ސިނަމާލެ ބްރިޖް--
ހަބަރު
11 Sep 2024 | 11:04
ސިނަމާލެ ބްރިޖު ޕެޓްރޯލް ކުރަން ސައިކަލު ބޭނުންކުރަން ފަށަނީ

ސިނަމާލެ ބްރިޖު ޕެޓްރޯލް ކުރަން މިހަފުތާ ތެރޭ ސައިކަލު ބޭނުންކުރަން ފަށާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ލުތުފީ ވިދާޅުވީ ސިނަމާލެ ބްރިޖަކީ އެންމެ ގިނައިން އެކްސިޑެންޓްތައް ހިނގާ އެއްތަންކަމަށާއި، ބްރިޖުގައި ހިނގާ އެކްސިޑެންޓުތަކުން ލިބޭ ގެއްލުން ބޮޑުކަމަށެވެ.

މިއަދާއި ހަމައަށް ޕެޓްރޯލް ކުރަމުން އައީ ކާރު ބޭނުންކޮށްގެން ފާހަގަކުރައްވަމުން ލުތުފީ ވިދާޅުވީ، ފުލް ޕެޓްރޯލް ކުރާ ގޮތަށް ޕޮއިންޓް ހަދައިގެން މާލެ އާއި ހުޅުމާލެ ތެރޭގައި ތިބުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން މި ހަފުތާ ނިމުމުގެ ކުރިން ސައިކަލު ބޭނުން ކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ލުތުފީ ވިދާޅުވިއެވެ.

"މާލެ ތެރެެއާއި ހުޅުމާލޭގައި ފުލް ޕެޓްރޯލް ކުރާ ގޮތަށް ޕޮއިންޓް ހަދައިގެން ދިމަ ދިމާލުގައި ތިބުމަކީ ފަސޭހަ ކަމެއް ނޫން. އެހެންވީމަ އަޅުގަނޑުމެން މިއަދާ ހަމައަށް ޕެޓްރޯލް ކުރަމުން މިއައީ ކާރު ބޭނުންކޮށްގެން. އެހެންނަމަވެސް އިރާދަކުރެއްވިއްޔާ މި ބަލަނީ މި ހަފުތާ ނިމުމުގެ ކުރިން ސައިކަލު ބޭނުން ކުރަން ފަށަން"

ލުތުފީ ވިދާޅުވިއެވެ.

ލުތުފީ ވިދާޅުވިގޮތުގައި މިއީ  މިހާރަށް ވުރެ ބޮޑަށް ބުރިޖު މަތީގައި ފުލުހުންގެ ހަރަކާތްތައް އިތުރުވެ ކުށްކުރާ ފަރާތްތައް ދެނެގަތުމަށް އެޅޭ ރަނގަޅު ފިޔަވަޅަކަށް ވެގެންދާނެއެވެ. ހަމައެއާއިއެކު، ސައިކަލު ބޭނުން ކުރަން ފެށުމުން އެކްސިޑެންޓެއް ހިނގައިފިނަމަ،އެފަދަ ސީންތަކަށް ވީހާވެސް އަވަހަށްދާން ފަސޭހަވެ އަވަހަށް ޓްރެފިކް ފްލޯ ހަމައަކަށް އެޅުމަށްވެސް ފަސޭހަވާނެކަމަށް ލުތުފީ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.