އިސްމާޢީލް ހަނިއްޔާ-- ފޮޓޯ: ރޮއިޓާސް
ދުނިޔެ
08 Sep 2024 | 13:11
ހަނިއްޔާއާ ދެކޮޅަށް އުފުލާފައިވާ ދަޢުވާތައް އައިސީސީން ބޭރުކޮށްލައިފި

މިއަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހު އީރާނުގައި ހުންނަވަނިކޮށް، ޔަހޫދީން ހަމަލާދީ އަވަހާރަކޮށްލި ހަމާސްގެ ކުރީގެ ސިޔާސީ ލީޑަރު އިސްމާޢީލް ހަނިއްޔާއާ ދެކޮޅަށް އުފުލާފައިވާ މައްސަލަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ބޭރުކޮށްލައިފިއެވެ. 

ހަނިއްޔާއާއި ހަމާސްގެ އެހެން އިސް  އޮފިޝަލުންނާއި، އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އަދި ދިފާޢީ ވަޒީރު ޔޯވް ގަލަންޓްގެ ހައްޔަރުކުރުމަށް ކޯޓުގައި އެދިފައިވަނީ އައި.ސީ.ސީގެ ޕްރޮސެކިއުޓަރ ކަރީމް ޚާންއެވެ.

އެހެެންނަމަވެސް، އައި.ސީ.ސީން ނެރުނު ބަޔާނެއްގައި ބުނީ، ހަނިއްޔާގެ އަވަހާރަވުމުގެ ސަބަބުންހަނިއްޔާއާ ދެކޮޅަށް ހުށަހަޅާފައިވާ ދައުވާތައް ޕްރޮސެކިއުޓަރ ޚާން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

އައި.ސީ.ސީން މިފަދައިން އިއުލާނު ކުރި ނަމަވެސް، ޣައްޒާގެ މުސްލިމުންނާއި ދެކޮޅަށް ލާއިންސާނީ އުދުވާންތައް ހިންގަމުންދާ ނެތަންޔާހޫ އަދި ގަލަންޓް ހައްޔަރުކުރުމަށް ޕްރޮސެކިއުޓަރ ޚާން ހުށަހަޅާފައިވާ އެޕްލިކޭޝަން އެ ކޯޓުން ދަނީ ދިރާސާކުރަމުންނެވެ.

އަނިޔާވެރިކަން ހައްދުފަހަނަ އަޅާފައިވާ ނަތަންޔާހޫ އާއި ގަލަންޓްގެ މައްޗަށް އައި.ސީ.ސީން ވަނީ ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ދެކޮޅު ކުށްތައް ކުރި ކަމަށާއި، މީގެ ތެރޭގައި އާންމު ރައްޔިތުން ބަނޑަށް ޖެއްސުން، ލޭއޮހޮރުވުން އަދި ގަސްތުގައި އާންމު ރައްޔިތުންނަށް ހަމަލާ ދިނުން ހިމެނޭ ކަމަށް ހާމަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.
10 Sep 2026
ވަކީލުންގެ ބޮޑު ޓީމަކާއެކު ނާކާމިޔާބު: ކެނެބިސް ޓްރެފިކުކުރުމުގެ ކުށުން ކުށްވެރިވެ އުމުރަށް ޖަލަށް
މި މައްސަލާގައި ޝަރީފްގެ ދިފާއީ ވަކީލުންގެ ގޮތުގައި ހަތަރު ވަކީލުން ހިމެނޭ ގާނޫނީ ޓީމެއް މަސައްކަތް ކުރި އެވެ. އޭގެ ތެރޭގައި މަޝްހޫރު ބައެއް ވަކީލުން ވެސް ހިމެނެ އެވެ.
10 Sep 2026
ހައްޖު ކޯޕަރޭޝަނާއި ސައުދީގެ އަލްރާޖިހީ ކުންފުނި ގުޅިގެން މަސައްކަތް ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފި
ހައްޖު ކޯޕަރޭޝަނުން ބުނީ މި ބައްދަލުވުމުގައި ވަނީ ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.
10 Sep 2026
މިރެއިން ފެށިގެން ބަދަލެއް؛ ބީއެމްއެލުން ކްރޮސް ބޯޑާ ފީ ނެގުން ހުއްޓާލަނީ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް
އދ. މަހިބަދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާއި އޮފީސްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ބޭއްވި "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތް"ގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް ޓީމުން ހޯދައިފިއެވެ.