ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ބިޒްނަސް މެނޭޖުމަންޓްގެ ނަން ޤާސިމް އިބްރާހިމް ސްކޫލް އޮފް ބިޒްނަސްއަށް ބަދަލު ކުރުން: ފޮޓޯ/ ވިލާ ކޮލެޖު
ވިޔަފާރި
10 Sep 2024 | 16:18
ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ބިޒްނަސް މެނޭޖުމަންޓްގެ ނަން ޤާސިމް އިބްރާހިމް ސްކޫލް އޮފް ބިޒްނަސްއަށް ބަދަލުކޮށްފި

ވިލާ ކޮލެޖުގައި ވީ އިގްނައިޓް ނަމުގައި ބިޒްނަސް އިންކިއުބޭޝަން ސެންޓަރ އެއް ހުޅުވައި، އެކޮލެޖުގެ ފެކަލްޓީ އޮފް ބިޒްނަސް މެނޭޖުމަންޓްގެ ނަން ޤާސިމް އިބްރާހިމް ސްކޫލް އޮފް ބިޒްނަސްގެ ނަމަށް ބަދަލުކޮށް ރީބްރޭންޑް ކޮށްފިއެވެ.

މިކަމަށް ޓަކައި މިއަދު އެ ކޮލެޖުގައި ބޭއްވުނު ޙާއްސަ ޙަފްލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އޮނަރަބަލް މުޙައްމަދު ސަޢީދު އެވެ. މި ޙަފްލާގައި އެމަނިކުފާނުގެ އިތުރުން ދައުލަތުގެ ބައެއް އިދާރާތަކުގެ ވެރިންނާއި އަދި ވިޔަފާރީގެ ދާއިރާއިން އެކި އެކި ސިނާޢަތްތައް ރަމްޒުކޮށްދޭ ގިނަ ފަރާތްތައް ބައިވެރިވިއެވެ.

މި ޙަފްލާ ތަޢާރަފްކޮށްދެއްވުމުގެ ގޮތުން ޤާސިމް އިބްރާހިމް ބިޒްނަސް ސްކޫލްގ ޑީން އަބްދުالله ނާފިޒް ވިދާޅުވީ މިއީ ހަމައެކަނި ނަމަށް އައި ބަދަލެއް ނޫން ކަމާއި، މިއީ އުންމީދީ ތަސައްވުރަކާއި އެކު ގެނެވުނު މުހިއްމު ބަދަލެއްކަން ފާހަގަ ކުރެއްވިއެވެ. އަދި އަމާޒަކީ މި ސްކޫލަކީ ދުނިޔޭގެ ފެންވަރުގެ ބިޒްނަސް ސްކޫލަކަށް ހެއްދެވުން ކަމަށް ވިދާޅުވެ، މުސްތަޤުބަލް ބައްޓަންކުރެވިގެންދާނޭ ގޮތާއި ބެހޭ ކުރު ތަސައްވުރެއް ދެއްވިއެވެ. 

ނާފިޒްގެ ވާހަކަފުޅަށްފަހު އެކަމަށްޓަކައި ޚާއްސަ ކުރެއްވިފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނަކުން ފެކްލަޓީ ރީބްރޭންޑްކޮށްދެއްވީ، މިނިސްޓަރ މުޙައްމަދު ސައީދު އެވެ.

އެއަށްފަހު އެފެކަލްޓީގެ ދަށުން އަލަށް އުފެދުނު ސެންޓަރ އެއްކަމަށްވާ ސެންޓަރ ފޮރ އިނޮވޭޝަން އެންޓަރޕްރައިޒް ޑިވެލޮޕްމަންޓާއި ބެހޭގޮތުން އެސެންޓަރގެ ޑިރެކްޓަރ އަދި ޤާސިމް އިބްރާހިމް ސްކޫލް އޮފް ބިޒްނަސްގެ ޑެޕިއުޓީން ޑީން ޑރ. ޑަމިތް ގެންގޮޑަވިލެޖް ވާހަކަ ދެއްކަވާފައި ވެއެވެ.

ޑރ. ޑަމިތް ވިދާޅުވީ ވީއިގްނައިޓް ބިޒްނަސް އިންކިއުބޭޝަން ސެންޓަރ ވެގެންދާނީ އެކި ފަންނުގެ ތަޖްރިބާކާރުން، އެޑްވައިޒަރުންނާއި މެންޓަރުންގެ ގޮތުގައި ހިދުމަތްދޭ، މަގުފަހިކޮށްދޭ މަރުކަޒެއްކަމުގައިއެވެ. 

