އިހަވަންދޫ ދަރިވަރުން ތަކެއް މިސްކިތުގައި: ފޮޓޯ/ އިހަވަންދޫ.ކޮމް
ހަބަރު
12 Sep 2024 | 11:34
ޖަމާޢަތުގައި ފަތިސް ނަމާދު ކުރުމަށް ދަރިވަރުން އާދަ ކުރުވުމަށް އިހަވަންދޫ އިމާމަކު ކުރިއަށް ގެންދިޔައީ ތަފާތު ޕްރޮގްރާމެއް

މަސްޖިދުއް ތަޢާވުން އަށް ޖެހިޖެހިގެން 40 ދުވަސް ވަންދެން ޖަމާއަތަށް ފަތިސްނަމާދަށް ހާޒިރުވި 38 ކުއްޖަކަށް ބައިކަލް ދީފިއެވެ. 

މިހަރަކާތް ފުރިހަމަކުރި ކުދިންނަށް ބައިސްކަލް ހަވާލުކޮށްފައިވަނީ ރޭ އިޝާ ނަމާދަށްފަހު މަސްޖިދުއް ތަޢާވުންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިއީ 2023 ވަނަ އަހަރުގެ މެއިމަހު، އެމިސްކިތުގެ އިމާމު އަލްފާޟިލް ޙުސައިން ރަޝީދު އިސްނަންގަވައިގެން ކުރިޔަށް ގެންދިޔަ ހަރަކާތެކެވެ.

ވިދިވިދިގެން 40 ރޭ ފަތިސް ނަމާދު ޖަމާއަތުގައި ކުރި ދަރިވަރުންނަށް ބައިސްކަލު ހަވާލު ކުރުން: ފޮޓޯ/ އިހަވަންދު.ކޮމް

މި ޕްރޮގްރާމާއި ބެހޭ ގޮތުން ”ވޮއިސް“އަށް މައުލޫމާތު ދެއްވަމުން ހުސައިން ރަޝީދު ވިދާޅުވީ، މި ޕްރޮގްރާމަކީ ކުދިންގެ ހިތްތަކުގައި ނަމާދަށް ލޯބި ޖައްސައި، ޚާއްސަކޮށް ފަތިސް ނަމާދު ޖަމާޢަތުގައި ކުރުމުގެ އާދަ އަށަގެންނެވުމަށް ކުރިއަށް ގެންދެވުނު ޕްރޮގްރާމެއް ކަމަށެވެ. 

އެގޮތުން، ގްރޭޑް 1 އިން ފެށިގެން 7 ގެ ދަރިވަރުންގެ މެދުގައި ފެށި މި ޕްރޮގްރާމުގައި 65 ކުދިން ބައިވެރިވިއިރު، ބައިސްކަލު ދީފައިވާނީ ވިދިވިދިގެން އެންމެ ރެއެއްވެސް ވައްޓާނުލައި، 40 ރޭ ވަންދެން ފަތިސް ނަމާދުގެ ޖަމާއަތަށް އައި ދަރިވަރުންނަށް ކަން އިމާމު ފާހަގަކުރެއްވިއެވެ. 

ވިދިވިދިގެން 40 ރޭ ފަތިސް ނަމާދު ޖަމާއަތުގައި ކުރި ދަރިވަރުންނަށް ބައިސްކަލު ހަވާލު ކުރުން: ފޮޓޯ/ އިހަވަންދު.ކޮމް

މި ޕްރޮގްރާމްގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ނަމާދުގައި ކިޔާ ތަކެތި ކިޔައިދިން ދަރިވަރުންނަށް މީގެ ކުރިން ހަދިޔާ ދެވިފައިވާނެ ކަމަށާ، އަދި އައްމާފޮތުގެ ހުރިހާ ސޫރަތެއް ހިތުން ދަސްކޮށް ކިޔައިދިން ހުރިހާ ދަރިވަރުންނަށް -/500 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާނެ ކަމަށް ހުސައިން ރަޝީދު ވިދާޅުވިއެވެ. 

ވިދިވިދިގެން 40 ރޭ ފަތިސް ނަމާދު ޖަމާއަތުގައި ކުރި ދަރިވަރުންނަށް ބައިސްކަލު ހަވާލު ކުރުން: ފޮޓޯ/ އިހަވަންދު.ކޮމް

”އަޅުގަނޑު އެންމެ ފާހަގަކޮށްލަން ބޭނުން، މި ޕްރޮގްރާމްގައި ބައިވެރިވި ދަރިވަރުން މިކަމަށް ދެއްކި ޝައުގުވެރިކަން. ވަރަށް ހިތްވަރާ އަޒުމާއެކު އެކުދިން މަސައްކަތް ކުރީ. އެގޮތުން، ފަތިސް ނަމާދަށް ހޭލައިގެން ކުދިން ޖަމާއަތަށް އައިސްފައިވާއިރު، ބެލެނިވެރިންވެސް ކުދިން މިސްކިތަށް ގެނެސްފައިވޭ. ބެލެނިވެރިންގެ ފަރާތުންވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ދިޔަ. އަދި، މީގެ އިތުރުން، މި ޕްރޮގްރާމްގައި ބައިވެރިވި ކުދިން، ފަތިސް ނަމާދުގެ އިތުރުން އެހެން ނަމާދު ތަކަށްވެސް ޖަމާއަތަށް މިސްކިތަށް އަންނަން ފެށި. މި 40 ދުވަހު ޖަމާއަތަށް އައި ކުދިން މިހާރުވެސް އެ އާދަ ހަރުލާފައި ހުރުމުން، ޖަމާޢަތަށް އަންނަތަން ފެނޭ. އެއީ ހަގީގަތުގައި މީގެ މަގުސަދަކީ. ނަމާދަށާއި ދީނީ ކަންކަން ހިތްޖެހި، އެކަންކަމަށް ފަރުވާތެރިވުން.“ ޕްރޮގްރާމާއި ގުޅޭ ގޮތުން ވޮއިސް އަށް މައުލޫމާތު ދެއްވަމުން ހުސައިން ރަޝީދު ވިދާޅުވިއެވެ.  

ވިދިވިދިގެން 40 ރޭ ފަތިސް ނަމާދު ޖަމާއަތުގައި ކުރި ދަރިވަރުންނަށް ބައިސްކަލު ހަވާލު ކުރުން: ފޮޓޯ/ އިހަވަންދު.ކޮމް

މި ޕްރޮގްރާމަށްފަހު، ހުސައިން ރަޝީދުގެ ދެން އޮތް އަމާޒަކީ ޒުވާން އިމާމުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ހިންގުމެވެ. އެގޮތުން، ސްކޫލް ދަރިވަރުންނަށް އަމާޒުކޮށް ހިންގާ އެ ޕްރޮގްރާމް ވަރަށް އަވަހަށް ފަށާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ. 

އަދި 3 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމްގައި، ނަމާދާއި ގުޅޭ ފިގުހީ މައްސަލަތަކާއި ގުޅޭ މައުލޫމާތާއި، ބަންގި އާއި ނަމާދު ކުރާނެ ގޮތާއި އެނޫންވެސް ދީނީ މައުލޫމާތުތައް ކުދިންނަށް ދެވޭނެ ކަމަށާ، މާލެއިންނާއި  ރަށްރަށުން ދީނީ ޢިލްމުވެރިން ގެނެސްގެންވެސް ކުދިން ތަމްރީނު ކުރެވޭނެ ކަމަށް ހުސައިން ރަޝީދު ވިދާޅުވުއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.