ސީއައިއޭގެ ވެރިޔާ (ކ) -- ފޮޓޯ: ދާގާޑިއަން
ދުނިޔެ
07 Sep 2024 | 23:16
ރަޝިޔާގެ ނިއުކްލިއަރ އިންޒާރުތަކަށް ބިރުގަންނާކަށް ނުޖެހޭ: ސީއައިއޭގެ ވެރިޔާ

ރަޝިޔާއިން ދެމުންދާ ނިއުކްލިއަރ އިންޒާރުތަކަށް ބިރުގަންނާކަށް ނުޖެހޭ ކަމުގައި ސީއައިއޭގެ ވެރިޔާ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީއައިއޭ) ގެ ވެރިޔާ ބިލް ބާރންސް ވިދާޅުވެފައިވަނީ ހަނގުރާމަ އިތުރަށް ގޯސްވެދާނެކަމުގެ ބިރަށްޓަކައި ރަޝިޔާގެ އިންޒާރުތަކަށް ހުޅަނގުގެ ލީޑަރުން ބިރުގަންނަން ނުޖެހޭނެ ކަމަށެވެ. މި ވާހަކަ އޭނާ ވިދާޅުވެފައިވަނީ އެންގްލޯ-ފްރެންޗް ސްޓޯމް ޝެޑޯ މިސައިލްތައް ރަޝިޔާގެ އެތެރޭގައި ބޭނުންކުރުމާމެދު ބަހުސްކުރެވެމުންދާ ދަނޑިވަޅެއްގައެވެ.

އެމްއައި6ގެ އިސްވެރިންނާއެކު ލަންޑަނަށް ކުރެއްވި ދަތުރުފުޅެއްގައި ބާރންސް ވިދާޅުވީ ރަޝިޔާގެ ރައީސް ވްލަޑިމިރް ޕުޓިންއަކީ "ބުލީއެއް" ކަމަށާއި، އޭނާގެ "ސޭބަރ ރެޓްލިންގ" އަށް އަބަދުވެސް އެހާ ސީރިއަސްކޮށް ނުބަލަންވީ ކަމަށެވެ. 2022 ވަނަ އަހަރުގެ ފަހުކޮޅު ރަޝިޔާއިން ދިން ނިއުކްލިއަރ އިންޒާރަކަށް އެމެރިކާއިން އަހަންމިއްޔަތުކަމެއް ނުދިން ކަމަށް ވެސް ބާރންސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެ ސޭބަރ ރެޓްލިންގއަށް ބިރުގަނެގެން ނުވާނެ... އަޅުގަނޑުމެން އެކަމާމެދު ވިސްނަންޖެހޭ. އެމެރިކާއިން ޔުކްރެއިނަށް ވަރަށް ބޮޑު އެހީތެރިކަމެއް ދީފައިވާނެ، އަދި އިތުރު ގޮތްގޮތުން ވެސް އެހީތެރިވެވޭތޯ ރައީސް ބައްލަވާނެކަމާމެދު އަޅުގަނޑަށް ޔަގީން" 

ކަމަށް ބާރންސް ވިދާޅުވިއެވެ.

ބާރންސް އިތުރަށް ވިދާޅުވެފައިވަނީ 2022 ވަނަ އަހަރުގެ ފަހުކޮޅު ޔުކްރެއިންގެ ހަނގުރާމައިގައި ރަޝިޔާއިން އެކްޓިކަލް ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުމުގެ ނުރައްކާ އޮތް ކަމަށް ސީއައިއޭއިން ގަބޫލުކުރި ކަމަށެވެ. ނަމަވެސް، މިފަދަ އިންޒާރުތަކަށް އެހާ ބޮޑު އަހަންމިއްޔަތުކަމެއް ދޭކަށް ނުޖެހޭ ކަމަށް ބާރންސް ވިދާޅުވިއެވެ.

ރަޝިޔާގެ އިންޓެލިޖެންސް ސަރވިސްގެ ވެރިޔާ ސަރގޭ ނަރިޝްކިންއާ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބައްދަލުކޮށް، އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ފަރާތުން ސީދާ އިންޒާރެއް ދިން ކަމަށް ވެސް ބާރންސް ވިދާޅުވިއެވެ. އޭރު ރަޝިޔާގެ ސިފައިން ޔުކްރެއިންގެ އުތުރާއި ދެކުނުން ފަހަތަށް ޖެހެމުންދިޔައެވެ.

މި ވަގުތު، ސްޓޯމް ޝެޑޯ ފަދަ ދުރަށް ދަތުރުކުރާ މިސައިލްތައް ރަޝިޔާގެ އެތެރޭގައި ބޭނުންކުރުމުގެ ހުއްދަ ދިނުމާމެދު ވޮޝިންގްޓަން އަދި އެހެނިހެން ހުޅަނގުގެ ވެރިރަށްތަކުގައި ޚިޔާލުތަފާތުވުން އޮތް ކަމަށް ބާރންސް ވިދާޅުވިއެވެ. މިއީ ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ތަކުރާރުކޮށް އެދެމުންދާ ކަމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.