"މަހެއްހާ ދުވަހުގެ ތެރޭގައި މި އިންކިއުބޭޓަރާއި ކޯ-ވޯކިން ސްޕޭސް ވުޖޫދަށްގެނައުމަށް ޕާޓްނަރުން ދެއްވާ އެއްބާރުލުމާއި ހިތްވަރު ފާހަގަކޮށް ޝުކުރުދަންނަވަން. މިއީ މިކަން ކާމިޔާބުވި ސަބަބު. މިއީ ރާއްޖޭގެ ފާހަގަކޮށްލެވޭ އަދިތާރީޚީ ފެށުމަކަށް ވެގެންދާނެ“ ޑރ. ޑަމިތް ގެންގޮޑަވިލެޖް ވިދާޅުވިއެވެ.

މި ސެންޓަރގެ ޕަރޓަނަރއިން ގޮތުގައި ހިމެނެނީ :

1.ބިޒްނަސް ސެންޓަރ ކޯޕަރޭޝަން

2.ހުވަވެއި

3.ދިވެހި ރާއްޖޭގެ ގުޅުން ޕީއެލްސީ (ދިރާގު)

4.ސްޕާރކް ހަބް

5.ވިމެން އިން ޓެކް

6.ސޮނޭވާ ނަމޫނާ

7.އޮކްސިކާ ޕްރައިވެޓް ލިމިޓެޑް

8.އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް އޮފް މަނީ އެންޑް އެންޓްއެޕްރްނިއާޝިޕް ޑިވެލޮޕްމަންޓް

9.ސްކޮޔާރ ހަބް

10.ފެނަކަ ކޯޕަރޭޝަން ލިމިޓެޑް

11.ކަނޑޫފާ ފައުންޑޭޝަން

12.ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ

މިއަދުގެ ޙަފްލާގައި ވިލާ ކޮލެޖުގެ ބިސްނަސް އިންކިއުބޭޝަން ސެންޓަރ،ވީ އިގްނައިޓް ވެސް ހުޅުއްވައިދެއްވީ މިނިސްޓަރ މުޙައްމަދު ސަޢީދެވެ. 

މި ޙަފްލާ ގައި ވިލާ ކޮލެޖު އެކި އެކި ޕްރޮގްރާމްތަކުގައި ކިޔަވަމުންދާ 7 ދަރިވަރަކު އެލެވޭޓަރ ޕިޗް ހުށަހެޅުން ވެސް އޮތެވެ. 

މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާން މިނިސްޓަރ މުޙައްމަދު ސަޢީދު ވަނީ އިންކިއުބޭޝަން ސެންޓަރުގެ ބޭނުންތެރިކަމުގެ މައްޗަށް އަލިއަޅުވާލއއވާފައެވެ. އަދި މިފަދަ ސެންޓަރުތަކުން ގައުމުގެ އިޤްތިސާދަށް ފައިދާވާނެ ގޮތާއި މެދު ވާހަކަ ދައްކައި، މި ސެންޓަރުގެ ބޭނުން ހިފުމަށް ދަރިވަރުންނަށް ހިއްވަރު ދެއްވިއެވެ. 

މީގެ އިތުރުން ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބުގެ ވާހަކަފުޅުގައި ވިލާ ކޮލެޖުގެ ބިޒްނަސް ފެކަލްޓީއިން ހިންގާ ޕްރޮގްރާމްތައް، އިތުރުކުރައްވާ ފުޅާކުރެއްވި ގޮތުގެ މައްޗަށް ބައްލަވާލެއްވިއެވެ.

ބިޒްނަސް ސްކޫލާއި އިންކިއުބޭޝަން ސެންޓަރުގެ ތަސައްވަރުގެ މައްޗަށް ވައިސް ރެކްޓަރގެ ވާހަކަފުޅުގައި ބައްލަވާލެއްވިއެވެ. އަދި އިންކިއުބޭޝަން ސެންޓަރުގެ އުފެއްދުމުގައި އިންޑަސްޓްރީ ތަކުންނާއި ފަންނީ ބޭފުޅުންގެ ފަރާތް ޕުޅުން ލިބިވަޑައިގެންނެވި އެހީތެރިކަން ފާހަގަ ކުރައްވާ ޝުކުރު އަދާކުރެއްވިއެވެ. 

ވިލާ ކޮލެޖުން ބުނީ، ޤާސިމް އިބްރާހިމ ބިޒްނަސް ސްކޫލްގެ ނަމުން ރީބްރޭންޑް ކުރެއްވުމުގައި ޗެއަރމަން ޤާސިމް އިބްރާހިމްގެ ނަންފުޅު އިޙްތިޔާރުކުރައްވައިފައިވަނީ ވިޔަފާރިއާއި އިޤްތިސާދީ ދާއިރާއަށް ބަލާއިރު އެ ނަންފުޅަކީ އެކަމަށް އެންމެ އެކަށޭނެ ނަންފުޅު ކަމަށް ފެނިވަޑައިގަންނަވާތީއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