57 ވަނަ ސެޝަންގައި ރާއްޖެއިން ބައިވެރިވާ ވަފްދުގެ މޭޒުކޮޅު- ފޮޓޯ: މިނިސްޓްރީ
ހަބަރު
10 Sep 2024 | 10:45
އދ ގެ އިންސާނީ ހައްޤުތަކާއިބެހޭ 57 ވަނަ ސެޝަންގައި ރާއްޖެއިން ބައިވެރިވަނީ

އދ ގެ އިންސާނީ ހައްޤުތަކާއިބެހޭ 57 ވަނަ ސެޝަންގައި ރާއްޖެއިން ބައިވެރިވުމަށް ނިންމައިފިއެވެ.

ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، އިންސާނީ ހައްގުތަކާއި ބެހޭ 57 ވަނަ ސެޝަން މިމަހު 9 އިން 11 އޮކްޓޫބަރާއި ހަމައަށް  ސްވިޓްޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދާނެ ކަމަށެވެ.

މި ސެޝަންގައި އދ ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލުން ޚާއްޞަ އިޖުރާއަތުތަކުގެ މެންޑޭޓް ހޯލްޑަރުންނާއި، ފަންނީ މެކޭނިޒަމްތަކާއި، ތަޙްޤީޤީ މެކޭނިޒަމްތަކާއެކު ތިރީސް އިންޓަރެކްޓިވް ޑައިލޮގް ބާއްވާނެކަމަށާއި، އޭގެ ތެރެއަށް އިތުރުކުރެވިފައިވާ ދެ އިންޓަރެކްޓިވް ޑައިލޮގްއާއި ހަ ޕެނަލް މަޝްވަރާ ބޭއްވޭނެކަމަށް އެ ވުޒާރާއިން ބުނެއެވެ.

މި މަޝްވަރާތަކުގައި އިންސާނީ ޙައްޤުތަކާ ގުޅޭ މުހިންމު މައްސަލަތަކާ ބެހޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައު މަޝްވަރާކުރެވޭނެކަން ފާހަގަކުރަމުން ޚާރިޖީ ވުޒާރާއިން ބުނީ، މި ސެޝަންގައި ފަންސާސް ޤައުމެއްގެ ޙާލަތާ ބެހޭ ރިޕޯޓުތަކާއި އަށްޑިހައަށްވުރެ ގިނަ ތީމެޓިކް ރިޕޯޓު މުރާޖަޢާކުރެވޭނެކަމަށެވެ.

މިއީ ދުނިޔޭގެ އިންސާނީ ޙައްޤުތަކުގެ ގޮންގޮންޖެހުންތަކަށް ޙައްލު ހޯދުމަށާއި، ޢަދުލުވެރި އަދި ހަމަހަމަ ދުނިޔެއަކަށް ބައިނަލްއަޤްވާމީ އެއްބާރުލުން ލިބޭނެ މަގެއްކަން އެ ވުޒާރާއިން ފާހަގަކުރިއެވެ.

އެ ވުޒާރާއިން ބުނީ، މި ސެޝަންގައި، ދިވެހިރާއްޖޭގެ ވަފުދުން އެޖެންޑާގެ އެކި ބައިތަކުގެ ދަށުން ޤައުމީ ބަޔާންތައް ދޭނެކަމަށާއި، މި ބަޔާންތަކުގައި ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި އިސްކަންދޭ ކަންތައްތައް ފާހަގަކުރެވޭނެކަމަށެވެ. އަދި ޚާއްޞަކޮށް، ދިވެހިރާއްޖެ ހިމެނޭ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގެ ފަރާތުން، ސެކްރެޓަރީ ޖެނެރަލްގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ތަޙްލީލީ ދިރާސާއާ ގުޅޭ އިންޓަރެކްޓިވް ޑައިލޮގްގައި ބަޔާނެއް ދޭނެކަމަށާއި، މި ބަޔާނުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުމާއި އުނިކަމުގެ ސަބަބުން އިންސާނީ ޙައްޤުތައް ފުރިހަމައަށް ބޭނުންހިފުމާއި މެދު ކުރާ އަސަރުތަކަށް ކަމަށެވެ. 

މީގެ އިތުރުން، ނޮން-އެލައިންޑް މޫވްމަންޓް އަދި އިސްލާމިކް ކޯޕަރޭޝަން ޖަމްޢިއްޔާގެ މެންބަރެއްގެ ހައިސިއްޔަތުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ޙައްޤުތަކަށް އަރައިގަތުން އިތުރުވަމުންދާ މިންވަރާމެދު ދިވެހިރާއްޖެއިން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މި ސެޝަންގެ ތެރެއިން ދިވެހިރާއްޖެއިން މި މައްސަލަތަކުގެ ތެރެއިން ބައެއް މައްސަލަތަކަށް އަލިއަޅުވާލާނެކަމަށާއި، މީގެ ތެރޭގައި މިޔަންމާއާ ބެހޭ ޚާއްޞަ ރެޕޯޓަރާއެކު ބޭއްވޭ އިންޓަރެކްޓިވް ޑައިލޮގްގައި ޤައުމީ ބަޔާން އިއްވުމާއި، އެޖެންޑާގެ އެކި ބައިތަކުގައި ފަލަސްޠީނުގެ އިންސާނީ ހާލަތަށް އަލިއަޅުވާލުން ހިމެނޭ ކަމަށް ވެސް ޚާރިޖީ ވުޒާރާއިން ބުނެއެވެ.

އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ 57 ވަނަ ޖަލްސާގައި ދިވެހިރާއްޖޭގެ ވަފުދުގެ އިސްވެރިޔަކަށް ހަމަޖައްސާފައިވަނީ އެމްބެސެޑަރ ޑރ. ސަލްމާ ރަޝީދެވެ. މި ވަފުދުގައި ހިމެނެނީ ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ ކައުންސެލަރ އާދަމް ޙާމިދު، ކައުންސެލަރ އުޒ. އާމިނަތު ޝިފާޔާ އިބްރާހީމް، ދެވަނަ ސެކްރެޓަރީ މަރްޔަމް ފަތިކާ ފައްޔާޟް، ތިންވަނަ ސެކްރެޓަރީ އާމިނަތު ޝަދާ އަދި އެޓާޗޭ ރާއިދު ސަޢީދެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.