އިމިގްރޭޝަންގެ އޮޕަރޭޝަނެއްގެ ތެރެއިން-- ފޮޓޯ: އިމިގްރޭޝަން
ހަބަރު
11 Sep 2024 | 10:09
މީގެކުރިން މަސައްކަތްތައް ލަސްވީ ބިދޭސީން ބަންދުގައި ބަހައްޓާ ތަނުގެ ޖާގައިގެ ދަތިކަމުން: އިމިގްރޭޝަން

މީގެ ކުރިން ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމުގައި ދަތިތަކާއި ކުރިމަތިވީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ބިދޭސީން ގެނައުމަށްފަހު ބަހައްޓާނެ ތަނެއް ނެތުމުން ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އެސްއެސްޓީވީގެ "ބާރު ހަތަރެއް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ސީނިއާ އިމިގްރޭޝަން އޮފިސަރ އަދި ޑެޕިއުޓީ ހެޑް އޮފް އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަން، އިސްމާއިލް ޝަރީފް ވިދާޅުވީ، ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންނަށް ފިޔަވަޅު އެޅުމަށް މީގެ ކުރިންވެސް އިމިގްރޭޝަނުން މަސައްކަތް ކުރާ ކަމަށެވެ.

މީގެ ކުރިން މަސައްކަތްތައް ލަސްވީ ގިނަ ބިދޭސީންތަކެއް ބެލުމުގެ ދަށަށް ގެނެސް ފުރުވާލުމުގައި ދަތިތަކެއް ހުރުމުންކަމަށާއި، އެއާއި ޚިލާފަށް މިހާރު ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ހޯދައި، އެމީހުން ބައިތިއްބާނެ ތަނެއް ލިބިފައިވާކަމަށް އިސްމާއީލް ޝަރީފް ވިދާޅުވިއެވެ. އެގޮތުން، އެކަމަށްޓަކައި 180 ޖާގައިގެ ތަނެއް އެބަހުރި ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެންނަށް 180 ޖާގައިގެ ތަނެއް ހުރުމާއިއެކު، އަޅުގަނޑުމެންނަށް ބިދޭސީން ހޯދައި ފުރުވާލުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން ދަނީ." 

އިސްމާއީލް ޝަރީފް ވިދާޅުވިއެވެ.

އިސްމާއީލް ޝަރީފް ވިދާޅުވީ، އިމިގްރޭޝަންގެ ކޮންޓްރޯލަރ މުހައްމަދު ޝައްމާން ވަހީދުގެ ވިސްނުންފުޅާއި އެއްގޮތަށް ޓެކްނޮލޮޖީގެ ގޮތުން މިކަމަށްޓަކައި ފަހި ކުރަން ޖެހޭ ކަންކަން މަގުފަހިކުރަމުންދާ ކަމަށާއި، މިހާރު އޮޕަރޭޝަންތައް ފެނިގެންދަނީ އޮންނަ އިތުބާރާއި ކަންކަން ފަހިވެގެންދާތީ ކަމަށެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން މައްސަލަ ހައްލު ކުރުމަށް ޓަކައި ސަރުކާރުންވަނީ ބޮޑެތި މަސައްކަތްތަކެއް ފަށާފައިވާއިރު، އެމަސައްކަތްތަކުގެ ތެރެއިން މިހާތަނަށް އެތައް ސަތޭކަ ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް، ޑީޕޯޓްކޮށްލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.