ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ އިސްވެރިޔާ މުޙައްމަދު ޔޫނުސް-- ފޮޓޯ: އެންބީސީ
ދުނިޔެ
08 Sep 2024 | 11:03
ހަސީނާ ހިމޭނުން ހުންނެވުމަށް ދެންނެވުމަށް ބަންގުލަދޭޝް ސަރުކާރުން އިންޑިއާއަށް އަންގައިފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ހިމޭނުން ހުންނެވުމަށް ދެންނެވުމަށް ބަންގުލަދޭޝްގެ އިންތިގާލީ ސަރުކާރުން އިންޑިއާއަށް އަންގައިފިއެވެ.

ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ އިސްވެރިޔާ މުޙައްމަދު ޔޫނުސް ވިދާޅުވީ، ހަސީނާ އިންޑިޔާގައި ހުންނަވައިގެން ސިޔާސީ ވާހަކަތައް ދެއްކެވުމަކީ ދެގައުމުގެ ރަހްމަތްތެރިކަމާއި ދެކޮޅު ވާހަކަތަކެއް ކަމަށާއި، ދެގައުމަށް ދަތިވިޔަ ނުދިނުމަށްޓަކައި، ބަންގްލަދޭޝް އަށް ހަސީނާ އެނބުރިވަޑައިގަންނަވަންދެން ހިމޭނުން ހުންނަވަން ޖެހޭނެ ކަމަށެވެ.

މިގޮތުން ޔޫނުސް ވިދާޅުވީ، ބަންގްލަދޭޝް ސަރުކާރުން ހަސީނާ ގައުމަށް އަނބުރާ ގެންނަން އެދެންދެން އިންޑިޔާއިން އޭނާ ބަހައްޓަން ބޭނުންވާނަމަ، ހަސީނާ ހިމޭނުން ބެހެއްޓެވުމަށް ޝަރުތު ކުރައްވާ ކަމަށެވެ.

މީގެ އިތުރުންވެސް ޔޫނުސް ވިދާޅުވީ، ބަންގްލަދޭޝްއިން އިންޑިޔާއާއެކު ވަރުގަދަ ގުޅުމެއް ބޭއްވުމަށް އަހައްމިއްޔަތުކަން ދޭ ނަމަވެސް، އިންޑިއާއިން އަވާމީ ލީގު ފިޔަވައި އެހެން ކޮންމެ ސިޔާސީ ޕާޓީއަކީވެސް އިސްލާމީ ޕާޓީއެއްގެ ގޮތުގައި ސިފަކޮށް، ޝެއިޚް ހަސީނާ ވެރިކަން ނުކުރާނަމަ އެ ގައުމު އަފްޣާނިސްތާނަކަށް ބަދަލުވެދާނެ ކަމަށް ވިސްނާ ވިސްނުން ބަދަލު ކުރަން ޖެހޭ ކަމަށެވެ.

ހަސީނާގެ ވެރިކަމާއި ދެކޮޅަށް ބަންގްލަދޭޝްގައި ކުރިއަށް ދިޔަ ވަރުގަދަ ހަޅުތާލަށް ފަހު، ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވައި، ހަސީނާ ވަނީ ގައުމު ދޫކުރައްވައި، އިންޑިއާއަށް ވަޑައިގެންފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.
10 Sep 2026
ވަކީލުންގެ ބޮޑު ޓީމަކާއެކު ނާކާމިޔާބު: ކެނެބިސް ޓްރެފިކުކުރުމުގެ ކުށުން ކުށްވެރިވެ އުމުރަށް ޖަލަށް
މި މައްސަލާގައި ޝަރީފްގެ ދިފާއީ ވަކީލުންގެ ގޮތުގައި ހަތަރު ވަކީލުން ހިމެނޭ ގާނޫނީ ޓީމެއް މަސައްކަތް ކުރި އެވެ. އޭގެ ތެރޭގައި މަޝްހޫރު ބައެއް ވަކީލުން ވެސް ހިމެނެ އެވެ.
10 Sep 2026
ހައްޖު ކޯޕަރޭޝަނާއި ސައުދީގެ އަލްރާޖިހީ ކުންފުނި ގުޅިގެން މަސައްކަތް ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފި
ހައްޖު ކޯޕަރޭޝަނުން ބުނީ މި ބައްދަލުވުމުގައި ވަނީ ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.
10 Sep 2026
މިރެއިން ފެށިގެން ބަދަލެއް؛ ބީއެމްއެލުން ކްރޮސް ބޯޑާ ފީ ނެގުން ހުއްޓާލަނީ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް
އދ. މަހިބަދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާއި އޮފީސްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ބޭއްވި "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތް"ގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް ޓީމުން ހޯދައިފިއެވެ.