ރޮބޯމޭން ފިލްމް ޕޯސްޓަރު..
ހަބަރު
09 Sep 2024 | 07:50
ރޮބޯމޭން ޕްރިމިއާ ޑޭއަށް ބާރުބޮޑުވެއްޖެ. އެންމެފަހުން ދެ ޝޯ ބާއްވަނީ

ދިވެހި ސިނަމާއަށް އަންނަން ހުރި ފިލްމުތަކުގެ ތެރެއިން މިހާރު ބެލުންތެރިން އިންތިޒާރުކުރަމުންދާ އެއް ފިލްމަކީ، "ރޮބޯމޭން – ދަ މޫވީ" އެވެ. ސިނަމާއަށް އަންނަ އެހެން ފިލްމުތަކާ ހިލާފަށް މި ފިލްމަކީ ކުދި ބޮޑު އެންމެނަށްވެސް ހާއްސަ ފިލްމެކެވެ. ރޮބޯމޭން އަކީ މިހާރު ދިވެހިންގެ ތެރޭގައި ވަރަށް ހާއްސަ ލޯތްބެއް ދެވިފައިވާ ކެރެކްޓާއެކެވެ. ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންގެ މެދުގައިވެސް ރޮބޯމޭން ކެރެކްޓާއަށް އޮންނަ ތާއީދު ހަމަ ވަރަށް ބޮޑެވެ.

"ރޮބޯމޭން – ދަ މޫވީ" މި ފިލްމު ވެގެންދާނީ އާއިލާގެ އެންމެން އެއްތަނަކު ތިބެގެން ބަލާލެވޭނެ ފިލްމަކަށެވެ. މި ފިލްމު ހާއްސަ ވެގެންދާ އެއް ސަބަބަކީވެސް މިއެވެ. ކުދިވެރިންނާއެކު އެއްތަނަކު ތިބެ، ބަލާލަންކެރޭފަދަ ދިވެހި ފިލްމެއް މިފަހުން ދިވެހި ސިނަމާއަށް އައިދުވަސް ހަނދާނެއް ނެތެވެ.

"ރޮބޯމޭން – ދަ މޫވީ" މި ފިލްމުގެ ޓިކެޓް ވިއްކަން ފަށާފައިވާއިރު، ފިލްމް ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ، މިހިނގާ ސެޕްޓޭމްބަރުމަހުގެ 26 ވަނަ ދުވަހުއެވެ. ރޯބޯ މޭން ދަ މޫވީ ޕްރިމިއާ ކުރާ ދުވަހަށް ބެލުންތެރިންގެ ޑިމާންޑް ބޮޑުވުމާއެކު، އެންމެފަހުން މި ފިލްމު ޕްރޮޑަކްޝަން ޓީމުން މިހާރު ވަނީ ޕްރިމިއާ ޑޭގައި ދެ ޝޯ ބޭއްވުމަށް ނިންމާފައެވެ.

ރޮބޯމޭން ދަ މޫވީ، ޕްރިމިއާ ޑޭގެ ފުރަތަމަ ޝޯ ބޭއްވުމަށް ތާވަލުކޮށްފައިވަނީ، ސްކޫލްތަކުގެ މިޑްޓާމް ބަންދާ ދިމާކޮށް މިމަހުގެ 26 ވަނަ ދުވަހުގެ 14:00 އަދި 16:00 ގައެވެ. ރޮބޯމޭން ޕްރިމިއާ ކުރާ ދުވަހުން ފެށިގެން ޖެހިގެން އަންނަ އޮކްޓޯބަރުމަހުގެ 5 ވަނަ ދުވަހާ ހަމަޔަށް ކޮންމެ ދުވަހަކު ދެ ޝޯ ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.

ރޮބޯމޭން..

"ރޮބޯމޭން – ދަ މޫވީ"  އުފައްދައި ޕްރޮޑިއުސްކުރަނީ، މުހައްމަދު މުންތަސީރް (މުންކޮ)ގެ އޯކޭޒްއިންކުންނެވެ. ޑައިރެކްޓަރަކީ އިބްރާހިމް ވިސާމް (ކަނޑި)  އެވެ. މި ފިލްމުގެ ސްކްރިޕްޓް ލިޔުނީ، މަހުދީ އިމާދެވެ.

"ރޮބޯމޭން – ދަ މޫވީ"  ވެގެންދާނީ މިހާތަނަށް އެންމެގިނަ ކުޑަކުދިންގެ ބައިވެރިވުމާއެކު ހެދި ފިލްމަށެވެ. މި ފިލްމު ގެނެސްދީފައިވަނީ  "ދަ ރޮބޯ ޖޫނިއާ ޗެލެންޖު" ކުޑަކުދިންގެ ޑާންސް މުބާރާތެއްގެ ތެރެއިން ކުރިމަތިވާ އެކި ކަހަލަ ކަންތައްތަކެވެ.

މި ފިލްމުގެ ކާސްޓިންގައި 60 ހަށްވުރެ ގިނަ ކުޑަކުދިން އެކި ބައިތަކުން ފެނިގެންދާއިރު، އެކުދިން ނަގާފައިވަނީ 100 އަށްވުރެ ގިނަ ކުދިން ބައިވެރިވި  އޮޑިޝަނުގެ ތެރެއިންނެވެ.

"ރޮބޯމޭން – ދަ މޫވީ" ގެ މެއިން ކާސްޓުންގެ ގޮތުގައި ފެނިގެންދާނީ، އަމީލިއާ ނަސްރުﷲ އާއި މިޝާ އިސްމާއިލެވެ. ފިލްމުގައި ރޮބޯމޭން ފެނިގެންދާނީ ހަމަ އެ ކެރެކްޓާގެ ގޮތުގައެވެ. ރޮބޯމޭންގެ ޓްރެއިލާ މިހާރު ދައްކާލާފައިވާއިރު، ޓްރެއިލާވެސް އެހާމެ ޝައުގުވެރިއެވެ.

ރޮބޯމޭން ޓްރެއިލާ...

ރޮބޯމޭންއަކީ މިހާރު ކުޑަކުދިންގެ އިތުރުން އެކި އުމުރުފުރާގެ މީހުންގެ މެދުގައި ވަރަށްބޮޑު މަޤްބޫލުކަމެއް ލިބިފައިވާ ކެރެކްޓާއެކެވެ. ހާއްސަ ކޮސްޓިއުމާކާއެކު މޫނުގައި އަޅިކުލައިގެ މާސްކެއް އަޅާފައި ހުންނަ ރޮބޯމޭން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޝޯތައް ދެމުން އަންނައިރު، ރޮބޯމޭންގެ ކެރެކްޓާ ވަނީ ރާއްޖޭގެ އަސްދަނޑިން ބޭރަށް ޔޫރަޕްގެ ޤައުމުތަކުގައިވެސް ޝޯތައް ދީފައެވެ.

ރޮބޯމޭންއަކީ ދިވެއްސަކު އޭނާގެ އަމިއްލަ ހިޔާލަށް ބިނާކޮށް އުފައްދާފައިވާ ކެރެކްޓާއެކެވެ. ހުނަރުވެރި ފަންނުވެރި، މަސައްކަތްތެރި ޒުވާނުން ޤައުމީ ތަރައްޤީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީއެއް ހޯދާފައިވާތީވެ، ރޮބޯމޭންގެ ކެރެކްޓާއަށް ވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމުވެސް ހާސިލްކޮށްފައެވެ. މިއީ ދިވެއްސަކު އީޖާދުކުރި މިފަދަ ކެރެކްޓާއެއް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމް ހާސިލްކުރި ފުރަތަމަ ފަހަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.