ވާވޭގެ ތިންފަށް ކުރެވޭ ފޯނު
ހަބަރު
11 Sep 2024 | 21:20
ވާވޭއިން ތިންފަށް ކުރެވޭ ފޯނު ތަޢާރަފުކޮށްފި

ވާވޭ ކުންފުނިން ތިންފަށްކުރެވޭ ފޯނެއް ލޯންޗުކޮށްފިއެވެ.

މިއީ މިހާތަނަށް ތިންފަށަށް ފަތްޖަހާލެވޭގޮތަށް އުފައްދާ ބާޒާރަށް ނެރޭ ފުރަތަމަ ފޯނެވެ. ކަޅުކުލަ އާއި ރަތްކުލައިން ތަޢާރަފްކުރި ވާވޭ މެޓް އެކްސް.ޓީ ފޯނު ލޯންޗުކުރިތާ ދެތިން ގަޑިއިރުތެރޭ ވަނީ 3 މިލިއަނެއްހާ ޕްރީއޯޑަރު ލިބިފައެވެ. އަދި މީސްމީޑިއާގައިވެސް ވަނީ މިފޯނުގެ ޑިޒައިނަށް ބޮޑު މަޤުބޫލުކަމެއް ލިބިފައެވެ.

ޗައިނާގެ ޝެންޒެންއަށް ނިސްބަތްވާ ކުންފުނި، ވާވޭއިން މިފޯނު ލޯންޗުކޮށްފައި މިވަނީ އެޕަލް އައިފޯން 16 ޢިއުލާނުކުރިތާ ދެތިން ގަޑިއިރުތެރޭގައެވެ. މިދެފޯނުވެސް ބާޒާރުގައި އާއްމުކޮށް ވިއްކަން ފަށަނީ ސެޕްޓެމްބަރ 20އިން ފެށިގެންނެވެ.

ވާވޭ ކުންފުންޏަކީ މީގެ ކުރިން އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ކުންފުންޏެކެވެ. އެގޮތުން 2019 ވަނަ އަހަރު އޭރުގެ އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަމްޕްވަނީ ވާވޭ ކުންފުންޏަކީ އެމެރިކާގެ ސެކިއުރިޓީ ހިރާހެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި 2020 ވަނަ އަހަރު ޔޫކޭއާއި ސްވިޑަންއިންވެސް ވަނީ އެޤައުމުތަކުގެ 5ޖީ ވިއުގައިގެ ތެރޭގައި ވާވޭ ބޭނުން ނުކުރެވޭގޮތް ހަދާފައެވެ. އޭރު އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާގުޅިގެން ވާވޭ ކުންފުންޏައް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވިނަމަވެސް 2023 ވަނަ އަހަރު އަދި 2024 ވަނަ އަހަރު ވާވޭ ކުންފުނިންވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ.

ވާވޭ މެޓް އެކްސް.ޓީ ފޯނު ފަރުމާކޮށްފައިވަނީ ފަށްޖަހާލާފައި އޮންނައިރު އާންމު ފޯނުތަކެކޭ އެއްފަދައިން ބޭނުންކުރެވޭ ގޮތަށެވެ. އަދި މި ފޯނު ދެފަށަށް ނިއުޅާލުމުން ވެބް ބްރައުސިންގއާއި ފޮތް ކިޔުމަށް ބޭނުންކުރެވޭއިރު، އެއްކޮށް ތިންފަށް ނިއުޅާލުމުން މަސައްކަތްކުރުމަށާއި ކިޔެވުމަށް ބޭނުންކުރެވެއެވެ.

މީސްމީޑިއާގައި ބޮޑު މަޤުބޫލުކަމެއް ޑިޒައިނަށް ލިބެމުންދާ މިފޯނަކީ 2،800 ޑޮލަރުގެ އަގުހުރި ފޯނެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.