ފޯނު ތަކެއް ސްޓޯރ ގައި
ލައިފްސްޓައިލް
10 Sep 2024 | 08:17
ކޮންމެ އައު މޮޑެލްއަކާއެކު ފޯނު އައު ކުރުން؛ ލިބޭ ފައިދާއަށް ވުރެ ގިނައީ ގެއްލުން!

ރެއަކީ އަނެއްކާވެސް ވަރަށް ގިނަ ބަޔަކު ކުރަމުން އައި އިންތިޒާރަކަށް ނިމުން އައި ރެއެކެވެ. ޚާއްސަކޮށް އައިފޯނަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް ޚާއްސަ ރެއެކެވެ. ސަބަބެއްވެސް ނެތިއެއް ނޫނެވެ. އައިފޯންގެ އައު ސީރީސް، އައިފޯން 16 އާއި 16 ޕްރޯ ލޯންޗު ކޮށް، ހޯމަ ދުވަހުން ފެށިގެން ޕްރީ އޯޑަރ އަށް ހުޅުވާލާނެކަން އިއުލާން ކުރީ ރޭގައެވެ.

އެއާއެކު ބައެއްް ”އައިފޯން ލަވާސް“ މިހާރު ކެތްމަދުވެފައި އެވަނީ ފޯނު އައުކޮށްލުމަށެވެ. އަތުގައި އޮތް ފޯނުގައި މައްސަލައެއް ނެތް ނަމަވެސް ” ލޭޓެސްޓް ޓްރެންޑް ފޮލޯ“ ކުރުމަށެވެ.

އައިފޯނާއި އެންމެ ވާދަވެރި ސަމްސަންގ ފޭނުންވެސް އެ ބްރޭންޑްގެ އައު މޮޑެލްއެއް ނުކުތުމުން މިފަދައިން އުޅޭތަން ފެނެއެވެ. އެހެން ނަމަވެސް، މާގިނައިން ފޯނު ބަދަލުކުރުމަކީ އެއިން ލިބޭ ފައިދާ ތަކަށްވުރެ ގެއްލުން ގިނަ ކަމެކެވެ. މިއީ ވިސްނަންޖެހޭ ބައެއް ނުކުތާތަކެވެ.

ފޯނު އައު ކުރުމުގެ ފައިދާ

1. އެންމެ ފަހުގެ ޓެކްނޮލޮޖީއަށް އެކްސެސްވުން: ގިނައިން އަޕްގްރޭޑް ކުރުމުން އަބަދުވެސް އެންމެ ފަހުގެ ފީޗާސްތަކާއި، ރަނގަޅު ޕާފޯމަންސާއި، ސެކިއުރިޓީ ރަނގަޅުވެއެވެ.

2. އެންހަންސްޑް ޔޫޒަރ އެކްސްޕީރިއަންސް: ގިނަ ފަހަރަށް އައު މޮޑެލްތަކުގައި ރަނގަޅު ކެމެރާތަކާއި، އަވަސް ޕްރޮސެސަރތަކާއި، އަދި މާ ވަރުގަދަ ސޮފްޓްވެއަރތަކެއް އެކުލެވިގެންވާއިރު، މިއީ ޖުމްލަ ތަޖުރިބާ އިތުރުކޮށްދޭ އެއްޗެކެވެ.

ލިބޭ ގެއްލުންތައް

1. މާލީ ހަރަދު: ނުކުންނަ ކޮންމެ އައު މޮޑެލްއަކާއި އެކު ފޯނު އައު ކުރުމަކީ އަތުން ބޮޑު ޚަރަދެއް ދާނެ ކަމެކެވެ. ޚާއްސަކޮށް، ދިރިއުޅުމުގެ ޚަރަދުތައް މިހާ ބޮޑުވެފައިވާ ދުވަސްވަރެއްގައި އެއީ ބުއްދިވެރި މާލީ ނިންމުމަކަށް ނުވާނެކަން ޔަގީނެވެ.

