ބަންކަރިންގެ ހިދުމަތަށް ރާއްޖެއަށް ގެނައި ބޯޓު--
ހަބަރު
09 Sep 2024 | 15:58
ބަންކަރިންގެ ޚިދުމަތް ފެށުމަށް ގެނައި ފުރަތަމަ ބޯޓު ކުޅުދުއްފުށި ސިޓީ ކައިރީ ބަނދަރުކޮށްފި

ރާއްޖޭގެ އެންމެ އުތުރުގައިވާ އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށުމަށް ގެނައި ފުރަތަމަ ބޯޓު ކުޅުދުއްފުށި ސިޓީ ކައިރީ ބަނދަރުކޮށްފިއެވެ.

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އިން ގެނައި މި ބޯޓު މިހާރު ކުޅުދުއްފުށި ސިޓީގައި ބަނދަރުކޮށްފައިވާއިރު، ދެވަނަ ބޯޓުވެސް ރާއްޖެއަށް ވަރަށް އަވަހަށް އަންނާނެ ކަމަށް އެސްޓީއޯ އިން މައުލޫމާތުދެއެވެ. ބަންކަރިންގެ ޚިދުމަތް ފެށުމަށް ރާއްޖެއަށް  4000 ޓަނުގެ ތެޔޮ އުފުލޭ 2 އުޅަނދު ގެނައުމަށްވަނީ ހަމަޖެހިފައެވެ.

އިހަވަންދިއްޕޮޅު ނުވަތަ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި ބައިނަލްއަޤްވާމީ ބަންކަރިންގ ފެސިލިޓީއެއް ޤާއިމުކުރުމަށް އެސްޓީއޯ އިން ނެދަލޭންޑްސްގެ "ވިޓޯލް" ކުންފުންޏާއެކު ސޮއި ކުރީ މިދިޔަ މާޗު މަހުއެވެ. 

މިކަމާއި ގުޅޭގޮތުން މީގެ ކުރިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުޙައްމަދު ވަޖީހު ވިދާޅުވި ގޮތުގައި، މި ޚިދުމަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ދަނީ ފުރިހަމަ ކުރަމުންނެވެ.

ހަމައެއާއިއެކު، ޗައިނާ އާއި ރާއްޖެއާއި ދެމެދު ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށްޓަކައި ބޭއްވި "މޯލްޑިވްސް – ސިޗުއާން ޓްރޭޑު އެންޑު އިންވެސްޓުމަންޓު ކޯރޕަރޭޝަން ކޮންފަރެންސް" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިގުތިސާދީ ތަރައްގީ އާއި ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ، މި އަހަރު ބަންކަރިންގެ ހިދުމަތް ފެށުމުން، އަންނަ އަހަރުގެ ޖުލައި މަސް ފެށެންވާއިރަށް ރާއްޖޭގެ ޖީޑީޕީގެ ގޮތުގައި މިހާރު އޮތް 6.5 ބިލިއަން ޑޮލަރުގެ ތެރެއަށް 400 މިލިއަން ޑޮލަރު އިތުރުވާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް