މަރުހޫމް ޢަބްދުލްޢަޒީޒް ޢަބްދުﷲ
ހަބަރު
11 Sep 2024 | 15:30
ދައުލަތަށް ހިދުމަތް ކުރެއްވި ޢަބްދުލްޢަޒީޒް އަވަހާރަވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ދިވެހި ދައުލަތަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތްކުރެއްވި  ޢަބްދުލްޢަޒީޒް ޢަބްދުﷲ އަވަހާރަވުމުން، އެ މަރުޙޫމްގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތައުޒިޔާ މެސެޖުގައި ވިދާޅުވެފައިވަނީ، ޢަބްދުލްޢަޒީޒަކީ، ދިވެހި ދައުލަތަށް 45 އަހަރަށްވުރެ ދިގު މުއްދަތަކު ޚިދުމަތްކުރައްވާ، ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ޙާޞިލްކުރައްވާފައިވާ، އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާ، އަތޮޅުވެރިކަންވެސް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. 

މިކަމާ ގުޅިގެން ރައީސް ޑރ.މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވަނީ، ޢަބްދުލްޢަޒީޒް ޢަބްދުﷲ އަވަހާރަވުމުގެ ހިތާމައިގާ ބައިވެރިވެ، އެ މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ.

ޢަބްދުލްޢަޒީޒް ޢަބްދުﷲ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 1959 ވަނަ އަހަރުގެ ޖުލައިމަހުގެ 25 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ އަދާކުރެއްވީ، މަޙްކަމަތުލް އަޝްޣާލްގެ ވަގުތީ ކާތިބެއްގެ ވަޒީފާއެވެ.

އެއަށްފަހު، ވުޒާރަތުލް މާލިއްޔާ (ހ) 2ގެ ވަގުތީ ކާތިބު ކަމާއި، ވުޒާރަތުއްދާޚިލިއްޔާގެ ހުވަދުއަތޮޅުގޭ ވަގުތީ ކާތިބު ކަމާއި، ވުޒާރަތުއްދާޚިލިއްޔާ (ނ) ގެ ވަގުތީ 2 ނަންބަރު ކާތިބު ކަމުގެ ވަޒީފާ އަދާކުރެއްވިއެވެ. އޭގެފަހުން، 5 ފެބުރުވަރީ 1969 ގައި ޑިޕާޓްމަންޓް އޮފް ހޯމް އެފެއާޒްގެ 1 ނަންބަރު ކާތިބު ކަމަށް ބަދަލުކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، އޮފީސް އޮފް ދަ ޕްރައިމް މިނިސްޓަރުގެ 1 ނަންބަރު ކާތިބުކަންވެސް ކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓެރީއެއްގެ މަގާމަށް ޢަބްދުލްޢަޒީޒް ޢަބްދުﷲ ބަދަލުކުރެއްވީ، 23 ފެބުރުވަރީ 1977 ގައެވެ.

އޭނާ ވަނީ ޏ. އަތޮޅު އަތޮޅުވެރިކަންވެސް ކުރައްވާފައެވެ. މީގެ އިތުރުން ސަރުކާރުގެ އެކި ވުޒާރާތަކުގެ މަޤާމުތައް ވަނީ ފުރުއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.