ހެންވޭރު ދޫހިމެރިގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން... ފޮޓޯ/ވޮއިސް
ހަބަރު
09 Sep 2024 | 16:05
ގާމަގު ކެފޭގައި ހިނގި އަލިފާނުގެ ހާދިސާ: އިމާރާތްވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައި

ސޯސަންމަގުކޮޅުގައި ހުންނަ ހެންވޭރު ދޫހިމެރިގޭ ތިރީބައިގަ ހުންނަ ހޮޓަލުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި އެ އިމާރާތް ބޭނުން ނުކުރެވޭވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް (އެމްއެންޑީއެފް) އިން ބުނީ މި ހާދިސާގެ މައުލޫމާތު އެފަރާތަށް ލިބިފައިވަނީ 14:47 ހާއިރުކަމަށެވެ. އަލިފާނުގެ ހާދިސާ ހިނގިކަމުގެ ރިޕޯޓް ލިބުމާއެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އެސަރަހައްދަށްގޮސް އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ފެށިކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާ އާ ގުޅޭގޮތުން އެތަނުގައި ހަރަކާތްތެރިވި ވޮއިސްގެ ރިޕޯޓަރު ބުނެފައިވަނީ ކެފޭގައި އަލިފާންގަނޑު ރޯވިތާ މާ ގިނައިރުތަކެއް ނުވެ މުޅި އިމާރާތުގައި އަލިފާން ހިފިކަމަށެވެ. އަލިފާންގަނޑު ރޯވެ ބޮޑަށް ހުޅުގަނޑު ފަޅައިގެން ގޮސްފައިވަނީ ގޭސްފުޅީގައި ރޯވި ހިސާބުންކަމަށްވެސް ރިޕޯޓަރު ބުންޏެވެ. 

 ހެންވޭރު ދޫހިމެރިގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން... ފޮޓޯ/ ވޮއިސް

ހާދިސާ ހިނގުމާއެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރޯވެފައިވާ އިމާރާތާ ޖެހިގެންހުރި ގޭތަކުން ވަނީ މީހުން ހުސްކޮށްފައެވެ.

އަލިފާންގަނޑު ކޮންޓްރޯލްވިއިރު، ކެފޭހުރި އިމާރާތުގެ އިތުރުން ޖެހިގެންހުރި އިމާރާތުގައިވެސް އަލިފާންގަނޑު ހިފިއެވެ. މިހާދިސާގައި ކެފޭގައި ހުރި ހުރިހާ އެއްޗެއް އަނދާފައިވާއިރު، މުޅި އެ އިމާރާތްވަނީ އަލުން ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ.

މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން ދެ މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެއެވެ. އޭގެ ތެރެއިން އެކަކީ ދިވެހި އަންހެނެކެވެ. އަނެއްމީހާއަކީ ބިދޭސީ ފިރިހެނެކެވެ. ދުމުގެ އަސަރު ކުރިއިރު ދެމީހުންވެސް ތިބީ މަގުމަތީގައެވެ.

ނެޝަނަލް ޑިޒާސްޓާ އޮފީހުން ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން 56 މީހަކަށް ރައްކާތެރިކަން ފޯރުކޮށްދޭން ޖެހުނު ކަމަށެވެ. މިހާދިސާގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބުނުކަމެއް އަދި ނޭނގެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.