2. ތިމާވެށްޓަށް ކުރާ އަސަރު: އިލެކްޓްރޯނިކް ކުނި އުކާލުމަކީ ތިމާވެށްޓަށް ދިމާވާ މުހިންމު މައްސަލައެކެވެ. އެގޮތުން، ފޯނު އުފައްދަން ބޭނުން ކުރާ ބައެއް ތަކެތި ނައްތާލަން ދުވަސް ނަގާއިރު އެއިން ތިމާވެއްޓަށް ވަރަށް ނުރައްކާވެއެވެ. 

3. ޑޭޓާ ޓްރާންސްފާރ ހެސްލްސް: ޑޭޓާ، އެޕްސް، އަދި ސެޓިންގސް، އައު ފޯނަކަށް ބަދަލުކުރުމަކީ ވަގުތު ނަގާ އަދި ބައެއް ފަހަރު މައްސަލަތަކެއް ކުރިމަތިވާ ކަމެކެވެ.

4. އެޓޭޗްމަންޓް އެންޑް ފެމިލިއަރިޓީ: އާ ޑިވައިސްއަކަށް ހޭނިގެން ދިއުމަށް ވަގުތު ނަގާއިރު، ގިނަގިނައިން ފޯނު ބަދަލު ގެނައުމަކީ ތިމާގެ ރޫޓިންއަށް ބުރޫއަރާނެ ކަމެކެވެ.

5. ދީނީ ނަޒަރަކުން: އިސްލާމްދީނަކީ މެދުމިނަށް ހިތްވަރުދީ އިސްރާފުނުކުރުމަށް ހިތްވަރުދޭ އިސްލާމް ދީނެކެވެ. ފޯނުގައި މައްސަލައެއް ނުޖެހި، އެންމެ ރަަނގަޅު އިރު ބަދަލުކުރުމަކީ އިސްރާފެކެވެ.

ބައެއް އިރުޝާދުތައް:

- އިވެލުއޭޓް ނީޑްސް ވްސް ވޮންޓްސް: އާ ފީޗާސްތަކަކީ ތިމާއަށް ކޮންމެހެން ބޭނުންތެރި ފީޗާސްތަކެއްތޯ ނުވަތަ މިހާރު ބޭނުންކުރާ ފޯނު އަދިވެސް ތިމާގެ ބޭނުންތަކަށް ފުދޭތޯ ވަޒަންކުރުން.

- ބަދަލު ގޮތްތަކަށް ވިސްނާށެވެ: ބައެއް ފަހަރު، ސޮފްޓްވެއާ އަޕްޑޭޓެއް ނުވަތަ އާ އެކްސެސަރީއަކުން މިހާރު ބޭނުންކުރާ ފޯނަށް ’އައުކަން‘ ލިބިދާނެ އެވެ.

- ބައު ފޯނު ރަނގަޅު ގޮތުގައި ނައްތާލުން: އަޕްގްރޭޑް ކުރަން ނިންމިނަމަ، ބައު ފޯނު ވިއްކާލައިގެން ނުވަތަ ހަދިޔާކޮށްގެން ޒިންމާދާރުކަމާއެކު އެކަން ނިންމަންވާނެއެވެ.

އެންމެ ފަހުގެ ޓެކްނޮލޮޖީ ލިބުމުން ފައިދާތަކެއް ހުރި ނަމަވެސް، މިކަންކަން މާލީ، ތިމާވެށީގެ، އަދި ދީނީ ގޮތުން ކުރާނެ އަސަރުތަކާ އަޅާބަލާއިރު ބަރުދަން ކުރުން މުހިންމެވެ. މެދުމިނާއި ވިސްނުންތެރިކަމާއެކު ބޭނުންކުރުމަކީ ވިސްނަންޖެހޭ މުހިންމު އުސޫލުތަކެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.