ވަޒީރު އިބްރާޙީމް ފައިޞަލް އާއި ކުރީގެ ރައީސް އަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް: ފޮޓޯ/ ވޮއިސް
ހަބަރު
10 Sep 2024 | 09:27
ރައީސް، ޔާމީން ފައިޞަލަށް: 2013 ވަނަ އިންތިޚާބުގައި އަބްދުއްރަޙީމް ހުންނެވީ ޤާސިމާއެކު!

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުالله ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާޙީމާއެކު ކަމަށް އެ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް އަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. 

ދާދިފަހުން ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާޙީމް ފައިޞަލް އޮންލައިން ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ވަނީ 2013 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް، ބޭއްވުނު ޕީޕީއެމްގެ ޕްރައިމަރީގައި، އުމަރު ނަސީރުގެ މައްޗަށް ޔާމީނަށް ކުރި ހޯދުނީ އެބްދުއްރަޙީމްގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޔާމީން އަށް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދެއްވީވެސް އަބްދުއްރަހީމް ކަމަށް ފައިޞަލް ވިދާޅުވިއެވެ. 

ރޭ ބޭއްވި ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި، އެވާހަކަ ތަކަށް ރައްދު ދެއްވަމުން، ޔާމީން ވިދާޅުވީ، 2013 ވަނަ އަހަރުގެ އިންތިޚާބުގައި އަބްދުއްރަޙީމް ހުންނެވީ ޔާމީނާއެކު ނޫން ކަމަށެވެ. 

"އަބްދުއްރަހީމް ހުންނެވީ ރައީސް ޔާމީނާއެކީއެއް ނޫން. އަބްދުއްރަހީމް ހުންނެވީ ގާސިމާއެކީ، " ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކުރީ ބުރުގައި ވަރަށް ބޮޑު ތަފާތަކުން ރައީސް ނަޝީދު ކުރީގައި އޮންނެވި ކަމަށާ، ދެވަނާގައި 63،000 އެއްހާ ވޯޓުން ޔާމީން އޮތް އިރު، ތިންވަނާގައި އޮތް ގާސިމަށްވެސް 61،000 އެއްހާ ވޯޓް ލިވިލެއްވިކަމަށެވެ. 

އޭރު އަޅުގަނޑުމެންގެ ތެރޭގައި، އަޅުގަނޑެއްނޫން، ވަރަށް ގާތް މީހެއް އަޑުއެހީ، އަބްދުއްރަޙީމް ހަމަ ބުނުއްވީ، ތިމަންނަ އޭރުވެސް ބުނީމޭ، އަހަރެމެން އަތުގައި ފައިސާއެއް ނެތޭ މިއަށްވުރެ މާ ރަނގަޅުވާމޭ، ދެން އަޅުގަނޑަށް ކޮންމެ ނަމެއް ކިޔާފައި ކިޔުމަށްވުރެން، ތިމަންނަމެން ގާސިމަށް ތާއިދުކޮށްގެން މިކަން ނިންމި ނަމަ. ގާސިމޭ މި ވޯޓް ހޯދާނީ. އެކަން އަޅުގަނޑާ ހަމައަށް އައީ، ދޮގު ނުކުރެވޭ ވަރުގެ މީހެއްގެ ފަރާތުން. އަބްދުއްރަޙީމަކަށް ދޮގެއް ނުކުރެވޭނެ އެވާހަކައެއް. 

ކުރީގެ ރައީސް އަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް

”އެހެންވީމާ އަބްދުއްރަހީމް އޭރު ޕީޕީއެމް ތެރޭގައި ހުންނެވިޔަސް އަބްދުއްރަހީމް މަސައްކަތް ކުރެއްވީ އަޅުގަނޑާ އެކީގައެއް ނޫން.“ ރައީސް ޔަމީން ވިދާޅުވިއެވެ. 

ޔާމީން ވިދާޅުވީ ޕީޕީއެމްގެ ފުރަތަމަ އިންތިހާބުގައި ނައިބު ރައީސް ކަމަށް ކުރިމަތި ލައްވައިގެން ނާކާމިޔާބުވުމުން އަބްދުއްރަހީމް ފުރައިގެން ދިޔައީ މެލޭޝިއާއަށް ކަމަށެވެ. 

"ރައީސް ޔާމީން އެތައް އާދޭހެއް ކުރައްވައިގެން އަބްދުއްރަޙީމް ދުރުވީ. އެހެންވީމާ، އަބްދުއްރަހީމަކީ މާގިނަ ސިޔާސީކަންކަން ކޮށްގެން އަޅުގަނޑު ގެނެސް ގޮނޑިއަށް ވެޑުވި މީހެކޭ ފައިސަލަށް ހީވާކަމަށް ވަންޏާ، މިހާރު އެބަޖެހޭ މިކަހަލަ ކަންކަމުގެ ހަގީގަތް އޮޅުންފިލުވަދޭން. އަބްދުއްރަޙީމް 2013ގައި ހުންނެވީ ރައީސް ޔާމީން ހޮވޭތޯއެއް ނޫން. އަބްދުއްރަޙީމް މަސައްކަތް ކުރެއްވީ ގާސިމާއެކު. ގާސިމް ކެޓީމަ ދެން އެހިސާބުން އަބްދުއްރަޙީމްގެ މަސައްކަތެއް އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ،"

ކުރީގެ ރައީސް އަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް

ޔާމީން ވިދާޅުވީ، އެވާހަކަތައް ނުދައްކަވަން ހުންނަވަނީ، މާޒީއަކީ މާޒީ ކަމަށް ވުމުން ކަމަށާ އެހެން ނަމަވެސް، ”ގަބުރު ކޮނެގެން ކަށިނަގާ ހިސާބަށް ދާ ކަމަށް ވަންޏާ ދެން މީގެ ހަގީގަތާ ހަމައަށް ދާނަން“ ކަމަށެވެ. 

ދައްކަން ބޭނުން ނަމަ، ދައްކަން އެފަދަ އެތަކެއް ވާހަކަ ހުރި ކަމަށާ އެހެން ނަމަވެސް، ”އެބޭފުޅުންގެ ކަރާމާތަށް ވިސްނާފައި“ އިސްވެ އެފަދަ ވާހަކަ ނުދައްކަވަނީ ކަމަށް ޔާމީން ވިދާޅުވިއެވެ. 

ކޮމެންޓް
Fathimath Najeeb
އެހެދީއަނެއްދޮވު
10 Sep 2024
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް