ގަލޮޅު ރަސްމީ ދަނޑުގެ ކުރެހުމެއް...
ކުޅިވަރު
10 Sep 2024 | 17:58
ގަލޮޅު ދަނޑުގެ ބަދަލުގައި، ޤައުމީ ފުޓްބޯޅަދަނޑު ހުޅުމާލެއަށް

ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑު ތަޅާލުމަށްފަހު، ޤައުމީ ފުޓްބޯޅަ ސްޓޭޑިއަމް ހުޅުމާލޭގައި ތަރައްގީ ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުޅިވަރާއި ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވީ ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑު ތަޅާލުމަށްފަހު އެ ތަނުގައި އިތުރު ދަނޑެއް އިމާރަތްކުރުމަށް ކުރީގެ ސަރުކާރުން ނިންމާފައިވާ ނިންމުން މި ސަރުކާރުން ބަދަލުކޮށްފައިވާ ކަމަށެވެ.

އެގޮތުން މި ސަރުކާރުން ނިންމާފައިވަނީ އިންޑިއާގެ އެހީގައި އިމާރަތްކުރާ އައު ދަނޑު ހުޅުމާލެ ފޭސް 1 ގައި ތަރައްގީކުރަންކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު އެކަމަށް ބޭނުންވާ ބިންވެސް ހަމަޖެހިފައިވާ ކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ ގަލޮޅު ދަނޑުގައި ސްޓޭޑިއަމެއް އެޅުމަށް އެންމެ އެކަށީގެންނުވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ސެކިއުރިޓީ މައްސަލަތަކާއި، ޕާކިންގ އަދި ޓްރެފިކްގެ ދަތިތައް ހިމެނޭ ކަމަށެވެ.  ހުޅުމާލޭގައި ތަރައްގީކުރާ ސްޓޭޑިއަމް ތަރައްޤީކުރެވިގެންދާނީ މަލްޓިސްޕޯޓްސް އިންޑޯ ކޮމްޕްލެކްސް އެއްގެގޮތުގައެވެ. 

މި މަލްޓިސްޕޯޓްސް އިންޑޯ ކޮމްޕްލެކްސް އާއެކު، އިންޑިއާ ސަރުކާރުގެ ފައިނޭންސިންގެ ތެރެއިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ރާއްޖޭގެ ހަތަރު ސަރަހައްދުގެ ސިންޓެޓިކް ޓްރެކްތައް ތަރައްޤީ ކުރުމުގެ މަސައްކަތާއި، ޓޭބަލް ޓެނިސް އިންޑޯ ހޯލްއެއް އެޅުމާއި ބާސްކެޓް އިންޑޯ ހޯލްއެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.