ތޫފާން ޔާގީ ގެ ސެޓަލައިޓް ފޮޓޯ-- ފޮޓޯ: ދަ ސްޓޭންޑާޑް
ދުނިޔެ
07 Sep 2024 | 10:26
ތޫފާން ޔާގީ: އޭޝިއާއަށް މިއަހަރު އައި އެންމެ ބާރުގަދަ ތޫފާން!

އޭޝިއާ އަށް މިއަހަރު އައި އެންމެ ބާރުގަދަ ތޫފާންކަމަށްވާ ޔާގީ ގެ އަސަރު ފިލިޕީންސް އާއި ޗައިނާގެ އިތުރުން ވިއެޓްނާމަށް ވެސް ކުރަން ފަށައިފިއެވެ.

މި ތޫފާން ހުކުރު ދުވަހު ޗައިނާގެ ހައިނާން އަށް އަރާފައިވާއިރު، މިކަމުގެ ސަބަބުން ގަދަ ވައި އަދި ބޯކޮށް ވާރޭވެހި، އެ ސަރަހައްދުން ކަރަންޓު ކެނޑި، ފަތުރުވެރިކަމަށް މަޝްހޫރު ހައިނާންގެ ފަތުރުވެރިކަން ހުއްޓުމަކަށް އައިސް، ގާތްގަނޑަކަށް އެއް މިލިއަން މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައެވެ.

ގަޑިއަކު 234 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހޭ މި ތޫފާނަކީ ކެޓަގަރީ-5 އެޓްލާންޓިކް ހަރިކޭން ބެރިލްއަށް ފަހު މިއަހަރު ދުނިޔޭގައި ދެވަނައަށް އެންމެ ވަރުގަދަ ޓްރޮޕިކަލް ސައިކްލޯންއެވެ. އަދި މިއީ 4 ވަނަ އަހަރު ޕެސިފިކް ސަރަޙައްދަށް އައި އެންމެ ވަރުގަދަ ތޫފާނެވެ.

މިތޫފާނުގެ އަސަރު މިހަފްތާގެ ކުރީކޮޅު ފިލިޕީީންސްގެ އުތުރަށް ކުރުމުގެ ސަބަބުން އެ ސަރަހައްދުން 16 މީހުން މަރުވެފައިވާއިރު، ތޫފާން ޗައިނާގެ ހައިނާން އަށް އެރިއިރު، އޭގެ ބާރު ވަނީ ދެ ގުނައަށް އިތުރުވެފައެވެ.

ޓައިފޫނުގެ ސަބަބުން މިހާރުވެސް ހޮންގ ކޮންގ، މަކާއޯ އަދި ގުއަންގްޑޮންގ ޕްރޮވިންސްގެ ސްކޫލްތަކާއި، ވިޔަފާރިތަކާއި އަދި ދަތުރުފަތުރުގެ ވަސީލަތްތައް ވަނީ ބަންދުކޮށްފައެވެ. އަދި ހަމައެހެންމެ، މި ތޫފާނުގެ އަސަރު މި ހަފްތާގެ ތެރޭގައި ކުރާނެކަމަށް ލަފާކުރެވޭ ވިއެޓްނާމް އަދި ލާއޯސްގެ ވައިގެ ބަނދަރުތައްވެސް ބަންދުކޮށްފައިވާކަން ފާހަގަކޮށލަން ޖެހެއެވެ.

ހުކުރު ދުވަހުގެ ރޭ، ޔާގީ ގުއަންގްޑޮންގްއަށް ދެވަނަ ފަހަރަށް އަރާފައިވާއިރު، މި ވަގުތުވެސް ވައިގެ ބާރުމިން ގަޑިއަކު 200 ކިލޯމީޓަރަށްވުރެ މަތިކަމަށް ނޫސްތަކުން ރިޕޯޓްކުރެއެވެ. 

ޔާގީގެ ސަބަބުން ޗައިނާ އަށް ލިބިފައިވާ ގެއްލުންތައް-- ފޮޓޯ: ޑީޑަބްލިއު

ޔާގީ އަކީ 2014 ގައި ޓައިފޫން ރަމަސޫން ހައިނާން އަށް އެރި ފަހުން، އެ ޕްރޮވިންސްއަށް އެރި އެންމެ ވަރުގަދަ ތޫފާނެވެ. ރަމަސޫން އެރީ ކެޓަގަރީ-5 ގެ ޓްރޮޕިކަލް ސައިކްލޯނެއްގެ ގޮތުގައެވެ. ރަމަސޫންގެ ސަބަބުން ހައިނާން، ގުއަންގްދޯންގް، ގުއަންގްޒީ އަދި ޔުނާންގައި 88 މީހުން މަރުވި އަދި 44 ބިލިއަން ޔުއާން (6.25 ބިލިއަން އެމެރިކާ ޑޮލަރު) އަށްވުރެ ގިނަ އަދަދެއްގެ އިޤްތިޞާދީ ގެއްލުން ލިބުނެވެ.

ފިލިޕީންސްގެ އިރުމަތީގައިވާ ކަނޑުގައި އުފެދި، ރަމަސޫންއާއި ދާދި އެއްގޮތަކަށް ޗައިނާއަށް އައި ޔާގީ އެރީ ކެޓަގަރީ-4 ގެ ޓައިފޫނެއްގެ ގޮތުގައެވެ. އެހެންނަމަވެސް، މިހާތަނަށް ހައިނާންގައި އެއްވެސް މަރެއް ރިޕޯޓުކުރެވިފައެއް ނުވެއެވެ.

ސައިންސްވެރިން ބުނާ ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަނޑުތައް ހޫނުވަމުން ދިއުއުމުގެ ސަބަބުން ތޫފާންތައް އަންނަނީ އިތުރުވަމުންނެވެ. މިގޮތުން، ފާއިތުވި ހަފްތާގައި ތޫފާން ޝަންޝަން ޖަޕާނުގެ ދެކުނު-ހުޅަނގަށް އަރާފައިވާއިރު، މިއީ ވަރަށް ގިނަ އަހަރުތަކަކަށް ފަހު އެ ޤައުމަށް އެރި އެންމެ ބާރުގަދަ ތޫފާނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.
10 Sep 2026
ވަކީލުންގެ ބޮޑު ޓީމަކާއެކު ނާކާމިޔާބު: ކެނެބިސް ޓްރެފިކުކުރުމުގެ ކުށުން ކުށްވެރިވެ އުމުރަށް ޖަލަށް
މި މައްސަލާގައި ޝަރީފްގެ ދިފާއީ ވަކީލުންގެ ގޮތުގައި ހަތަރު ވަކީލުން ހިމެނޭ ގާނޫނީ ޓީމެއް މަސައްކަތް ކުރި އެވެ. އޭގެ ތެރޭގައި މަޝްހޫރު ބައެއް ވަކީލުން ވެސް ހިމެނެ އެވެ.
10 Sep 2026
ހައްޖު ކޯޕަރޭޝަނާއި ސައުދީގެ އަލްރާޖިހީ ކުންފުނި ގުޅިގެން މަސައްކަތް ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފި
ހައްޖު ކޯޕަރޭޝަނުން ބުނީ މި ބައްދަލުވުމުގައި ވަނީ ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.
10 Sep 2026
މިރެއިން ފެށިގެން ބަދަލެއް؛ ބީއެމްއެލުން ކްރޮސް ބޯޑާ ފީ ނެގުން ހުއްޓާލަނީ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް
އދ. މަހިބަދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާއި އޮފީސްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ބޭއްވި "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތް"ގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް ޓީމުން ހޯދައިފިއެވެ.