ކޮޓަރިއަށް ދައުވަތުދީ، ދިއުމުން ކޭޝްކާޑާއި 53،000 ރުފިޔާ ފޭރިގަތް މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އަންހެން މީހާ --- ފޮޓޯ/ ޕޮލިސް
ހަބަރު
06 Sep 2024 | 21:16
ކޮޓަރިއަށް ދައުވަތުދީ، ދިއުމުން ކޭޝްކާޑާއި 53،000 ރުފިޔާ ފޭރިގަތް އަންހެނެއްގެ ވަނަވަރު އާއްމުކޮށްފި

އައި.ޖީ.އެމް.އެޗް ކައިރިން ފިރިހެނަކު ހުއްޓުވާ، އޭނާ ކޮޓަރިއަކަށް ގެންގޮސް ފޭރިގަތުމުގެ މައްސަލައެއްގައި 27 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީ، ސ. މަރަދޫ، ކުންނާރުގެ، އުމުރުން 27 އަހަރުގެ އާއިޝަތު މަލްޖާ މޫސާ ދީދީއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ 26 އޯގަސްޓް 2024 ވަނަ ދުވަހުގެ ރޭ 21:30 ހާއިރުއެވެ.

އެގޮތުން އައި.ޖީ.އެމް.އެޗް ކައިރިން ފިރިހެނަކު ހުއްޓުވާ، އޭނާއަށް ކޮޓަރިއަކަށް ދިއުމަށް ދަޢުވަތު ދިނުމަށްފަހު، މާފަންނު މުރަނގަ މަގުގައި ހުރި ގެސްޓްހައުސްއަކަށް ގެންގޮސް އިތުރު ފިރިހެނަކާ ބައިވެރިވެގެން ދިވެހި ފިރިހެނަކު ރަހީނުކޮށް އޭނާގެ ފޯނާއި ކޭޝް ކާޑު އަތުލާ އޭނާގެ އެކައުންޓުން 53,000 ހާސް ރުފިޔާ ފޭރިގަނެފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

އަދި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރެވުނު 27 އަހަރުގެ ދިވެހި އަންހެނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުކުރުމަށް ގާޒީ ވަނީ އަމުރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

ފުލުހުން މިހާރު ދަނީ މި މައްސަލަ ތަޙުޤީޤުކުރަމުންނެވެ.

ކޮމެންޓް
Ahmed Fayaz
ދެން ކޮބައްޔޯ ތިކަމުގައި ބައިވެރިވި ދިވެހި ފިރިހެން މީހާ؟ އޭނާގެ ފޮޓޯ ނެތީތަ؟
06 Sep 2024
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.