ފްރާންސްގައި ކުރިއަށްދާ މުޒާހަރާ-- ފޮޓޯ: ރޮއިޓާސް
ދުނިޔެ
09 Sep 2024 | 10:28
އައު ބޮޑުވަޒީރު ބާނިއޭ އާއި ދެކޮޅަށް ފްރާންސްގައި ވަރުގަދަ މުޒާހަރާތަކެއް!

ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން، ސެންޓަރ-ރައިޓް މިޝެލް ބާނިއޭ ބޮޑުވަޒީރުކަމަށް ޢައްޔަންކުރުމާއި ގުޅިގެން އެކަމާއި ދެކޮަޅަށް ފްރާންސްގެ އާއްމުން އިހުތިޖާޖު ކުރަން ފަށައިފިއެވެ.

އެގައުމުގެ އިންޓީރިއާ މިނިސްޓްރީން ބުނެފައިވާ ގޮތުގައި 110،000 އަށް ވުރެ ގިނަ މީހުން މީހުން މަގުތަކަށް ނުކުތްކަމަށާއި، މީގެ ތެރެއިން 26،000 މީހުން ހަމައެކަނި ވެރިރަށް ޕެރިސްގައި ވެސް އިހުތިޖާޖު ކޮށްފައިވާ ކަމަށެވެ.

ހަމައެއާއިއެކު، އެގައުމުގެ ހުޅަނގުގައިވާ ނާންޓްސް، ދެކުނުގައިވާ ނީސް އަދި މާސޭ އަދި އިރުމަތީގައިވާ ސްޓްރާސްބޯގްގައިވެސް މުޒާހަރާތައް ކުރިއަށްދިޔައެވެ.

މެކްރޯން 73 އަހަރުގެ ބާނިއޭ ބޮޑުވަޒީރުކަމަށް ޢައްޔަންކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ބާނިއޭ އަކީ ކޮންސަވޭޓިވް އަދި ޔޫރަޕިއަން ޔޫނިއަންގެ ކުރީގެ ބްރެގްޒިޓް މަޝްވަރާކުރި މީހެކެވެ. 

ޖުލައި މަހު ނެގި ވޯޓުގައި އެންމެ ގިނައިން ވޯޓް ލިބުނު ނިއު ޕޮޕިއުލަރ ފްރަންޓް (އެންއެފްޕީ) އިއްތިހާދުގެ ކެންޑިޑޭޓު ޢައްޔަންކުރުމަށް މެކްރޯން އިންކާރުކުރުމާއި ގުޅިގެން ލެފްޓް ފްރާންސް އަންބައުންޑް (އެލްއެފްއައި) ޕާޓީގެ އިސްނެގުމުގެ ދަށުން އިދިކޮޅުން ވަނީ މެކްރޯން އިންތިޚާބަށް ނުފޫޒު ފޯރުވިކަމަށް ތުހުމަތުކޮށްފައެވެ.

މިއާއިއެކު، ގިނަ ބަޔަކު އަންނަނީ މެކްރޯންގެ އިސްތިއުފާ އަށް ގޮވާލަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.
10 Sep 2026
ވަކީލުންގެ ބޮޑު ޓީމަކާއެކު ނާކާމިޔާބު: ކެނެބިސް ޓްރެފިކުކުރުމުގެ ކުށުން ކުށްވެރިވެ އުމުރަށް ޖަލަށް
މި މައްސަލާގައި ޝަރީފްގެ ދިފާއީ ވަކީލުންގެ ގޮތުގައި ހަތަރު ވަކީލުން ހިމެނޭ ގާނޫނީ ޓީމެއް މަސައްކަތް ކުރި އެވެ. އޭގެ ތެރޭގައި މަޝްހޫރު ބައެއް ވަކީލުން ވެސް ހިމެނެ އެވެ.
10 Sep 2026
ހައްޖު ކޯޕަރޭޝަނާއި ސައުދީގެ އަލްރާޖިހީ ކުންފުނި ގުޅިގެން މަސައްކަތް ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފި
ހައްޖު ކޯޕަރޭޝަނުން ބުނީ މި ބައްދަލުވުމުގައި ވަނީ ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.
10 Sep 2026
މިރެއިން ފެށިގެން ބަދަލެއް؛ ބީއެމްއެލުން ކްރޮސް ބޯޑާ ފީ ނެގުން ހުއްޓާލަނީ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް
އދ. މަހިބަދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާއި އޮފީސްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ބޭއްވި "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތް"ގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް ޓީމުން ހޯދައިފިއެވެ.