ދޫހިމެރިގޭ ތިރީބައިގަ ހުންނަ ހޮޓަލުގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާ- ފޮޓޯ: އެމްއެންޑީއެފް
ހަބަރު
10 Sep 2024 | 10:32
ގާމަގު ކެފޭގައި ހިނގި އަލިފާނުގެ ހާދިސާ: ބިދޭސީން އުޅުނު ތަން ވަނީ އެއްކޮށް އަދާފައި!

ސޯސަންމަގުކޮޅުގައި ހުންނަ ހެންވޭރު ދޫހިމެރިގޭ ތިރީބައިގަ ހުންނަ ހޮޓަލުގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެއިމާރާތުގައި ބިދޭސީން ދިރިއުޅެމުން ދިޔަ ތަން ބޭނުން ނުކުރެވޭވަރަށް އަދާފައިވާކަމަށް ނޭޝަނަލް ޑިސާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.

"ވޮއިސް" އަށް މައުލޫމާތު ދެއްވަމުން އެންޑީއެމްއޭގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި ހާދިސާގައި ހާލުގައި ޖެހުނު ދިވެހިންނާއި ބިދޭސީންގެ ހާލު ރަނގަޅު ކަމަށާއި، އެއްވެސް ބޭފުޅަކަށް ޖިސްމާނީ ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

އަލިފާނުގެ ހާދިސާއާއި ގުޅިގެން ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަށް ދެނެގަނެ އެ ފަރާތްތަކަށް ދޭންޖެހޭ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމާއި އަންނައުނު އެންޑީއެމްއޭއިން ވަނީ ހަމަޖައްސައިދީފައެވެ. 

އެންޑީއެމްއޭއިން ހާމަކުރި ގޮތުގައި، ބިދޭސީން އުޅުނު ތަން އެއްކޮށް އަނދާފައިވާއިރު، އެއިމާރާތުގައި އެއްވެސް ދިވެއްސެއް ދިރިއުޅެމުން ދިޔަ ތަނެއް އަދާފައެއް ނުވެއެވެ.

އެ އިދާރާއިން ބުނީ،  މި ހާދިސާއާއި ގުޅިގެން އަމިއްލަ ހާލަތަށް  އެނބުރި އައުމަށް ހިނގާނެ ޚަރަދާއި ނަގާނެ މުއްދަތު ދެނެގަނެވޭނީ ފިޒިކަލް އެސެސްމެންޓް ހެދުމަށްފަހުކަމަށާއި، މިހާރު އެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، އެ ހާދިސާގައި ޖުމްލަ 57 މީހުން ހާލުގައި ޖެހިފައިވާއިރު، އޭގެ ތެރޭގައި 37 ދިވެހިންނާއި 20 ބިދޭސީން ހިމެނެއެވެ. މި ފަރާތްތަކަށް އެ އިދާރާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ހާދިސާ ހިނގި ސަރަޙައްދުގައި ހަރަކާތްތެރިވި ވޮއިސްގެ ރިޕޯޓަރު ބުނެފައިވަނީ ކެފޭގައި އަލިފާންގަނޑު ރޯވިތާ މާ ގިނައިރުތަކެއް ނުވެ މުޅި އިމާރާތުގައި އަލިފާން ހިފިކަމަށެވެ. އަދި އަލިފާންގަނޑު ރޯވެ ބޮޑަށް ހުޅުގަނޑު ފަޅައިގެން ގޮސްފައިވަނީ ގޭސްފުޅީގައި ރޯވި ހިސާބުންކަމަށްވެސް ރިޕޯޓަރު ބުންޏެވެ.

ހާދިސާ ހިނގުމާއެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރޯވެފައިވާ އިމާރާތާ ޖެހިގެންހުރި ގޭތަކުން ވަނީ މީހުން ހުސްކޮށްފައެވެ.

އަލިފާންގަނޑު ކޮންޓްރޯލްވިއިރު، ކެފޭހުރި އިމާރާތުގެ އިތުރުން ޖެހިގެންހުރި އިމާރާތުގައިވެސް އަލިފާން ހިފިއެވެ. މިހާދިސާގައި ކެފޭގައި ހުރި ހުރިހާ އެއްޗެއް އަނދާފައިވާއިރު، މުޅި އެ އިމާރާތްވަނީ އަލުން ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.