްކުމެއް އަމިއްލަ އެދުމެއް ނެތުމެވެ. ދެވަނަ ޝަރުޠަކީ، އެ ކަމަކީ ޝަރުޢީ ދަލީލަކުން ޘާބިތުވާ ކަމަކަށްވުމެވެ. މީހަކު ކުރާ ޢަމަލެއްގައި ޝަރީކުކުރުމާއި، ކަންދެއްކުމާއި، އަދި އެނޫން ވެސް އެފަދަ އެހެން ކަންތައް ވާ ނަމަ އެ ޢަމަލެއް الله سبحانه وتعالى ޤަބޫލުނުކުރައްވާނެ

މިއާއެކު ޚުތުބާގައި ބުނީ، ޝިރުކުކުރުމަކީ ހަމަ އެކަނި ބުދަށް އަޅުކަންކުރުމެއް ނޫނެވެ. އަދި އެ ނޫން ވެސް އެފަދަ ތަކެއްޗަށް ސަޖިދަކުރުމެއް ވެސް ނޫން ކަމަށާ އަހަރެމެންނަށް ނޭނގި އަހަރެމެން ހީވެސް ނުކުރާ ފަދަ ގޮތްގޮތަށް ޝިރުކުކުރެވޭ ކަމަށެވެ.

“އަންނަނިވި ޙަދީޘުން މި ކަން ވަރަށް ރަނގަޅަށް ސާބިތުވެއެވެ. ޢަދިއްޔު ބުން ޙާތިމުގެ އަރިހުން ރިވާވެގެންވާ ޙަދީޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ. ރަން ޞަލީބެއް އަޅައިގެން އަހުރެން ނަބިއްޔާ ސޢވ އަރިހަށް އައީމެވެ. އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އޭ ޢަދިއްޔުއެވެ! އަޅުކަންކުރުމަށް ބޭނުންކުރެވޭ ތިޔަ ޞަލީބު އެއްލައިލާށެވެ! އެއަށް ފަހު އެކަލޭގެފާނު ކިޔަވައިވިދާޅުވި އާޔަތުގެ މާނާގައި ވެއެވެ.

”މާނައީ: "އެއުރެންގެ ޢިލްމުވެރިންނާއި، ފާދިރީންނަކީ الله ފިޔަވައި އިލާހުންކަމުގައި އެއުރެން ހެދޫއެވެ." ތިމަން ދެންނެވީމެވެ. اللع ރަސޫލާއެވެ! މީސްތަކުންއެބައިމީހުންނަކަށް އަޅުކަމެއް ނުކުރެއެވެ. ރަސޫލުالله ސއވ ޙަދީޘްކުރެއްވިއެވެ. "ރަނގަޅެވެ. އެހެންނަމަވެސް الله سبحانه وتعالى ޙަރާމްކުރައްވައިފައިވާ ކަންތައްތައް އެ މީހުންޙަލާލުކޮށްދެއެވެ. ދެން ފަހެ، މީސްތަކުން ވެސް އެ ކަންކަން ޙަލާލުކަމުގައި ބަލައިގަނެއެވެ.އަދި الله سبحانه وتعالى ޙަލާލު ކުރައްވައިފައިވާ ކަންތައްތައް، އެ މީހުން ޙަރާމްކުރެއެވެ. ދެން ފަހެ، މީސްތަކުން ވެސް އެ ކަންކަން ޙަރާމުކަމުގައި ބަލައިގަނެއެވެ. ފަހެ، އެއީ އެމީހުންނަށް އަޅުކަންކުރުމެވެ."

މިއާއެކު ޚުތުބާގައި މުސްލިމުންނަށް ގޮވާލެއްވީ ޝިރުކުގެ ހުރިހާ ބާވަތަކުން ދުރުހެލިވެ، الله އަށް އިޚްލާޞްތެރިވުމަށެވެ. އަދި ޝިރުކުގެ ނުރައްކާތެރިކަމާމެދު ހޭލުންތެރިވުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