މުފާސާގެ އަޑުގެ ވެރިޔާ--
ދުނިޔެ
11 Sep 2024 | 11:25
މުފާސާގެ އަޑުގެ ވެރިޔާ، ޖޭމްސް އާލް ޖޯންސް މަރުވެއްޖެ

އާއްމުންގެ ތެރޭގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި "ލަޔަން ކިންގް" ގައި މައި ރޯލެއް ކުޅުނު މުފާސާގެ އަޑުގެ ވެރިޔާ، ޖޭމްސް އާލް ޖޯންސް އުމުރުން 93 އަހަރުގައި މަރުވެއްޖެއެވެ.

ހަމައެއާއިއެކު، މަޝްހޫރު "ސްޓާރ ވޯޒް" ފިލްމުގެ ނުބައި މީހެއްގެ ރޯލު އަދާކުރި ޑާތު ވޭޑަރުގެ ވޮއިސް އެކްޓްވެސް ކުރި ޖޯން މަރުވެފައިވަނީ އެތައް އަހަރެއް ވަންދެން ހަކުރު ބަލީގައި އުޅުމަށްފަހުއެވެ. އޭނާގެ ގޭގައި މަރުވިއިރު، ކައިރީގައި އާއިލާ މެމްބަރުން ތިބިކަމަށް އޭނާގެ އޭޖެންޓް ބެރީ މެކްފަރސަން ބުނެފައިވެއެވެ.

ޑްރާމާއެއްގައި ދެމިގެންދާ ރޯލެއްގައި އަދާކުރި ފުރަތަމަ އެފްރިކަން އެމެރިކަން އެކްޓަރުންގެ ތެރޭގައި ހިމެނޭ ޖޯންސް ވަނީ 2 އެމީ އެވޯޑާއި، ގޯލްޑަން ގްލޯބް އެވޯ އެވޯޑަކާއި، 2 ޓޯނީ އެވޯޑާއި، ގްރެމީ އެވޯޑަކާއި، ނޭޝަނަލް މެޑަލް އޮފް އާޓްސް އަދި ކެނެޑީ ސެންޓަރ އޮނަރސް ހާސިލުކުރައްވާފައެވެ.

މީގެ އިތުރުން ވެސް އޮނަރަރީ އޮސްކާ އެވޯޑަކާއި، ލައިފްޓައިމް އެޗީވްމަންޓަށް ޚާއްޞަ ޓޯނީ އެވޯޑެއް ހާސިލްކޮށްފައިވާއިރު، 2022 ވަނަ އަހަރު ބްރޯޑްވޭގެ ތިއޭޓަރެއްގެ ނަން އޭނާގެ ނަމަށް ވަނީ ބަދަލުކުރެވިފައެވެ.

ޖޯންސް މަރުވުމާއި ގުޅިގެން ފިލްމީ ދާއިރާގައި އަދި އެނިމޭޝަން ދާއިރާގައި މަސައްކަތް ކުރާ ގިނަބަޔަކު އަންނަނީ އެކަމާއި ހިތާމަ ފާޅުކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.
10 Sep 2026
ވަކީލުންގެ ބޮޑު ޓީމަކާއެކު ނާކާމިޔާބު: ކެނެބިސް ޓްރެފިކުކުރުމުގެ ކުށުން ކުށްވެރިވެ އުމުރަށް ޖަލަށް
މި މައްސަލާގައި ޝަރީފްގެ ދިފާއީ ވަކީލުންގެ ގޮތުގައި ހަތަރު ވަކީލުން ހިމެނޭ ގާނޫނީ ޓީމެއް މަސައްކަތް ކުރި އެވެ. އޭގެ ތެރޭގައި މަޝްހޫރު ބައެއް ވަކީލުން ވެސް ހިމެނެ އެވެ.
10 Sep 2026
ހައްޖު ކޯޕަރޭޝަނާއި ސައުދީގެ އަލްރާޖިހީ ކުންފުނި ގުޅިގެން މަސައްކަތް ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފި
ހައްޖު ކޯޕަރޭޝަނުން ބުނީ މި ބައްދަލުވުމުގައި ވަނީ ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.
10 Sep 2026
މިރެއިން ފެށިގެން ބަދަލެއް؛ ބީއެމްއެލުން ކްރޮސް ބޯޑާ ފީ ނެގުން ހުއްޓާލަނީ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް
އދ. މަހިބަދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާއި އޮފީސްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ބޭއްވި "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތް"ގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް ޓީމުން ހޯދައިފިއެވެ.
10 Sep 2026
ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 28.73 ބިލިއަން ރުފިޔާއަށް
ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުން ދިޔަ ނަމަވެސް، ސަރުކާރު ހިންގުމުގެ ޚަރަދުތަކާއި، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި، ޤައުމީ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ދައުލަތުން ކުރަންޖެހޭ ހޭދަތައްވެސް މި މުއްދަތުގައި އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ
10 Sep 2026
އެމްއެންޔޫއިން ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް
އެމް.އެން.ޔޫ އިން ބުނި ގޮތުގައި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ސްކޫލް ނިންމާ ދަރިވަރުންނަށް އެކުދިންގެ މުސްތަޤުބަލާ މެދު ބިނާކުރަނިވި ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނޭކަމަށެ