ބަސް ވަނި ހަވީރުގެ ތެރެއިން: ފޮޓޯ/ ދިވެހި ބަހާއި ބެހޭ ވުޒާރާ
ހަބަރު
11 Sep 2024 | 22:35
މާދަރީ ބަހުން ވާހަކަދައްކަން ދަރިވަރުންނަށް ބާރުއެޅުމަށް ކިންޑަރ ޕްރީސްކޫލުން ”ބަސް ވަނި“ ނަމުގައި ހަވީރެއް ބާއްވައިފި

މާދަރީ ބަހުން ދަރިވަރުން ފަރިތަކަމާއެކު ގިނަ ގިނައިން ވާހަކައްކަން ބާރުއަޅައި ގައުމީއްޔަތު މި ކުދިން ގެ ލެވެލް އިން ދަސްކޮއްދޭނެ ކަންކަމަށް އިސްކަން ދިނުމަށް ކިންޑަރ ޕްރީސުކޫލުން ”ބަސްވަނި“ ނަމުގައި ޚާއްސަ ހަވީރެއް ބާއްވައިފިއެވެ. 

އިއްޔެ ހަވީރު، 4:00 އިން 6:00 އަށް ހެންވޭރު ދަނޑުގައި ކުރިއަށް ގެންދިޔަ މި ހަވީރާއި ގުޅޭ ގޮތުން ”ވޮއިސް“ އަށް މައުލޫމާތު ދެއްވަމުން ކިންޑަރ ޕްރީސްކޫލްގެ ޕްރިންސިޕަލް އައިމިނަތު ނިސްމާ ނަސީމް ވިދާޅުވީ، ކޮންމެ އަހަރަކުވެސް މުޖުތަމައުގެ ހޭލުންތެރިކަން ބޭނުންވެފައިވާ ކަމަކަށް އަމާޒުކޮއްގެން އަންނަން އޮތް ޖީލު މިކަންކަމަށް ތައްޔާރު ކުރުމަށް ތަފާތު ބޮޑު ޙަރަކާތެއް، ބެލެނިވެރިންނާ ސުކޫލާއި ގުޅިގެން ދަރިވަރުންނަށް ހިންގާ ކަމަށެވެ. 

ބަސް ވަނި ހަވީރުގެ ތެރެއިން: ފޮޓޯ/ ދިވެހި ބަހާއި ބެހޭ ވުޒާރާ

އެގޮތުން މި އަހަރު ބޭއްވުނު ”ބަސް ވަނި“ ހަވީރަކީ ކިންޑަރ ޕްރީސްކޫލު ކުދިންގެ ހިތްތަކުގައި ދިވެހިބަހަށް ލޯބި އުފައްދައި ބަހާއިމެދު ޝައުޤުވެރިކަން އިތުރުކުރުމުގެ މަޤުސަދުގައި ރޭވިގެން ކުރިއަށްގެންދެވުނު ޙަރަކާތެއް ކަމަށް ނިސްމާ ވިދާޅުވިއެވެ.

ބަސް ވަނި ހަވީރުގެ ތެރެއިން: ފޮޓޯ/ ދިވެހި ބަހާއި ބެހޭ ވުޒާރާ

މިހަރަކާތުގެ މައިގަނޑު އަސާސަކީ އާއްމު ދިރިއުޅުމުގައި ދަރިވަރުން ބޭނުންކުރާ ބަސްތަކުގެ ދިވެހި ނަންތައް ދަސްކޮށްދިނުން. އަދި މީގެ އިތުރުން ދިވެހިންގެ އަމިއްލަ ބަހެއް އޮތުމުން ފަހުރުވެރިވެ ހެޔޮގޮތުގައި މިބަސް ބޭނުންކޮށް ދިރުވާ އާލާކުރާ ޤާބިލް ދަރިންތަކެއް ކަމުގައި ފަށާ ތަޢުލީމުގެ ބިންގާ މިކުދިންގެ އަޅާދިނުން.

ކިންޑަރ ޕްރީ ސްކޫލްގެ ޕްރިންސިޕަލް އައިމިނަތު ނިސްމާ

ނިސްމާ ވިދާޅުވީ، މި ހަވީރުގެ ތެރެއިން، އާއްމު ދިރިއުޅުމުގައި ދަރިވަރުން ބޭނުންކުރާ ބަސްތަކުގެ ދިވެހި ނަންތައް ރަމްޒުކޮށްދޭ އެއްޗެއް ނުވަތަ ކޮސްޓިއުމް ބޭނުންކޮށްގެން ކުދިންގެ ޝައުގުވެރިކަން އިތުރުވާނެ ފަދަ ގޮތަކަށް ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން، އެކުއްޖެއް އެ ރަމްޒުކޮއްދޭ އެއެއްޗެއްގެ ނަން ފެންނާނެހެން ކޮސްޓިއުމްގައު ހަރުކުރެވިފައި ވާއިރު، ދަރިވަރުން އެކުއްޖާ ރަމްޒުކޮށްދޭ ބަސް ސްޓޭޖަށް އަރާ ކިޔާލަދީފައިވެއެވެ. 

ބަސް ވަނި ހަވީރުގެ ތެރެއިން: ފޮޓޯ/ ދިވެހި ބަހާއި ބެހޭ ވުޒާރާ

މި އުމުރުފުރާ ދަރިވަރުންނަކީ އަމަލީ މަސައްކަތުން ކަންކަން ދަސްކޮއް އަދި އެކްޓިވް ލރނިން އަދި ހޭންޑްސް އޮން އެކްސްޕީރިއަންސް އިން ކަންކަން ދަސްކުރުމުން އެ އިލްމެއް ތާ އަބަދު ވެސް ހަނދާނުގައި ހަރުލައި ހުންނަން ކުދިބަޔެއްއެހެންކަމުން

ކިންޑަރ ޕްރީ ސްކޫލްގެ ޕްރިންސިޕަލް އައިމިނަތު ނިސްމާ

މި ހަރަކާތް ނިމިގެންދިޔައީ ހުރިހާ ދަރިވަރުންނާއި ، ބެލެނިވެރިންނާއި ހެންވޭރު ދަނޑުގެ މަޖީދީ މަގު ދޮރާށިން ނިކުމުގެން މަގުމަތީގައި ދަރިވަރުންނާއި ބެލެނިވެރިންނާ ހިނގާލުމަކާއެކުގައެވެ. 

މި ހިނގާލުމުގައި ދިވެހި ބަހާއި ބެހޭ ވުޒާރާގެ ވަޒީރުގެ ނައިބުވެސް ބައިވެރިވެވަޑައިގަންނަވާފައިވެއެވެ. 

ބަސް ވަނި ހަވީރުގެ ތެރެއިން: ފޮޓޯ/ ދިވެހި ބަހާއި ބެހޭ ވުޒާރާ

މި ހަރަކާތް ވެގެން ދިޔައީ ދަރިވަރުން ވަރަށް ޝައުގުވެރިވި އަދި ބެލެނިވެރިންގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކު ނިންމާލެވުނު ވަރަށް ކާމިޔާބު ހަރަކާތަކަށް

ކިންޑަރ ޕްރީ ސްކޫލްގެ ޕްރިންސިޕަލް އައިމިނަތު ނިސްމާ

މިއާއެކު ނިސްމާ ވިދާޅުވީ، މިހަރަކާތައް ފަހުވެސް، ދަރިވަރުން މި ބަސްތައް ސްކޫލް މާހައުލުގައި ފަރިތަކުރުވައި އާދަކުރުމަށް ކުލާސް ތެރޭގައި ކުދި އިތުރު ހަރާކައްތައް އެކި ދުވަސްތަކައް ބަހާލައިން ކުރިއަށްގެންދިއުމަށް ރޭވިފައިވާ ކަމަށެވެ.

ބަސް ވަނި ހަވީރުގެ ތެރެއިން: ފޮޓޯ/ ދިވެހި ބަހާއި ބެހޭ ވުޒާރާ

މި ފުރުސަތުގައި މިކަން އިންތިޒާމް ކޮށް ހިންގަން އެހީތެރިވި ސުކޫލްގެ މުޅި ޓީމާއި ބެލެނިވެރިން ކޮށްދެއްވި ބުރަ މަސައްކަތް ފާހަގަ ކޮއް ވަރަށް އިޚްލާސްތެެރި ޝުކުރެއް އަރިސްކުރަން

ކިންޑަރ ޕްރީ ސްކޫލްގެ ޕްރިންސިޕަލް އައިމިނަތު ނިސްމާ

ބަސް ވަނި ހަވީރުގެ ތެރެއިން: ފޮޓޯ/ ދިވެހި ބަހާއި ބެހޭ ވުޒާރާ

ކިންޑަރ ޕްރީ ސްކޫލުން، 2022 ވަނަ އަހަރު ގައި ބޭއްވުނު މިފަދަ ހަރަކާތުގައި ވަނީ، ދިވެހިންގެ އެހާރާއި މިހާރުގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި، އަދި އަންނަމުންދާ ބަދަލުތައް ދައްކުވައިދޭ މޮޑެލްސް ތަކެއް ހަދައި ޘަޤާފީ ދުވަހެއްކުރިއަށް ގެންގޮސްފައެވެ.

އަދި 2023 ވަނަ އަހަރުގައި ލިޓްލް އެކުސްޕުލޯރާ އަދި ޖީނިއަސް ރީސައިކުލާ ނަމުގައި ދަރިވަރުންނަށް ޕްލާސްޓިކް ބޭނުން ކުރުން މަދުކުރުމަށް ބާރުއަޅައި އުކާލެވޭ ތަކެތި ބޭނުން ކޮށްގެން ދިރިއުޅުމުގައި ބޭނުން ހިފިދާނެ ފަދަތަކެތި އުފެއްދިދާނެކަން ދައްކުވާދޭ ވަރަށް ކާމިޔާބު އެގްޒިބިޝަން އެއް ބާއްވާފައިވެއެވެ.


ކޮމެންޓް
ކރސ
މާދަރީ ބަސް ކުރި އަރުވަން ބޭނުން އެކަމަކު ކިޔަނީ "ކިންޑަރ"
12 Sep 2024
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.